މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު--ފޮޓޯ: ވޮއިސް
ހަބަރު
20 Feb 2025 | 15:48
މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ ދިވެހި ސަރުކާރުގެ އަމާޒެއް: ހައިދަރު

މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމަކީ ދިވެހި ސަރުކާރުގެ އަމާޒެއް ކަމުގައި މަތީ ތައުލީމާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިގޮތަށް ވިދާޅުވީ މިއަދު ފާހަގަކުރަަމުންދާ ދުނިޔޭގެ އިޖުތިމާއީ އަދާލަތު ދުވަހާއި ގުޅިގެންނެވެ. 

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ އިޖުތިމާޢީ އަދާލަތު ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ. އެގޮތުން، މި ދުވަސް ފާހަގަކޮށް، މިނިސްޓްރީގެ ފަރާތުން މިނިސްޓަރ ޑރ. ހައިދަރު ދެއްވި ޚިތާބުގައި، އިޖްތިމާޢީ ޢަދުލަކީ ހަމައެކަނި ޚިޔާލެއް ނޫންކަމަށާއި، އެއީ ސުލްޙަވެރި ފާގަތި ޤައުމެއްގެ އަސާސްކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ، ދިވެހި ދަޢުލަތުގެ އަޒުމަކީ މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު އެކަށީގެންވާ ގޮތުގައި ތަންފީޒުކުރުމުގެ ތެރެއިން މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކުރުމާއެކު ދިވެހިރާއްޖޭގެ ޒުވާނުންގެ ހުނަރާއި ޤާބިލުކަން ޒަމާނާއި އެއްވަރަށް ތަރައްޤީކުރުން ކަމަށެވެ.

މިނިސްޓަރ ޑރ. ހައިދަރުގެ ޚިތާބު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ އެކުވެރިކަމާއެކު މަސައްކަތްކޮއްގެން، އިންސާފާއި، ހަމަހަމަކަމާއި، އަބުރުވެރިކަން ކޮންމެ މީހަކަށްވެސް ލިބިދެވޭނެ ރާއްޖެއަކާއި ދުނިޔެއެއް އުފެއްދުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ގޮވާލައްވައިފައެވެ.

ކޮމެންޓް
އިއްބެ
އެއީސަރުކާރުގެއަމާޒަކަށްވިޔަސް ހައިދަރަކަށްއެކަމެއްނުވި ނުވެސްވާނެ
20 Feb 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.