މާލޭގައި ޢީދު ލައިޓް ދިއްލާފައި-.
ހަބަރު
20 Feb 2025 | 12:50
އީދަށް އިތުރު 36 ރަށެއް ދިއްލަން 28 މިލިއަން ރުފިޔާގެ ލައިޓު ގެންނަނީ

މިދިޔަ އަހަރުގެ ފިތުރު އީދަށް ލައިޓް ނުލިބޭ 36 ރަށަކަށް މި އަހަރު ލައިޓް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް 28 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެ އެވެ.

ސިޓީތަކާއި ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މިއަހަރުވެސް ޢީދު ލައިޓް ދިއްލުމަށް ބޭނުންވާ ވަސީލަތްތައް ރަށް ރަށަށް ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ. 

އެހެންކަމުން، އެކަމާއި ގުޅިގެން ސްޓެލްކޯއާއި ފިނޭންސް މިނިސްޓްރީއާވެސް މަޝްވަރާ ކުރައްވައި، އެ ކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ މަސައްކަތް ފަށްޓަވާފައިވާ ކަމަށް ވަޒީރު ވިދާަޅުވިއެވެ. 

މިދިޔަ އަހަރު އަޅުގަނޑުމެންނަށް ޢީދު ލައިޓް ފޮނުވުނީ އަތޮޅު ތަކުގެ އަތޮޅު ވެރިކަންކުރާ ރަށްތަކަށް. އޭގެ އިތުރުން، މިއަހަރު އަޅުގަނޑުމެން ކޮންމެ އަތޮޅެއްގެވެސް ދެ ރަށަކަށް އެބަ ޢީދު ލައިޓް ފޮނުވަން. އެހެންވީމާ ޖުމްލަ، 36 ރަށަކަށް އަޅުގަނޑުމެން އެބަ ޢީދު ލައިޓް ހަދިޔާކުރަން. 

އާދަމް ޝަރީފް ޢުމަރު

ސިޓީ ތަކާއި ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި، ލައިޓްދޭ ރަށްތައް ކަނޑައަޅާފައިވަނީ ރަށްތަކުގެ އާބާދީއަށް ބަލާފައެވެ.

ޢީދު ލައިޓް ފޮނުވާ ރަށްތައް

މީގެ އިތުރުން، ޢީދު ލައިޓްތަކަށް ޚަރަދުވާނެ ފައިސާއާ ގުޅޭގޮތުން، ނޫސްވެރިއަކު ސުވާލުކުރުމުން އާދަމް ޝަރީފް ވިދާޅުވީ އެކަމަށް 28 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އަދި އެހާ ފައިސާ ޚަރަދުވާ ނަމަވެސް  އެކަމަކީ ކުރަން ރަނގަޅު ކަމެއް ކަމަށެވެ. 

"ލައިޓުތަކަކީ ވެސް ކުރިއަށް އޮތް ތަނުގައި ބޭނުންކުރެވޭނެ އެއްޗެހި. މާލެއަކަށް ނުގެންނަން. ކުރިން ގެނައި ރަށްރަށަށް ނުގެންނަން. އެހެންވީމަ މިއަހަރު 36 ރަށަށް ހޭދަވާނެ ކަމަށް އެންމެ ގިނަވެގެން ވެސް ހޭދަވާނެ ކަމަށް ބެލެވެނީ 28 މިލިއަން،"

ވަޒީރު އާދަމް ޝަރީފް ޢުމަރު

ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖެއަށް ގެންނަ އީދު ލައިޓުތަކަކީ އިސްލާމީ ޝިއާރު ފާޅުކުރުމާއި ތަކުބީރު އިވުން ކަހަލަ ކަންކަން ވެސް ހިމެނޭ ލައިޓުތަކެއް ކަމުން، އެކަމަކީ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް ރައީސް ދެއްވާ އިސްކަން ހާމަވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މި ގެންނަ އީދު ލައިޓުތަކަކީ ދެ ކަމަކަށް ފޯކަސްކުރާ ލައިޓުތަކެއް. އެއްކަމަކީ ވަރަށް ބޮޑަށް އިސްލާމީ ޝިއާރު ފާޅުކުރުމާއި ތަކުބީރު އިވުމާއި އަޅުގަނޑުމެންގެ އިސްލާމީ ވަހުދަތު ރައްކާތެރިކުރުމަށް ރައީސް ދެއްވާ އިސްކަމާއި އަހަމިއްޔަތުކަން އަދި ދިވެހިންގެ ތެރޭގައި އެ ލޯތްބާއި އިހުތިމާރު އޮތް ކަން ފާހަގަވާ ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެންޓް
އަޙްމަދު
މިކަން ތަ ނުވެގެން މިއުޅެނީ ނިކަން މަށަށް ވެސް މަގޭ އާއިލާ ގޮވައިގެން ދިރި އުޅެވޭނެ ބޯހިޔާވަހިކަމެއް ހޯދަދީބަލަ. މިހާރު އުމުރުން ދެބައި ވީއޭ. ބަންނާނެ ތަނެއް އަދިވެސް ނެތޭ
20 Feb 2025
ގުޅޭ ލިޔުންތައް
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ