ވަޒީރު އާދަމް ޝަރީފް: ވަޒީރު ވިދާޅުވީ ދެ ރަށަކުން މީހުން ބަދަލު ކުރަން އެދިފައިވާ ކަމަށް ---- ފޮޓޯ/ ރައީސް އޮފީސް
ހަބަރު
20 Feb 2025 | 16:02
މ. އަތޮޅާއި ވ. އަތޮޅުގެ ރަށަކުންވެސް މީހުން ބަދަލުވާން އެދިއްޖެ!

ވ. އަތޮޅާއި މ. އަތޮޅުގެ ރަށަކުން މީހުން ބަދަލުވާން އެދިފައި ވާކަމަށް ސިޓީތަކާ އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.

ސިޓީތަކާ އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކް ދައްކަވަމުން ވަޒީރު ވިދާޅުވީ، ހދ.ހިރިމަރަދޫ ރައްޔިތުން އެހެން ރަށަކަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް އެ ވުޒާރާއާ ހަވާލު ކުރެވިފައިވާ ކަމަށާ، އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. 

އެކަމުގެ ސިޔާސަތު ކަރުދާސް އެކުލަވާލަމުން މިދަނީ. ސިޔާސަތު ކަރުދާހުގެ ފުރަތަމަ ދެލި ކޮޕީ މިހާރު ވަނީ ނިމިފައި. މިކަމާއި ގުޅިގެން ސްޓޭކްހޯލަޑުންނާއެކު ފުރަތަމަ މަޝްވަރާ ބައްދަލުވުން އަޅުގަނޑުމެން އަންނަ ހަފްތާގައި ކުރާނަން. އެފަހުން ސަރުކާރުގެ މުވައްސަސާ ތަކާއި ރައީސް އޮފީހާވެސް މަޝްވަރާކޮށް ކުރިއަށް ގެންދާނަން. އިރާދަކުރެއްވިއްޔާ ރައީސް މުޢިއްޒުގެ ޒަޢާމަތުގައި ހިރިމަރަދޫ ރައްޔިތުން އެދިފައިވާ ގޮތަށް ބަދަލު ކުރާނެ ކަމަށް

ވަޒީރު އާދަމް ޝަރީފް ޢުމަރު

މިއާއެކު ވަޒީރު ވިދާޅުވީ، އިތުރު ބައެއް ރަށްރަށުންވެސް އެހެން ރަށަކަށް ބަދަލުވާން އެދިފައިވާ ކަމަށެވެ.

އެގޮރުން، ވ. އަތޮޅާއި މ. އަތޮޅު ރަށަކުން އެކަމަށް އެދިފައި އޮތް ކަމަށާއި އެކަމާމެދު ރަސްމީކޮށް ގޮތެއް ނިންމާފައި އަދި ނުވާކަމަށެވެ. އަދި އެކަމާމެދު ނިންމާ ނިންމުން ޔަގީން ވުމުން އެ ރަށްތަކާ ގުޅޭ އިތުރު މައުލޫމާތުތައް ހާމަކުރާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ