Advertisement

ކުޅުދުއްފުށީގައި ސިހުރުވެރީން ހޯދަން ބޮޑު އޮޕަރޭޝަނެއް: 10 ގެއެއް ފާސްކޮށް ސިހުރުފޮތްތަކާ އާލަތްތައް އަތުލައިފި

20 Feb 2025 | 19:45
ކުޅުދުއްފުށި ސިޓީ

ކުޅުދުއްފުށި ސިޓީގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ސިހުރު ހަދަން ބޭނުން ކުރާޒާތުގެ ލިޔުންތަކާއި ފޮތްތަކާއި ސިހުރު ހަދަން ގެންގުޅޭ ބައެއް އާލަތްތައް ހޯދައިފި އެވެ.

ސިހުރު ހަދާކަމުގެ ރިޕޯޓެއް ލިބި ކުޅުދުއްފުށީގައި މި އޮޕަރޭޝަން ހިންގީ އިއްޔެ އެވެ.

ފުލުހުން ބުނީ އެ އޮޕަރޭޝަން ގައި 10 ގެއެއް ބަލާ ފާސްކުރި ކަމަށެވެ. އޭގެ ތެރެއިން 8 ގެއަކުން ސިހުރު ހަދަން ބޭނުން ކުރާޒާތުގެ ލިޔުންތަކާއި ފޮތްތަކާއި ސިހުރު ހަދަން ގެންގުޅޭ ބައެއް އާލަތްތައް ހޯދާފައިވާ ކަމަށް ބުންޏެވެ. ފުލުހުންގެ އެ އޮޕަރޭޝަނުގައި ގެތައް ބަލާފާސްކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް އެއްވެސް މީހަކު ގެންދިޔަކަމެއް އަދި ފުލުހުންނެއް ނުބުނެއެވެ.

Advertisement

ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

Advertisement

ކޮމެންޓް

Advertisement

Advertisement