ހިޔާ ސަރަހައްދުގައި މަސްދަޅުކޭސް ހޯދުމަށް ކިއު ދަމާލާފައި... ފޮޓޯ: ވޮއިސް
ހަބަރު
20 Feb 2025 | 22:32
މަސްދަޅުކޭސް ހޯދުމަށް ފްލެޓްތަކުން މީހުންތައް ނިކުމެ، ދިގު ކިއޫއެއް!

ސަރުކާރުގެ ފަރާތުން އާންމުންނަށް މިރޭ މަސްދަޅު ދޫކުރަން ފެށުމާއެކު މަސްދަޅުކޭސް ހޯދުމަށް ގިނަ އަދަދެއްގެ ރައްޔިތުން ނިކުމެ ދިގު ކިއޫއެއް ދަމާލައިފިއެވެ.

ސަރުކާރުން ނިންމާފައިވަނީ މިފަހަރުގެ ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް މަސްދަޅުކޭހެއް ދިނުމަށެވެ. ސަރުކާރުގެ އެ ވައުދު ފުއްދުމުގެ ގޮތުން މާލެ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ފަށާފައިވަނީ މިރެއެވެ.

މަސްދަޅުކޭސް ބަހަން ފެށުމާއެކު އެންމެ ބޮޑު ކިއުއެއް ދަމާލާފައިވަނީ ހުޅުމާލެ ފޭސްދޭއް ހިޔާ ސަރަހައްދުގައެވެ. ހިޔާ ސަރަހައްދުގައި މަސްދަޅުކޭސް ދޫކުރަނީ ޓަވަރު 10 ގައި މީގެކުރިން ޒުވާނުން ކުޅިވަރުތައް ކުޅުމަށް ހެދި ޔުނިޓުންނެވެ.

މަސްދަޅުކޭސް ލިބިގަތުމަށް ދިޔަމީޙުން ދަމާލާފައިއޮތް ކިއު.... ފޮޓޯ: ވޮއިސް

މަސްދަޅުކޭސް ހޯދުމަށް 10 ވަނަ ޓަވަރާ ހިސާބުން ދަމާލި ކިއު ގޮސް ޓަވަރު 12 ގެ ބަސް ސްޓޭޝަނާ ހިސާބުން ނިމޭއިރު، ކިއުގައި މީހުން ގިނެވެގެން ކިއުއަށް އަރަން ބޭނުންވިނަމަވެސް ނާރައި ތިބި މީހުންވެސް ގިނަކަން ފާހަގަކޮށްލެވެއެވެ.

މަސްދަޅު ދޫކުރުމުގެ ކުރިން މައުލޫމާތު ކަށަވަރުކުރަނީ... ފޮޓޯ: އެސްޓީއޯ

މާލޭ ސަރަހައްދުގައި މަސްދަޅުކޭސް ބަހަން ނިންމިފައިވާ ސަރަހައްދުތައް:

- މާލޭގައި: މިފްކޯ އޮފީސް ކޮމްޕައުންޑް އަދި ހެންވޭރު އެމްޓީސީސީ ސޯމިލް

- ވިލިމާލޭގައި: ވެމްކޯ ސައިޓް

- ހުޅުމާލެ ފޭސް-1 ގައި: އުމަރު ޒާހިރު ބިލްޑިންގ

- ހުޅުމާލެ ފޭސް-2 ގައި: ހިޔާ ފްލެޓް ޓަވަރ 10 ގެ ޔޫތު ސެންޓަރު

މަސްދަޅު ސްޓޯރޭޖް... ފޮޓޯ: އެްސޓީއޯ

އެސްޓީއޯއިން ބުނީ ރަމަޟާން މަހަށް ގޭބީސީތަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅުކޭސް މިރެއިން ފެށިގެން މިމަހުގެ 27 ވަނަ ދުވަހުގެރޭ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. މަސްދަޅު ދޫކުރުން މާދަމައަށް މެދުކަނދާލިނަމަވެސް ހޮނިހިރުދުވަހުން ފެށިގެން އަނެއްކާވެސް ބަހަން ފަށާނޭކަމަށް އެސްޓީއޯއިން ބުންޏެވެ. 

މަސްދަޅުކޭސް ދޫކުރުމަށް ނިންމާފައިވަނީ ގޭބީސީއެއްގެ ކަރަންޓް ބިލްގެ އެންމެ ފަހު ތިން މަހުގެ ބިލްގެ ތެރެއިން ކަރަންޓް މީޓަރު އެނގޭނެ ފަދަ ލިޔުމެއް ގެނައުމުންނެވެ. ހަމަ އެއާއެކު، ބަލާ އަންނަ މީހެއްގެ އައިޑީކާޑު ބޭނުންވާނެ އެވެ. މަސްދަޅު ކޭސް ދޫކުރާނީ ހަމައެކަނި ދިވެހީންނަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Jun 2026
ހައްޖުން އަންނަ އެއްވެސް ފަރާތެއް ރޯގާއަށް ޝައްކު ކުރެވޭނަމަ ކިއުގަ ނުޖެހި އައިޖީއެމްއެޗަށް ދެއްކޭނެ
އައިޖީއެމްއެޗުން ބުނީ، ހައްޖުގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ފަރާތްތަކުން ހުން ނުވަތަ ރޯގާއަށް ޝައްކު ކުރެވޭފަދަ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ހޮސްޕިޓަލްގެ ކުއްލި ފަރުވާދޭ ބަޔަށް އައިސް ކައުންޓަރުގައި އިންނަ މުއައްޒަފަށް ރިޕޯޓްކުރުމަށް އިލްތިމާސްކުރާ ކަމަށެވެ
04 Jun 2026
ޕާކިސްތާން އަތުން ބަލިވެ، ފައިނަލަށް ދިއުމުގެ ދޮރު ރާއްޖެއަށް ބަންދުވެއްޖެ
މުބާރާތުގައި މިއަދު ޕާކިސްތާން އަތުން ރާއްޖެ ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗްގައި ޕާކިސްތާނު މޮޅުވިއިރު، އެޓީމުގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެންގޮސްފައެވެ
04 Jun 2026
ޢީދު ފާހަގަކުރުމަށް އިސްލާމިކް މިނިސްޓްރީން ޚާއްސަ ޕްލޭނެއް އެކުލަވާލަނީ
އިސްލާމީދީނުގައި ފާހަގަކުރާ ބަރަކާތްތެރި ދެ ޢީދު ކަމުގައިވާ ފިޠުރު ޢީދާއި އަޟްޙާ ޢީދު، މާލެއާއި އަތޮޅުތަކުގައި ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ޚާއްޞަ ޕްލޭނެއް އެކުލަވައިލުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފިއެވެ.
04 Jun 2026
ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރުމަށް ޒުވާން ޚަޠީބުންގެ މަހާސިންތާއެއް
ދިވެހިރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން، ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާއެއް ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ މިނިސްޓްރީން ނިންމައިފިއެވެ.
04 Jun 2026
އެމްއެމްއޭ ފައިނޭންސް ފޯރަމަށް ޝައުގުވެރިކަން ފާޅުކުރުމަށް އިތުރު ފުރުސަތެއް
މި އަހަރުގެ އެކްސްޕޯ އޮންނަނީ ޖުލައި މަހުގެ 2 ކުން 4 ކަށް ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ
04 Jun 2026
މަސްތުވާތަކެއްޗާއެކު ހިންނަވަރު ބަނދަރުން މީހަކު ހައްޔަރުކޮށްފި
ޅ. ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައަކާ ގުޅިގެން ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
04 Jun 2026
އެންގޯލާގެ ލިސީމާ ޕްލެޓޯއިން ސައިންސްވެރިން އާ ދިރުންތަކެއް ހޯދައިފި
އެންގޯލާގެ ލިސީމާ ޕްލެޓޯއަށް ސައިންސްވެރިން ކުރި ދިރާސާ ދަތުރެއްގައި، މީގެ ކުރިން ފެނިފައިނުވާ ތަފާތު ބާވަތްތަކުގެ ދިރުންތަކެއް ހޯދައިފިއެވެ.
04 Jun 2026
މިފްކޯގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ: އަނަސް
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ކުރެއްވި ޒިޔާރަތުގައި މުއައްޒަފުންނާ ބައްދަލުކުރައްވައި އަނަސް ވިދާޅުވީ، ކުރިންސުރެ މިފްކޯ ހިންގަމުން އައި ވައްޓަފާޅި ބަދަލުކޮށް ކުންފުންޏަށް ބޮޑެތި ބަދަލުތަކެއް މިއަދު ގެންނަން ޖެހިފައިވާކަމަށެވެ