ތެލް އަވީވް ކައިރީ ބަހެއް ގޮއްވާލާފައި.. ފޮޓޯ: އީރާން އޮބްޒާވާ
ހަބަރު
21 Feb 2025 | 09:03
ތެލް އަވީވް ކައިރީ ބޮމުގެ ހަމަލާތަކެއްދީ އިސްރާއީލަށް ކުއްލި ސިހުމެއް!

އިސްރާއީލްގެ ވެރިރަށް ތެލް އަވީވް ކައިރިއަށް ބޮމުގެ ކުއްލި ހަމަލާތަކެއްދީ އިސްރާއީލް އެލާޓަށް އަތުވެއްޖެއެވެ.

ކޮންބައެއްކަން ނޭނގޭ ބަޔަކު ވަނީ ތެލް އަވީވް ކައިރީ އޮތް ތިން ބަހަކަށް އަމާޒުކޮށް ބޮމުގެ ހަމަލާތަކެއް ދީފައެވެ. މި ހާދިސާތަކުގައި 4 މީހަކަށް އެކިވަރުގެ އަނިޔާތަކެއް ވެފައިވާކަމަށް އިސްރާއީލްގެ އެމަޖެންސީ ހިދުމަތުން ބުނެއެވެ. 

ތެލް އަވީވް ކައިރީދިން ދިން މި ހަމާލަތަކާ ގުޅިގެން ނަތަންޔާހޫގެ ސަރުކާރަށް ވަނީ ކުއްލި ސިހުމެއް ލިބި ވެސްޓްބޭންކުގައި ސަލާމަތީ ފިޔަވަޅުތައް ވަރަށް ވަރުގަދަކޮށްފައެވެ. އިސްރާއީލުން ވަނީ މި ހަމަލާތައް ދީފައިވަނީ ހަމާސްކަމަށް ތުހުމަތުކޮށްފައެވެ. މެދުއިރުމަތީގެ ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާގޮތުގައި މިހާޓަނަށް 3 ބަހަކަށް އަމާޒުކޮށް ހަމަލާދީފައިވާއިރު ގޮއްވާލުމަށް ތައްޔާރުކޮށްފައިވާ ބައެއް އުޅަނދުތައް ވަނީ ފެނިފައެވެ. މިއާއެކު ތެލްއަވީވްގެ ބައެއް ސަރަހައްދުތަކުގެ އާއްމު ދަތުރުފަތުރުތައް ވަނީ ވަގުތީގޮތުން ހުއްޓާލާފައެވެ.

މި ހާދިސާއާ ގުޅިގެން އިސްރާއީލްގެ ޓްރާންސްޕޯޓް މިނިސްޓަރު، މިރީ ރެގޭވް މޮރޯކޯއަށް ކުރައްވަމުންގެންދެވި ދަތުރުފުޅު ކުރުކޮށްލެއްވުމަށްފަހު ވަނީ އެނބުރި ޤައުމަށް ވަޑައިގެންފައެވެ.

ނަތަންޔާހޫގެ އަމުރުފުޅަށް އިސްރާއީލްގެ މިލިޓަރީ ސިފައިން ވެސްޓްބޭންކްގެ މަގުތަކަށް ނެރެފައިވާއިރު، މިކަމާ ގުޅޭގޮތުން އިސްރާއީލްގެ ޑިފެންސް މިނިސްޓަރު އިސްރާއީލް ކަޓްޒް ވަނީ، ވަރަށް ނުރައްކާތެރި އިންޒާރެއް ދެއްވާފައެވެ. އޭނާ ވިދާޅުވީ، ހަމަލާތަކުގެ ބަދަލު ހިފުނުގޮތަކަށް ހިފާނޭކަމަށް ވިދާޅުވެފައެވެ. އޭނާގެ މި ވާހަކަތަކާ ގުޅިގެން މެދުއިރުމަތީގެ މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ވަނީ އިސްރާއީލުން ދެން ކޮންމެ ފަދަ ވަގުތެއްގައިވެސް ޣައްޒާ ހަނގުރާމައިގެ ދެވަނަ މަރުހަލާ ފަށާފާނޭކަމުގެ ކަންބޮޑުވުން އެބައޮތްކަމަށް ބުނެފައެވެ. އަދި މިއީ ޣައްޒާއަށް ހަމަލާތަށް ދިނުމަށް އިސްރާއީލުން ނަގާނޭ ހުއްޖަތެއްކަމަށްވެސް ފާހަގަކޮށްފައެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދިޔަ 15 މަސްދުވަހަށް ދިގުލައިގެން ކުރިއަށްގެންދިޔަ ހަނގުރާމައިގެ ޖަރީމާތައް ވަގުތީގޮތުން ހުއްޓާލާފައިވާއިރު، ޣައްޒާއަށް ލިބުނު ގެއްލުންތައް 50 ބިލިއަން ޑޮލަރަށް އަރާކަމަށް އދ އިން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.