ޚާރިޖީ ވަޒީރު އަބްދުالله ޚަލީލް ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލު ކުރެއްވުން: ފޮޓޯ/ ޚާރިޖީ ވުޒާރާ
ހަބަރު
21 Feb 2025 | 10:39
ވަޒީރު ޚަލީލަށް، ލަންކާ މީހަކު މަރުގެ އިންޒާރު ދިން މައްސަލައެއް

ޚާރިޖީ ވަޒީރު އަބްދުالله ޚަލީލް ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގެން ހުންނަވަނިކޮށް އެ ގައުމަށް ނިސްބަތްވާ މީހަކު މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުހުން ބަލަންފަށައިފިއެވެ.

ވަޒީރު ޚަލީލަށް އިންޒާރުދީ ނަދީޝް ޕެރެރާ ނަމަކަށް ކިޔާ ލަންކާގެ ރައްޔިތަކު އެކްސްގައި، މީހަކު ކުރި ޕޯސްޓެއްގައި ވަނީ، ވަޒީރުގެ ކާރުކޮޅުގެ އެކްސިޑެންޓެއްވެ އެބޭފުޅާ އަވަހާރަވެދާނެ ކަމަށް ބުނެފައެވެ. އަދި އެފަހުން ކުރި އެހެން ޕޯސްޓެއްގައިވެސް ވަނީ، އެ މޭރުމުން ވާހަކަދައްކައި އިންޒާރު ދީފައެވެ. 

އެކަމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބުދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާތީ ކަމާގުޅުންހުރި އިދާރާތަކާއި އެކު ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

ނަމަވެސް މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށާ، ސުވާލު ކުރަންޖެހޭ ފަރާތްތަކާ ސުވާލު ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އެނގިފައިވާ ގޮތުގައި މި މީހާއަކީ ރާއްޖެ ނާދެވޭ ގޮތަށް ޑީޕޯޓް ކޮށްފައިވާ ލަންކާ މީހެކެވެ. އޭނާ ކުރިން ދިރިއުޅުނީ ދިވެއްސަކާ ކައިވެނިކޮށްގެން ރާއްޖޭގައެވެ.

މި ލަންކާ މީހާގެ އެކްސް އެކައުންޓްގައި ގިނަ އަދަދަކަށް އިމިގްރޭޝަން ކޮންޓްރޯލާ ޖެނެރަލް ޝައްމާން ވަހީދާއި މިނިސްޓަރު ޚަލީލް ޓެގުކޮށް ޕޯސްޓުކޮށްފައިވެއެވެ.

އަދި ކޮންޓްރޯލާ ޝަމްޢާންއަށްވެސް އިންޒާރުތައްދީ އޭނާގެ ދަރިފުޅާ އޭނާއާއި ދުރުކޮށްފައިވާ ކަމަށާ، އެކަމާ އޭނާ ދެރަވާކަމަށް ބުނެ، ދަރިފުޅާ ބައްދަލު ވުމަށް އެދޭ ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން، އޭނާގެ ދެ އަހަރުގެ ދަރިފުޅު ހުރީ ރާއްޖޭގައި ކަމުން ނުވަ މަސްވަންދެން ދަރިފުޅު ނުފެންނަ ކަމަށް ބުނެފައިވެއެވެ.

އެ ފިރިހެން މީހާގެ ޕްރޮފައިލް ފޮޓޯގައިވެސް ވަނީ ދަރިފުޅާއެކު ނަގާފައުވާ ފޮޓޯއަކާ، ޝަމްއާންގެ ފޮޓޯއެއް ހިމަނާފައެވެ. އަދި ދަރިފުޅު މަތިން ހަނދާންވާ ކަމަށް އޭގައި ލިޔެފައި ވެއެވެ. 

ކޮމެންޓް
މުހައްމަދު
ހަމަ ތަނެއްގަ މީހަކުހުއްޓަ ތިވރު އިންޒާރެއް އައިސްފާނެބާ ކޮންމެސް އުނދަގުލެއްކޮއްގެން ތިއުޅެނީ އެމީހާޔއށް
21 Feb 2025
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.