އައްޑޫގައި އައު ޖެންސެޓް އިންސްޓޯލް ކޮށްފައި: ފޮޓޯ/ ފެނަކަ
ހަބަރު
21 Feb 2025 | 19:52
1.8 މެގަވޯޓުގެ ޖެންސެޓް އިންސްޓޯލްކޮށް އައްޑޫއަށް ކަރަންޓު ޔަގީންކޮށްދީފި

1.8 މެގަވޯޓުގެ ޖެންސެޓް އިންސްޓޯލްކޮށް، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށަށް ކަރަންޓް ޔަޤީންކޮށްދީފިއެވެ.

ފެނަކައިން މިއަދު ބުނީ، އައްޑޫ ސިޓީގެ ސީޕީއެސްއަށް ހޯދުނު 1.8 މެގަވޯޓުގެ ޖެންސެޓް އިންސްޓޯލްކޮށް، މިހާރު ވަނީ ޚިދުމަތަށް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ ހިތަދޫ އާއި ގުޅިފައިވާ ރަށްތަކުން، ދޭތެރެ ދޭތެރެއިން ކަރަންޓްގެ ޚިދުމަތް މެދުކެނޑި އެކަމުގެ ތަކުލީފް ރައްޔިތުންނަށް އުފުލަން ޖެހިފައިވާއިރު، އެ މައްސަލާގައި ފެނަކައިން ކުރިން ނެރުނު ބަޔާނެއްގައި ބުނީ، އެ ރަށްރަށުން ކަރަންޓު ކެނޑެނީ ސެންޓްރަލް ޕަވާ ސްޓޭޝަންގައި ބޭނުންކުރާ ޖަނަރޭޓަރު ސެޓްތަކުގެ ތެރެއިން ތިން ޖަނަރޭޓަރު ސެޓަށް މައްސަލަ ދިމާވެ އިތުރު އެއް ޖަނަރޭޓަރު ސެޓް މަރާމާތު ނުކުރެވޭ ވަރަށް ހަލާކުވެގެން ކަމަށެވެ. 

އޭގެ ސަބަބުން އެ ރަށް ރަށަށް ބޭނުންވާ ވަރަށް ކަރަންޓް އުފެއްދުމަށް ދަތިވެ، އެކި ވަގުތު ތަކުގައި އެކި ސަރަހައްދުން ކަރަންޓް ކަނޑަން ޖެހިފައިވާ ކަމަށް ފެނަކައިން އޭރު ބުންޏެވެ. 

އެހެންކަމުން، 1.8 މެގަވޮޓުގެ އާ ޖަނަރޭޓަރު ސެތެއް ހޯދާފައިވަނީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން ސްޓެލްކޯއާއެކު ވެވުނު އެއްބަސްވުމެއްގެ ދަށުން 1.8 ކަމަށް ފެނަކައިން ވަނީ ބުނެފައެވެ. 

މީގެ އިތުރުން، ފެނަކައިން ބުނީ ހަލާކުވި ޖަނަރޭޓަރުތަކުގެ ތެރެއިން އެއް ޖަނަރޭޓަރު މަރާމާތުކޮށް މިހާރު ހިންގާފައިވާ ކަމަށާއި ދެ ވަނަ ޖަނަރޭޓަރު މަރާމާތުކޮށް ނިމިދިޔަ ހަފުތާގެ ނިޔަލަށް ހިންގޭނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ސްޕެއާ ގެނެސް، ތިންވަނަ ޖަނަރޭޓަރުވެސް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ތެރޭގައި ހިންގަން ފެށޭނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Jun 2026
މާލީ ހާލަތު މުރާޖައާ ކުރުމަށްފަހު ފިޗުން ރާއްޖޭގެ ރޭޓިން މަތިކޮށްފި
ފިޗުން މިއަދު ނެރުނު ރިޕޯޓްގައި ފާހަގަކުރި ބައެއް ކަންކަމަށް ބަލާއިރު، ރާއްޖެއިން އަދާކުރަން އޮތް ބޭރުގެ އެންމެ ބޮޑު އެއް ދަރަނި ސުކޫކް ސަރުކާރުން ދައްކައި ނިންމުމުން، އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެދާނެ ނުރައްކާތައް ކުޑަކަމަށް ވަނީ ފާހަގަކޮށްފައެވެ
03 Jun 2026
ރައީސް ޔާމީންގެ ޕީއެންއެފްގައި ގާނޫނީ އަދަދު ހަމަވަަނީ ކިރިޔާ
މި ދެ ޕާޓީ އުވާލުމުން ދެން ދަފްތަރުގައި ހިމެނޭނީ ހަތް ސިޔާސީ ޕާޓީ އެވެ. އޭގެ ތެރެއިން ޕީއެންއެފްގައި މެންބަރުން ތިބީ ކިރިޔާ ގާނޫނީ އަދަދު ހަމަވާ މިންވަރަށެވެ.
03 Jun 2026
ޖޭއެސްސީގެ ނާއިބަކަަށް ފަނޑިޔާރު ޝަހީދު އައްޔަނުކުރައްވައިފި
ޖޭއެސްސީން މިއަދު ބުނީ ކޮމިޝަންގެ ނާއިބަަކަށް ޝަހީދު އައްޔަނުކުރައްވާފައިވާ ކަމަށެވެ.
03 Jun 2026
ރައީސް ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސްއާ އެމްއެލްއެސްޑީޕީ އުވާލައިފި
ދަ ޑިމޮކްރެޓްސްއާ މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުވާލައިފި އެވެ.
03 Jun 2026
ބާރަ އަހަރަށް ފަހު ޝިޔާމް އަލުން ވަޒީފާއަށް، މުސާރައިގެ ބައި އިސްތިއުނާފު
ޝިޔާމް ފުލުހުންގެ ވަޒީފާއަށް ނިކުންނަވަން ފެއްޓެވި ނަމަވެސް ދައުލަތުން ވަނީ މުސާރައާ ގުޅޭ ބައި ސުޕްރީމް ކޯޓްގައި އިސްތިއުނާފު ކޮށްފަ އެވެ. އެއީ 12 އަހަރުގެ މުސާރަ ދޭން އަންގާފައިވާތީ އެވެ.
03 Jun 2026
އިމްތިހާނު ދުވަސްވަރާ ދިމާވާތީ ޕީއެންސީގެ ކޮންގްރެސްގެ ތާރީހު އަވަސްކޮށްފި
ކޮންގްރެސްގެ ތާރީހު އަވަސް ކުުރުމަށް އެދިވަޑައިގެންނެވީ ވެސް ރައީސް މުޢިއްޒު އެވެ. ރައީސްގެ އެދިވަޑައިގަތުން ފާސްކުރީ މެންބަރުންގެ އިއްތިފާގުންނެވެ.
03 Jun 2026
ރައީސް ކަމަކީ ވަރަށް ބުރަ ކަމެއް، ދެން ކުރިމައްޗެއް ނުލާނަން: ނަޝީދު
އެމަނިކުފާނު އެ ވާހަކަފުޅު ތަކުރާރު ކުރެއްވީ ޗެެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ށ. ފޭދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
03 Jun 2026
އައްޑޫސިޓީ ކައުންސިލުން މިލިއަނުން ހަރަދުކޮށް މެލޭޝިއާ އަދި ސިންގަޕޫރަށް ކުރި ދަތުރު ގޯސްވެއްޖެ
އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ، ކައުންސިލުން އެ ދަތުރުތަކަށް ހަރަދުކޮށްފައިވަނީ، ސާކިއުލާގައި އަންގާފައިވާ އެންގުމާ އެއްގޮތަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް ބެލެވެން ނެތްކަމަށެވެ