ވިލިމާލެ ރޯދަ ސާފު ޕްރޮގްރާމް ޕްރޮގްރާމުގެ ތެރެއިން.. ފޮޓޯ: ތިމާވެއްޓާބެހޭ ވުޒާރާ
ހަބަރު
22 Feb 2025 | 11:59
ވިލިމާލޭގެ ކަންކަން ކުރިއަށްގެންދިއުމުގައި ދާއިރާގެ މެމްބަރަށް މާލެސިޓީ ކައުންސިލްގެ އެއްބާރުލުން ލިބޭނެ: މޭޔަރު

ވިލިމާލޭގެ ކުރިއެރުމަށް ހިންގާ ހަމަ ކޮންމެ މަސައްކަތެއްގައި އެ ދާއިރާގެ މެމްބަރަށް މާލެސިޓީ ކައުންސިލުގެ އެއްބާރުލުން ދެމުންދާނޭަމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ވިލިމާލޭގައި މިއަދު ފެށި "ސާފު ވިލިމާލެ ރައްކާތެރި ވެށި" ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ ވިލިމާލޭގެ ތަރައްޤީއަށް ކުރިއަށްގެންދާ ހަމަ ކޮންމެ ކަމެއްގައި އެ އަވަށް ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޙަައްމަދު އިސްމާޢީލަށް ފުރިހަމަ އެއްބާރުލުން ދެއްވާނޭކަމަށެވެ.

ވިލިމާލޭގެ މެމްބަރު ނިސްބަތްވަނީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއަށެވެ. މޭޔަރު އާޒިމަކީ އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީގެ މެމްބަރެކެވެ. 

އާޒިމް ވިދާޅުވީ ވިލިމާލޭގެ ތަރައްޤީގެ ކަންކަމުގައި މެމްބަރު އަބަދުވެސް ވާހަކަތައް ހިއްސާކުރަމުންދާކަމަށެވެ. އެހެންަމުން މޭޔަރުގެ ހައިސިއްޔަތުން މެމްބަރަށް ދެއްވަންޖެހޭ އެއްބާރުލުން ހުއްޓުމެއްނެތި ދެއްވަމުްނގެންދަވާނޭކަން އާޒިމް ފާހަގަކުރެއްވިއެވެ.

ވިލިމާލެ ތަރައްގީކުރުމަށް މުޙައްމަދު އިސްމާއީލަށް ބޭނުންވާ ހުރިހާ ކަމެއް ހުއްޓާނުލާ ކުރިއަށްގެންދާނަން ކުރިއަށްއޮތްތާ. އެކަމުގެ ޔަގީންކަން މި އަވަށުގެ ރައްޔިތުންނަށް އަޅުގަނޑު އަރުވަން

މޭޔަރ އާދަމް އާޒިމް ވިދާޅުވިއެވެ

ވިލިމާލެ ސާފްކުރުމަށް ކުރިއަށްގެންދާ މި ހަރަކާތުގައި މާލެ ސިޓީ ކައުންސިލުގެ އިތުރުން އެންވާރަމެންޓް މިނިސްޓްރީ، ސިޓީސް މިނިސްޓްރީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)، މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ ލިމިޓެޑް(އެމްޑަބްލިޔުއެސްސީ) އަަދި ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ބައިވެެރިވެފައި ވެެއެވެ. މި ހަރަކާތަކީ ވިލިމާލެ ދާއިރާ މެމްބަރުގެ އިސްނެންގެވުމުގެ މަތިން ފެށި ހަރަކާތެކެވެ. މި ހަރަކާތުގައި އެތަންތަނުގެ އިސްވެރިން ވަނީ ބައިވެރިވެ ވަޑައިެގން އަމަލީގޮތުން ސާފްކުރުމުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ހަރަކާތުގެ ދަށުން ވިލިމާލޭގެ އެކި ސަރަހައްދުތަކުގައި ޖަމާވެފައިވާ ކުނި ނަގާ، ސާފުކުރަމުންދާނޭކަމަށް މާލެސިޓީ ކައުންސިލުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.