ބާޒާރުގައި ވިއްކަން ބަހައްޓާފައިހުރި ފިޔާތަކެއް... ފޮޓޯ: ވޮއިސް
ހަބަރު
22 Feb 2025 | 12:49
އެސްޓީއޯއިން ފިޔާ، ބިސް ވިއްކަން ފެށުމާއެކު، އެތަކެތީގެ އަގުތައް ދަށަށްދާން ފަށައިފި

ރަމަޟާންމަހާ ދިމާކޮށް ބާޒާރުގައި އަސާސީ ބާވަތްތަކުގެ އަގުތައް ބޮޑުވިޔަ ނުދިނުމަށްޓަކައި އެސްޓީއޯއިން ފިޔާ، ބިސް އެތެރެކުރަން ފެށުމާއެކު އެތަކެތީގެ އަގުތައް ދަށަށްދާން ފަށައިފިއެވެ.

ނިމިގެންދިޔަ ހަފްތާގައި މާލޭގެ ބާޒާރުގެ އަގުތަކަށް ބަލާއިރު، ފިޔާ ކިލޯއެއްގެ އަގުހުރީ 20 ރުފިޔާ އާއި 30 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. އަދި ކުކުޅު ބިހެއްގެ އަގު ހުރީ 2.50 ރުފިޔާއަށެވެ. އަދި ލުނބޯ ކިލޯއެއްގެ އަގުހުރި 70 ރުފިޔާއިން މަތީގައެވެ. ރަމަޟާންމަހާ ދިމާކޮށް ބާޒާރުގައި ދިވެހިން އެންމެ އާއްމުކޮށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މައްޗަށް ދިއުމާއެކު، އެސްޓިއޯއިން ވަނީ ނިމިގެންދިޔަ ބައެއް ބާވަތްތައް ރާއްޖެ އެތެރެކޮށް ނިމިގެންދިޔަ ހަފްތާ ނިމެނިކޮށް ބާޒާރަށް ނެރެފައެވެ. އެސްޓިއޯއިން މިހާތަނަށް ބާޒާރަށް ނެރުނު ތަކެތީގެ ތެރޭގައި ފިޔާ، ބިސް، ކާށި ހިމެނެއެވެ.

އެސްޓީއޯއިން ފިޔާ ބާޒާރަށް ނެރުމާއެކު މިހާރު ބާޒާރުމަތީގެ އިތުރުން މާލެ އަދި ހުޅުމާލޭގެ ފިހާރަތަކުގައި އެންމެ އަގުބޮޑު ވެގެންވެސް ފިޔާ ކިލޯއެއް 18 ރުފިޔާއަށް ލިބެއެވެ. އެސްޓީއޯއިން ފިޔަ ކިލޯއެއް ވިއްކަމުންދަނީ 16 ރުފިޔާއަށެވެ. މާލޭ ބާޒާރުގައި ކުކުޅު ބިހުގެ އަގު 2.50 އެރިތާ ދުވަސްކޮޅެއް ވިއްޖެއެވެ. ނަމަވެސް މިހާރު ގިނަ ފިހާރަތަކުން ދެ ރުފިޔާއަށް ބިހެއް ލިބެއެވެ. ބާޒާރުގައި މިފަހުން އެންމެ އަގުއަރައިގެންދިޔަ އެކައްޗަކީ ކާއްޓެވެ. ދަތުރުވެރިންގެ މާރުކޭޓްގައި މިދިޔަ ހަފްތާގައި ކާށި ވިއްކަމުންދިޔައީ 10 ރުފިޔާ އާއި 35 ރުފިޔާ އާ ދެމެދުގެ އަގުތަކެއްގައެވެ. ނަމަވެސް އެސްޓީއޯއިން ވަނީ އަވައްތެރި އިންޑިއާއިން ކާށިގެނެސް ކާއްޓެއް 5 ރުފިޔާއަށް ވިއްކަން ފަށާފައެވެ.

މީގެ ކުރިން ބިހެއް 2.50 ރުފިޔާއަށް ލިބެންހުރިނަމަވެސް މިހާރު ވަކިން ބިހެއްގެ އަގުވަނީ 2 ރުފިޔާއަށް ވެއްޓިފައި... ފޮޓޯ: ވޮއިސް

އިކޮނޮމިކް މިނިސްޓްރީން ބުނީ ރޯދަމަހު ތަކެތީގެ އަގުތައް ބޮޑުވިޔަ ނުދިނުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާނޭ ކަމަށާއި، ރޯދަމަހު އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ އަގުތައް ބޮޑުވިނަ ނުދިނުމަކީ އެ މިނިސްޓްރީން ހާއްސަ އިސްކަމެއްދޭނޭ ކަމެއް ކަމަށެވެ. އެގޮތުން އެ މިނިސްޓްރީން މި މަސައްކަތްކުރަމުންދަނީ އެސްޓީއޯއާ ގުޅިގެންނެވެ.

އެސްޓީއޯއިން ވަނީ ހަތަރު ކެޓެގެރީ އަކަށް ބަހާލެވިގެން ކާބޯތަކެތި އެތެރެކުރުމަށް ތައްޔާރުވެފައެވެ. އެއީ:

އަސާސީ ކާބޯތަކެތި:  ފިޔާ، ބިސް އަލުވި، ކާށި، ކަދުރު

ތާޒާ ތަރުކާރީ އަދި މޭވާ: ލުނުމެދު، އިނގުރު، ލައިމް، ކެރެޓް، އޮރެންޖް، ކެބެޖް، މިރުސް، ފޭރު، ކަރާ، އަނބޫ، ޕެޝަންފުރުޓް، ކިއުކަންބާ

ޕްރޮސެސްޑް ކާނާ : ނެސްލޭ ކުރީމް، ކޮކޯ ޕައުޑަރ، ބޭކެޓް ބީންސް، ގެރިކިރު ދަޅު

ކެއްކުމަށް ބޭނުންކުރާތަކެތި:  ސަންފްލާވަރ އޮއިލް، ވެޖިޓަބަލް އޮއިލް، ބާސްމަތި ހަނޑޫ

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް