ރ.އަތޮޅުގެ ރިސޯޓެއްކަމަށްވާ މާމިގިލި.. ފޮޓޯ: ޓްރިޕް އެޑްވައިޒާ
ހަބަރު
22 Feb 2025 | 13:36
ޑިސެމްބަރުމަހު އެންމެގިނައިން ގްރީންޓެކްސް ދެއްކީ ރ.އަތޮޅުގެ ރިސޯޓްތަކުން: ފިނޭންސް

ކ.އަތޮޅު ފިޔަވައި މިދިޔަ ޑިސެމްބަރުމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް އެންމެގިނައިން ޓެކްސް ދައްކާފައިވަނީ ރ.އަތޮޅުގެ ރިސޯތްތަކުންކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން ނެރެ އާއްމުކޮށްފައިވާ އެންމެފަހުގެ ގްރީން ޓެކްސް ރިޕޯތަށް ބަލާއިރު، ޑިސެމްބަރުމަހުގެ ތެރޭގައި ގްރީންޓެކްސްގެ ގޮތުގައި ޖުމްލަ 109.5 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެމެރިކާ ޑޮލަރުން ބަލާނަމަ އެއީ 7.1 މިލިއަން ޑޮލަރެވެ. ފިނޭންސްގެ ތަފާސްހިސާބަށް ބަލާއިރު، ގްރީން ޓެކްސްގެ ގޮތުގައި އެންމެބޮޑު އަދަދެއް ދައްކާފައިވަނީ، ކ.އަތޮޅުންނެވެ. އެއަތޮޅުގެ ޓޫރިޒަމް ވިޔަފާރިތަކުން ގްރީން ޓެކްސްގެ ގޮތުގައި 37 މިލިއަނަށްވުރެ ގިނަ ރުފިޔާ (2.3 މިލިއަން ޑޮލަރު) ލިބިފައިވާކަމަށް ފިނޭންސުން ބުނެެވެ. ކ.އަތޮޅަކީ އެންމެ ގިނަ ރިޯތްތަކާއި ގެސްޓްހައުސްތައް ހުންނަ އަތޮޅެވެ.

ކ.އަތޮޅު ފިޔަވައި ދެން އެންމެ ގިނައިން ގްރީންޓެކްސް ދައްކާފައިވަނީ ރ.އަތޮޅުންނެވެ. ރ.އަތޮޅުގައި ހުރި ޓޫރިޒަމް ވިޔަފާރިތަކުން ގްރީންޓެކްސްގެ ގޮތުގައި ވަނީ 12.7 މިލިއަން ރުފިޔާ ނުވަތަ 827،439 ޑޮލަރެވެ. މި ތަފާސްހިސާބަށް ބަލާއިރު ދެން އެންމެގިނައިން ގްރީންޓެކްސް ލިބުނު އަތޮުތަކުގެ ތެރޭގައި ހިމެނެނީ، ބ.އަތޮޅާއި، ބ.އަތޮޅާއި ގއ އަތޮޅުގެ އިތުރުން ވ.އަތޮޅެވެ.

ޑިސެމްބަރުމަހު ގްރީން ޓެކްސްގެ ގޮތުގައި 109.5 މިލިއަން ރުފިޔާ ލިބުނުއިރު މީގެ ތެރެއިން 3.6 މިލިއަން ރުފިޔާ އަކީ ސަފާރީ ބޯޓުތަކުން ލިބުނު އަދަދެވެ. ގެސްޓްހައުސްތަކުން 7.9 މިލިއަން ރުފިޔާ ލިބުނުއިރު ރިސޯޓްތަކުން 95.4 މިލިއަން ރުފިޔާ ލިބުނެވެ.

ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ރިޒޯޓް ހޮޓާތަކާއި، ޓޫރިސްޓު ހޮޓާތަކާއި، ހޮޓާތަކާއި، ޓޫރިސްޓު ގެސްޓްހައުސްތަކާއި، ޓޫރިސްޓު އުޅަނދުތަކާއި، އެ ނޫން ވެސް އެފަދަ ތަންތަނަށް އަންނަ ޓޫރިސްޓުންގެ އަތުން ނެގޭ ޓެކުހެކެވެ. މިދިޔަ އަހަރު ގްރީން ޓެކްސް 6 ޑޮލަރާއި 3 ޑޮލަރުގެ އަދަދަކުން ގްރީން ޓެކްސް ނަގަމުންދިޔަނަމަވެސް މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ގްރީން ޓެކްސް ރޭޓް ވަނީ ބޮޑުކޮށްފައެވެ. އެގޮތުން ޖެނުއަރީމަހުގެ 1 ކުން ފެށިގެން ރިސޯޓަށް އަންނަ ކޮންމެ ފަތުރުވެރިއަކު އެ ހުންނަ ދުވަހަކަށް 12 ޑޮލަރު ނަގާއިރު، 50 އެނދަށްވުރެ މަދުން ހުންނަ ގެސްޓްހައުސްތަކަސް އަންނަ ފަތުރުވެރިއަކު އެ ހުންނަ ދުވަހަކަށް ނަގަނީ 6 ޑޮލަރެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.