ހއ. ދިއްދޫގައި ވެމްކޯގެ ހިދުމަތް އިފްތިތާހުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު---ފޮޓޯ: ވެމްކޯ
ވިޔަފާރި
22 Feb 2025 | 14:47
ދިއްދޫގައި ވެމްކޯގެ ހިދުމަތް ފަށައިފި

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ ހިދުމަތް ހއ. ދިއްދޫގައި ފަށައިފިއެވެ.

ދިއްދޫގައި މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް ޠާރިޤު އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ވެމްކޯއިން ރާއްޖޭގައި ކުރާ މަސައްކަތުގެ ސަބަބުން ތިމާވެށްޓަށް ފައިދާވާނެ ކަމަށާއި، އޭގެ އިތުރުން ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމުގެ އިތުރުން ވިޔަފާރިތަކަށްވެސް ފައިދާ ކުރާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ކުނި މެނޭޖްކުރުމުގެ އުސޫލުތައް ފެށޭނީ ކުޑަކުދިންގެ ކިބައިން ކަމަށެވެ.

ކޮންމެ މުޖުތަމައެއްގައިވެސް ރައްކާތެރިކަމާއެކު ކުނި ބެލެހެއްޓުމަށް ހަގީގަތުގައި ހިތްވަރުދޭ އެއް ބަޔަކީ ކުޑަކުދިން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިކަމުގައި ވަކިން ހާއްސަކޮށް ހަރަކާތްތެރިވާނީ ސްކޫލް ކުދިން ކަމުގައި މިނިސްޓަރ ވިދާޅުވެފައި ވެއެވެ. ކުޑަކުދިންނަށް ބޭނުންވާ ވަރަށް އެކަށީގެންވާ މައުލޫމާތު ދީފިނަމަ ގޭބިސީތަކުން ކުނީގެ ބާވަތްތައް ބަހާލައިގެން އުކާލާނެ ކަމަށް މިނިސްޓަރ ވިދާޅުވެފައި ވެއެވެ. ނަތީޖާއެއްގެ ގޮތުން ކުނި މެނޭޖްކުރަން ވަރަށް ފަސޭހަވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައި ވެއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށްރަށަށްވެސް މި ހިދުމަތް ފުޅާކުރަމުން ގެންދާނެ ކަމަށާއި ކުންފުނީގެ ކުރިއެރުމަށް ބޭނުންވާ ކޮންމެ ކަމެއް ކުރުމަށް މުވައްޒަފުން އަބަދުވެސް ތައްޔާރަށް ތިބޭނެ ކަމަށެވެ.

ރަށްރަށުގެ ގޭބީސީތަކުން ގޮނޑުދޮށަށް ކުނި އުކާލައިގެން އެ ސަރަހައްދު ފުރިގެން ދާއިރު ކައުންސިލަށް ކުރެވޭނެ އިތުރު ކަމެއް ނުހުންނާނެކަމަށް މުޖުތަބާ ވިދާޅުވިއެވެ. ކުނި އޮފްލޯޑް ކުރެވޭނީ ހަމައެކަނި ވެމްކޯއާއި ގުޅިގެން ކުނި މެނޭޖްމަންޓް ސައިޓަށް ކުނި ގެންގޮސްގެންކަން މުޖުތަބާ ފާހަގަކުރެއްވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.