މަސްދަޅު ކިއު
ހަބަރު
22 Feb 2025 | 16:05
ޓޯކަން މެދުވެރިކޮށް މަސްދަޅުކޭސް ނެގޭނޭ އިންތިޒާމް ހަމަޖައްސައިފި

ރޯދަމަހާ ގުޅިގެން ސަރުކާރުން ހަދިޔާގެ ގޮތުގައި ދިނުމަށް ނިންމި މަސްދަޅުކޭސް، ޓޯކަން މެދުވެރިކޮށް ނެގޭނޭ އިންތިޒާމް ހަމަޖައްސައިފިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވަނީ މިކަމަށް ހާއްސަ ޕޯޓަލެއް ހަމަޖައްސާފައެވެ. އެ އިދާރާއިން ބުނީ https://roadhahadhiya.mv ޕޯޓަލް މެދުވެރިކޮށް ކިއު ނަމްބަރު ނެގޭނޭކަމަށެވެ. ޕޯޓަލްގެ ކިއުއާރު ކޯޑް މެދުވެރިކޮށް ޓޯކަން ނެގޭނީ މިއަދު އިރުއޮއްސި 18:00 އިން ފެށިގެންނެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ވަނީ، މިދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވާތީ  ދުވާލު ރޯދަ ހަދިޔާ ދޫކުރުން ކުރިއަށް ނުގެންދާގޮތަށް ނިންމާފައެވެ. އެ ވުޒާރާއިްނ މިހާރު ނިންމާފައިވަނީ، މާލެ ސަރަހައްދުގައި މަސްދަޅު ބެހުމުގެ ކަންކަން ރޭގަނޑު 20:00 ފެށިގެން 00:00 ނިޔަލަށް ކުރިއަށް ގެންދާށެވެ. ހުރިހާ ގޭބިސީތަކަށް މަސްދަޅު ލިބެންދެން، މަސްދަޅު ދޫކުރާނޭކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

މަސްދަޅުކޭސް ދޫކުރުމަށް ހަމަޖެހިފައިވާ ތަންތަން:

- މިފްކޯ ކޮމްޕްލެކްސް (މާފަންނު): 200 ޓޯކަން

- އެމް.ޓީ.ސީ.ސީ ސޯމިލް: 200 ޓޯކަން

- ހެންވޭރު ދަނޑު: 100 ޓޯކަން

- ގަލޮޅު ދަނޑު – ސެޓަޕް 1 : 50 ޓޯކަން

- ގަލޮޅު ދަނޑު – ސެޓަޕް 2 : 50 ޓޯކަން

- ގަލޮޅު ދަނޑު – ސެޓަޕް 3 : 50 ޓޯކަން

- ގަލޮޅު ދަނޑު – ސެޓަޕް 4 : 50 ޓޯކަން

- ސޯޝަލް ސެންޓަރު : 100 ޓޯކަން

- ވިލިމާލެ – ވެމްކޯ ސައިޓް: 100 ޓޯކަން

- ހުޅުމާލެ – އުމަރު ޒާހިރު ބިލްޑިންގ: 100 ޓޯކަން

- ހުޅުމާލެ – ޕޮލްކޯ ޓަވރ (ސީ ބްލޮކް): 100 ޓޯކަން

- ހުޅުމާލެ – ހިޔާ ޓަވަރު 10 : 100 ޓޯކަން

- ހުޅުމާލެ – ކާމިލްދީދި ޕްރީސްކޫލް: 100 ޓޯކަން  

މަސްދަޅުކޭސް ބަލާ އަންނައިރު އެ އަންނަ ފަރާތެއްގެ އައިޑީކާޑާއި ވޭތުވެދިޔަ ތިން މަސްދުވަހުގެ ކަރަންޓްބިލް ގެންނަންޖެހެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.