ސްޓެލްކޯ ހެޑް އޮފީސް
ހަބަރު
22 Feb 2025 | 18:48
ރޯދަމަހާއި ހޫނުމޫސުމާ ދިމާވާތީ ސްޓެލްކޯއިން މާލެ ސަރަހައްދުގެ ކެޕޭސިޓީ އިތުރުކުރަނީ!

ރަމަޟާންމަހާއި ހޫނުމޫސުމާ ދިމާވާތީވެ މާލެ ސަރަހައްދުގެ ކަރަންޓް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ  މީޑިއާގައި ވިދާޅުވެފައިވަނީ، ކުރިއަށްއޮތް ރަމަޟާންމަހު ކަރަންޓް ބޭނުންކުރާ މިންވަރާ އެއްވަރަށް ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން އިތުރުވާ މިންވަރަށް އިތުރު ޖަނަރޭޓަރުތައް އިންސްޓޯލްކުރުމުގެ މަސައްކަތް ފަށާފައިވާކަން ފަހުމީ ވިދާޅުވިއެވެ. 

ކުރިއަށްއޮތީ ހޫނުގަދަ ދުވަސްވަރެއްކަމުން ރޯދަމަހާއި އެދުވަސްތަކާ ދިމާވާތީވެ، ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވާނޭކަމަށް ސްޓެލްކޯއިން ވަނީ ލަފާކޮށްފައެވެ. އެގޮތުން ގޭބިސީތަކުން ކަރަންޓް އިތުރަށް ބޭނުންކުރާނޭ ވަރު ބަލައި މިހާރުގެ ކަރަންޓް ކެޕޭސިޓީއަށް 17 މެގަވޮޓް އިތުރުކުރުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.

ފަހުމީ ވިދާޅުވީ މިދިޔަ އަހަރުވެސް ކަރަންޓް އެންމެބޮޑަށް ޕީކަށް އަރައިގެންދިޔައިރު، 114 މެގަވޮޓްގެ ކަރަންޓް ބޭނުންކޮށްފައިވާކަމަށެވެ. އެގޮތުން މިއަހަރު އެއަދަދު 132 މެގަވޮޓަށް އަރާނޭކަމަށް ބެލެވޭކަމަށްފަހުމީ ވަނީ ފާހަގަކުރައްވާފައެވެ. ކަރަންޓް ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންގެންދާ މަސައްކަތް ރަމަޟާންމަސް ފެށުމުގެ ކުރިން ނިންމާލެވޭނޭކަމަށާއި، އެގޮތުން ކުރިއަށްއޮތް 8 ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނޭކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ. 

ފަހުމީ ވަނީ މިފަހަރުގެ ރަމަޟާންމަހު ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން ކަރަންޓް ކަނޑަން ނުޖެހޭނޭކަމުގެ ޔަގީންކަންދެއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.