މޯލްޑިވްސް ޕޯސްޓުގެ އޮފީސް
ހަބަރު
23 Feb 2025 | 09:36
ކުރީގެ މެނޭޖުމަންޓުން، އިންޓަވިއު ކުރުމެއްނެތި ބޮޑު މުސާރަ ދޭގޮތަށް 49 މީހުންނަށް ވަނީ ވަޒީފާދީފައި: ޕޯސްޓް

މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ކުރީގެ މެނޭޖްމަންޓުން އިޢުލާނާއި އިންޓަވިއުއެއްވެސް ކުރުމެއް ނެތި ބޮޑު މުސާރަ ދޭ ގޮތަށް 49 މީހަކަށް ވަޒީފާ ދީފައިވާކަން ހާމަ ވެއްޖެއެވެ.

މިކަންކަމުގއ ތަފްސީލް ހާމަކޮށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ، އެ ކުންފުނީގެ ކުރީގެ މެނޭޖުމަންޓުން، އެކުންފުނީގެ ވަޒީފާއަށް އިޢުލާން ނުކޮށް، އިންޓަވިއުކުރުމެއްވެސް ނެތި، މެނޭޖިން ޑިރެކްޓަރަށް ލިބިގެންވާ ބާރުގެ ދަށުންކަމަށް ބުނެ މެރިޓް އުޞޫލުގެ ބޭރުން 49 މީހަކަށް ވަޒީފާ ދީފައިވާކަމަށެވެ. އަދި ވަޒީފާ ދިން މީހުންގެ ތެރެއިން ބައެއް މީހުންނަށް ވަރަށް ސީނިއަރ މަގާމުތައްދީފައިވާއިރު، އެއީ ކުންފުނީގެ ގިނަ ދުވަސްވީ ވެރިންނަށާއި މުވައްޒަފުންނަށް ވުރެ ބޮޑު މުސާރަ ލިބޭ މަގާމްތައްކަން ފާހަގަކޮށްފައިވެއެވެ. 

ޕޯސްޓުން ބުނީ، މި ގޮތަށް ވަޒީފާ ދިނުމަކީ މެނޭޖިން ޑިރެކްޓަރަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި، މިކަން ކުރުމަށް ހިއުމަން ރިސޯސަސް ޕޮލިސީއަށް ގެނައި ބަދަލުތައް އަލުން އަނބުރާ އިސްލާޙުކުރުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކުރީގެ މެނޭޖުމަންޓަށް އެންގި ކަމަށާ، ނަމަވެސް، އެޗްއާރު ޕޮލިސީ މިދިޔަ މެނޭޖެމެންޓުން އިސްލާޙުކޮށްފައިނުވާކަމަށެވެ. އަދި ޕޮލިސީ އިސްލާޙުކުރީ މިހާރުގެ މެނޭޖްމެންޓުންކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޤާއިމްކޮށްފައިވާ ޕޯސްޓް އޮފީހުގެ ފިހާރައަށް މުދާ ސަޕްލައިކުރުމުގެ އެއްބަސްވުމެއް ޖަމްޢިއްޔަތު ތަޙްފީޒްލް ޤުރުއާނުލް ކަރީމް ކިޔާ ޤުރުއާން ހިތުދަސްކޮށްދޭ ކުލާހަކާއެކު މިދިޔަ މެނޭޖްމެންޓުން ހަދާފައިވާކަމަށާ، ޖަމްޢިއްޔަތު ތަޙްފީޒްލް ޤުރުއާނުލް ކަރީމްއަކީ މުދާ ސަޕްލައިކޮށްދޭ ފަރާތަކަށް ނުވުމުން މިހާރުގެ މެނޭޖްމެންޓުން އެ އެއްބަސްވުން އުވާލާފައިވާކަމަށްވެސް ބަޔާނުގައި ވިދާޅުވިއެވެ.

އަދި ސަރުކާރުގެ އިދާރާތަކުގެ ސިޔާސީ އިސްވެރިން ގަޑިޖެހޭ ގަޑިއަކީ 8:31 ކަމަށާއި ގަޑި ޖެހިއްޖެނަމަ ގަޑިލާރި ނުނެގޭނެކަމަށް ބަޔާންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދެންނެވުމާ ޚިލާފަށް މިދިޔަ މެނޭޖްމެންޓުގައި ސިޔާސީ މުވައްޒަފުންނަށް ގަޑި ނުޖެހުމުން ދޭ ފައިސާގެ ނަމުގައި "ގަޑި ލާރި" ދިންކަމަށް ބަޔާނުގައިވެއެވެ.

އެ ގޮތުން ކިތަންމެ ލަހުން ޑިއުޓީއަށް އަޔަސް އެޗްއާރު ސިސްޓަމްގެ ތެރެއިން ގަޑި ބަދަލުކޮށް "ގަޑި ލާރި"ދީފައިވާއިރު، އަދުގެ މެނޭޖުމަންޓުން އެކަން ބަދަލުކޮށް ޢަމަލުކުރަމުންދަނީ ރައީސް އޮފީހުގެ އެންގެވުމާ އެއްގޮތަށްކަމަށް ބަޔާނުގައިވެއެވެ.

ހަމަ އެހެންމެ، ނިމިދިޔަ މެނޭޖްމެންޓުން ސިންގަލް ސޯސްކޮށްގެން ބޮޑު އަގުގައި ކުންފުނީގެ އެއަރކޯން ސިސްޓަމް މަރާމާރުކޮށް ބެލެހެއްޓުމަށް ބޭރުގެ ކުންފުންޏަކާއެކު އެއްބަސްވުމެއް އެކުލަވާލާފައިވާކަމަށާ، އެ އެއްބަސްވުން މިއަދުގެ މެނޭޖްމެންތުން އުވާލާފައިވާކަމަށްވެސް ބަޔާނުގައިވެއެވެ. އަދި މިހާރު ވާދަވެރި ބިޑިންގެ އުޞޫލުން އެއަރކޯންގެ މަސައްކަތައް ޕްރޮކިޔުމަންޓުކުރަމުންދާކަމަށެވެ.

މީގެ އިތުރުން، ޤާބިލު ނޫން މީހުން އެކުންފުނި ހިންގާކަމަށް ބުނެކުރާ ތުހުމަތު ތަކާއި، މެނޭޖިން ޑިރެކްޓަރގެ ގާތް މުވައްޒަފުންނަށް އިންޓާނަލް ރެކްރޫމަންޓުގެ ނަމުގައި ޕްރޮމޯޝަން ދޭކަމަށް ބުނެ ދައްކާ ވާހަކަތައް އެ ބަޔާނުގައި ދޮގުކޮށްފައިވެއެވެ. އަދި މިހާރުގެ މެނޭޖިން ޑިރެކްޓަރު ކަނޑައަޅާފައިވާ އަދަދަށްވުރެ ބޮޑު މުސާރައެއް ނަގާކަމަށް ކުރާ ތުހުމަތާއި، ކުންފުނީގައި ކޮރަޕްޝަނަށް މަގުފަހިވާ ޢަމަލުތަކެއް ހިންގާކަމަށް ބުނެ އެ ފަދަ ޢަމަލުތަކެއް ވިސުލްބްލޯކުރި މީހަކު ކުންފުނިން ވަކިކުރިކަމަށް ބުނާ ވާހަކަތައްވެސް ބަޔާނުގައި ދޮގުކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ