ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއްގައި 6 ސައިކަލަކަށް ގެއްލުންވެއްޖެ!
ކާރެއް ކޮންޓްރޯލް ނުވެ ހިނގި އެކްސިޑެންޓެއްގައި 6 ސައިކަލަކާއި ކާރަކަށް ގެއްލުންވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮޕިޝަލް ވިދާޅުވީ، މިއަދު ހެނދުނު 7:50 ކަންހާއިރު، އަމީނީމަގު ގާކޮށި ކުރިމަތިން ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މި އެކްސިޑެންޓްގައި އެ ސަރަހައްދުގައި ޕާކުކޮށްފައި ހުރި 6 ސައިކަލަކާއި ކާރަކަށް ގެއްލުންވެފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists