ރައީސް މައުމޫންގެ ފޮންޓް ދައްކާލުމަށް ބޭއްވި މައުރަޒުގައި ރައީސް ޞާލިޙް: ފޮޓޯ/ ރައީސް ޞާލިޙް
ހަބަރު
23 Feb 2025 | 12:31
”މައުމޫން“ ފޮންޓަކީ ރައީސް މައުމޫންގެ ޤައުމީ ޚިދުމަތުގެ ތެރެއަށް އިތުރުވެގެންދިޔަ އައު ބޮޅެއް: ރައީސް ޞާލިޙް

ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އަތުލިޔުން އަސްލަކަށް ބަލައިގެން ތާނަ ފޮންޓެއް އާންމު ކުރެވިގެން ދިޔުމަކީ އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ތެރެއަށް އިތުރުވެގެންދިޔަ އާ ބޮޅެއް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫންގެ އަތުލިޔުން އަސްލަކަށް ބަލައިގެން ”މައުމޫން“ ފޮންޓު ނެރެނީ މައުމޫން ފައުންޑޭޝަނާއި އަކުރު ޓަައިޕް ގުޅިގެންނެވެ. ފޮންޓް ނެރުނީ އާޓް ގެލެރީގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މި ފޮންޓް ނެރުމަށް ފަހު ފޮންޓް ދައްކާލުމަށް ހޮނިހިރު ދުވަހު މާލެ އާޓް ގެލަރީގައި މައުރަޒެއް ބާއްވާފައިވާއިރު، އެ މައުރަޒަށް ރައީސް ޞާލިޙްވެސް ވަނީ ވަޑައިގެންފައެވެ. 

އެފަހުން، މިއަދު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، ”މައުމޫން“ ފޮންޓަކީ އެމަނިކުފާނު ދިވެހިބަސް ދިރުވައި އާލާ ކުރެއްވުމަށް ކުރެއްވި މަސައްކަތްޕުޅުގެ ރަމްޒެއް ކަމަށެވެ. 

‏ރައީސް ⁦‪މައުމޫން‬⁩ އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ. އަދި “މައުމޫން”  ފޮންޓްަ ފަރުމާކުރެއްވި ގްރެފިކް ޑިޒައިނަރ⁦⁩ އަދި އެކްރިއާ ސުޓޫޑިއޯ އަށް މަރުޙަބާ ދަންނަވަމެވެ.

ރައީސް ޞާލިޙް

މައުމޫން ފޮންޓް



ރައީސް މައުމޫނަކީ ވަރަށް މޮޅު ކެލެގްރާފަރެކެވެ. ދިވެހިންނާއި އަރަބީން ވަރަށް ރީތިކޮށް ލިޔުއްވަ އެވެ. މާލޭގެ ބޮޑު މިސްކިތް -- އިސްލާމީ މަރުކަަޒުގެ މިހުރާބުގޭގައިވާ ފިލާގައި އެ ވަނީ ރައީސް މައުމޫންގެ އަތުލިޔުއްވުމެވެ. އިސްލާމީ މަރުކަޒުގެ ނަން ބޯޑް ވެސް ލިޔުއްވާފައި ވަނީ މައުމޫން އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.