ރައީސް ޑރ.މުއިއްޒު ކުޑަހުވަދޫ ގައި ވާހަކަދައްކަވަނީ... ފޮޓޯ: ވޮއިސް
ހަބަރު
23 Feb 2025 | 23:02
މިފަހަރުގެ ރަމަޟާންމަހުވެސް ފެނާއި ކަރަންޓް ބިލްތަކުން ރައްޔިތުންނަށް ޑިސްކައުންޓް ލިބޭނެ: ރައީސް ޑރ.މުއިއްޒު

ކުރީއަހަރެކޭ އެއްގޮތަށް މިފަހަރުގެ ރަމަޟާންމަހު ފެނާއި ކަރަންޓު ބިލްތަކުން ރައްޔިތުންނަށް ޑިސްކައުންޓް ލިބޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިފަހަރުގެ ރަމަޟާންމަހަށް ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން މަސްދަޅުކޭސް ބަހަން ފެށުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުންވަނީ އެކަމަށް ވަރަށްބޮޑަށް ފާޑުކިޔައި ވާހަކަތައް ދައްކަން ފަށާފައެވެ. އެގޮތުން ސަރުކާރުން ރައްޔިތުންނަށް މަސްދަޅުކޭސް ހަދިޔާގެ ގޮތުގައި ބަހަނީ، ކުރިއަށްއޮތް ރަމަޟާންމަހު ކަރަންޓް ބިލްތައް ބޮޑުކުރުމުގެ ނިޔަތުގައިކަން އިދިކޮޅަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

އެކަމަށް ރައްދުދެއްވައި ރައީސް ޑރ.މުއިއްޒު މިރޭ ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް މަސްދަޅު ބަހަނީ ބިލްތައް ބޮޑުކުރުމުގެ ނިޔަތުގައި ނޫންކަމަށާއި، އެއީ ކުރިންވެސް ރައްޔިތުންނަށް ވީ ވައުދެއްކަމަށެވެ. ރައީސް ވިދާޅުވީ އެކަމާ ގުޅުވައިގެން ރައްޔިތުންނަށް އޮޅުވާލުމަށް ބައެއް ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމަށް ދޮގު ބުހުތާން ވާހަކަތަކެއް ދައްކަންމުންދާކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ދެއްކީ ރައްޔިތުންނަށް ހަދިޔާގެ ގޮތުގައި ބަހާ މަސްދަޅުން މަސް މަދުކޮށްފައި ބަހަންއުޅޭކަމުގެ ވާހަކަ ކަމަށާއި، ނަމަވެސް މިއަދު އެއީ ދޮގެއްކަން އެނގި ހާމަވެފައިވާކަމަށެވެ. 

ރައީސް ވިދާޅުވީ ރަމަޟާންމަހު ހަދިޔާގެ ގޮތުގައި މަސްދަޅު ދިނުމުގެ އިތުރުން ކުރިއަށްއޮތް ރަމަޟާންމަހުވެސް ކަރަންޓް ބިލާއި ފެންބިލުން ރައްޔިތުންނަށް ޑިސްކައުންޓް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިދިޔަ ފަހަރުގެ ރަމަޟާންމަހުވެސް އެގޮތަށް އެކަންކޮށްފައިވާކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކަންކަން އޮޅުވާލުމަށްޓަކައި މުޖުތަމައުގެ ތެރޭގައި ހަޤީޤަތާ ހިލާފް ވާަހަކަތައް ދެއްކުން އޮންނަނީ ކަންބޮޑުވާ ދަރަޖައަކަށް ކަމަށާއި، މިއީ ރައްޔިތުން ވަރަށް ސީރިއަސްކޮށް ވިސްނަންޖެހޭ ކަމެއްކަމަށެވެ.

ކޮމެންޓް
އާދަނު123
ޑިސްކައުޓް ބަދަލުގަ ޔުނިޓަކަށް ނަގާވަރު ޔާމިނު ވެރިކަމުގަ ބަދަލުކުރުމުގެ ކުރިން ހުރި ވަރަށް ހަދާބަލަ
24 Feb 2025
ގުޅޭ ލިޔުންތައް
28 Jul 2026
އެކްސިޑެންޓް ވުމުން ފިލި ދޯނި 18 ދުވަސް ވީއިރުވެސް ނުފެނޭ
މި މަހުގެ ނުވަ ވަނަ ދުވަހުގެ ރޭ މާލެ ކައިރީ ކަނޑުމަތީ ހިނގި އެކްސިޑެންޓަށް ފަހު، މަޑުނުކޮށް ދިޔަ އުޅަނދު އަދިވެސް ނުފެންނަ ކަމަށާއި އެ އުޅަނދު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
28 Jul 2026
ޖޭއެންޑްޖޭއިން ކެންސަރުޖެހޭ މައްސަލަ ހައްލުކުރުމަށް 5.5 ބިލިއަން ޑޮލަރު
އެމެރިކާގެ މަޝްހޫރު ކުންފުނި، ޖޯންސަން އެންޑް ޖޯންސަން (ޖޭ.އެންޑް.ޖޭ) އިން އުފައްދާ ބޭބީ ޕައުޑަރު ބޭނުންކޮށްގެން ކެންސަރު ޖެހިފައިވާ ކަމަށް ބުނެ އުފުލާފައިވާ އެތައް ހާސް ދައުވާތަކެއް ހައްލުކުރުމަށް 5.5 ބިލިއަން އެމެރިކާ ޑޮލަރު ދިނުމަށް އެ ކުންފުނިން ހުށަހަޅައިފިއެވެ.
28 Jul 2026
ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް ޠާރިޤު އައްޔަންކުރަން މަޖިލީހަށް
އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދާއިމީ މަންދޫބަކަށް، ކުރީގެ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އައްޔަންކުރަން ރުހުން ހޯދުމަށް މަޖިލީހަށް ފޮނުއްވައިފިއެވެ.
28 Jul 2026
އިންޑިއާގެ އެންމެ ރަނގަޅު އެއާޕޯޓުން އެއްވެސް ފްލައިޓެއް އޮޕަރޭޓް ނުކުރޭ
ޖުލައި އަދި އޮގަސްޓް މަހު އެއްވެސް ފްލައިޓެއް މި އެއާޕޯޓަށް ދަތުރުނުކުރާއިރު، މި ނަތީޖާއާއެކު އިންޑިއާގެ އޭވިއޭޝަން ސިނާއަތުގެ ގިނަ ބައެއްގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ. ކުރިން މި އެއާޕޯޓުން ދިއްލީ އަދި ވަރަނާސީއަށް ދަތުރުތައް ކުރި ނަމަވެސް، މިހާރު އެ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.
28 Jul 2026
ސައުދީގެ ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް ފޮނުވާލި ޑްރޯންތަކެއް ހުއްޓުވައިފި
ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސާއި ވެރިރަށް ރިޔާޟްގައި ހުރި ތެޔޮ ޓޭންކަރުތަކަކަށް އަމާޒުކޮށް ދިން ނުރައްކާތެރި ޑްރޯން ހަމަލާތަކެއް އެގައުމުގެ ވައިގެ ދިފާއީ ބާރުތަކުން ހުއްޓުވައި، ނައްތާލައިފައިވާ ކަމަށް ސައުދީ ސަރުކާރުން ހާމަކޮށްފިއެވެ.
28 Jul 2026
ސްޕެއިނަށް ލިބުނު އިނާމު ފައިސާއިން ބޮޑު ޓެކްސެއް ދައްކަން ޖެހިދާނެ: ރިޕޯޓް
ފޮކްސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން އިނާމު ފައިސާގެ ގާތްގަނޑަކަށް 30 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.
27 Jul 2026
އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި މަނަވަރު ހިދުމަތަށް ނެރެފި
ނޭވީ މަނަވަރު "ޢިމާދުއްދީން"އަކީ، ރައީސުލްޖުމްހޫރިއްޔާ ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ
27 Jul 2026
މެދުއިރުމަތީގެ ހާލަތު ގޯސްވުމާއެކު ސޯމާލިއާގެ ކަނޑުފޭރޭމީހުންގެ ހަރަކާތްތައް އިތުރުވެއްޖެ
ކަނޑުފޭރުމުގެ މި ނުރައްކަލަކީ އިންޑިއާ ކަނޑުގެ ކަނޑުދަތުރުފަތުރަށް އޮތް ބޮޑު ގޮންޖެހުމެކެވެ