ރައީސް ޑރ.މުއިއްޒު، މާއެނބޫދޫ ހެލްތް ސެންޓަރަށް އަލަށް އިތުރުކުރި ބައި ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Feb 2025 | 10:55
ރައީސް ޑރ.މުއިއްޒު، މާއެނބޫދޫ ހެލްތް ސެންޓަރަށް އަލަށް އިތުރުކުރި ބައި ހުޅުވައިދެއްވައިފި

 ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދ. އަތޮޅު މާއެނބޫދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރިބައިގެ އިމާރާތް ހުޅުވައިދެއްވައިފިއެވެ.

ރައީސް މިއަދު މި އިމާރާތް ހުޅުވާދެއްވާފައިވަނީ ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި މިއަދު މާއެނބޫދޫއަށް ވަޑައިގެން އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރައީސް ޑރ.މުއިއްޒު، މާއެނބޫދޫ ހެލްތް ސެންޓަރަށް އަލަށް އިތުރުކުރި ބައި ހުޅުވައިދެއްވަނީ.. ފޮޓޯ: ރައީސް އޮފީސް 

މާއެނބޫދޫ ސިއްހީ މަރުކަޒު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން އެ މަރުކަަޒުގެ އަލަށް އިތުރުކުރި ބައިގައި، ޕަބްލިކް ހެލްތު ޔުނިޓަކާއި އޮފީސްތަކާއި ގަރާޖަކާއި ލޯންޑްރީ ތަންތަނާއި މެޑިކަލް އަދި ނޮން މެޑިކަލް ސްޓޯރޭޖް އޭރިއާތަކާއި ކޮންފަރެންސް ހޯލެއް ގާއިމްކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި މަޝްރޫއުގެ ސަބަބުން އެރަށުގެ ރައްޔިތުންނަށް ސިއްހީ ހިދުމަތް އިތުރުވެ، ރަނގަޅު ވަސީލަތްތައް ފޯރުކޮށްދީ، ހިދުމަތްދޭ ގަޑިތައް އިތުރުވެގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެފައި ވެއެވެ. 


ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.