ރައީސް ދެ. މާއެނބޫދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ހަބަރު
24 Feb 2025 | 11:15
ހުރިހާ ރަށެއްގައި ފިޓްނެސް ސެންޓާ ގާއިމުކުރާނަން: ރައީސް

ދެ އަހަރަށް ބަހާލައިގެން ހުރިހާ ރަށެއްގައި ފިޓްނެސް ސެންޓަރުތައް ގާއިމުކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުޢިއްޒު މިގޮތަށް ވިދާޅުވީ މިހާރު ދ. އަތޮޅަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ދ. މާއެނބޫދޫ ރައްޔިތުންނާއިއެކު ބޭއްވި ބައްދަލުވުމުގައެވެ. 

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދެ އަހަރަށް ބަހާލައިގެން މުޅި ރާއްޖޭގެ ހުރިހާ ރަށްރަށުގައި ފިޓްނެސް ސެންޓަރުތައް ގާއިމުކުރައްވާނެ ކަމަށެވެ. އަދި އައުޓްޑޯ ޖިމާއި ކުޑަކުދިންގެ ޕާކްތައްވެސް ހުރިހާ ރަށެއްގައި 2 އަހަރަށް ބަހާލައިގެން ގާއިމުކުރައްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.  މާއެނބޫދުގައި ކުޑަކުދިންގެ ޕާކް އެޅުމަށްވެސް ރާއްވާފައިވާ ކަމަށް ވިދާޅުވި އެވެ. 

ކުޑަކުދިންގެ ޕާކްތައް ނެތް ރަށްރަށުގައި މިއަހަރާއި އަންނަ އަހަރު ތެރޭގައި ބިނާކޮށް ނިންމާލެވޭނެ ކަަމުގައި ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ކުޅިވަރު ސިޔާސަތުގެ ދަށުން ރަށްރަށުގައި ތިބި ވަސީލަތްތައް މަދު, ކުޑަކުދިންގެ ޕާކްތަކާއި އައުޓްޑޯ ޖިމްތައް އިތުރަށް ފުރިހަމަ ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ހުރިހާ ރަށެއްގައި ކުޅިވަރު ދަނޑުތައް އެޅުމަށް ބޭނުންވާ ސާމާނު ބަލްކުކޮށް ގެނެސް، އެ ރަށްރަށުގައި ފުޓްސެލް އަދި ފުޓްބޯޅަ ދަނޑުތައް އެޅުމުގެ މަސައްކަތް ކުރުމަށް ރާވާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މާއެނބޫދޫ ރައްޔިތުންނާއި މުހާތަބުކުރައްވަމުން ރައީސް ވަނީ އެރަށުގައި ހުއްޓިފައިވާ ހުރިހާ މަޝްރޫއުތައް އަލުން ފައްޓަވައިދެެއްވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.