ސުޕްރީމް ކޯޓް
ހަބަރު
24 Feb 2025 | 11:52
ފަނޑިޔާރުންގެ އަދަދު މަދުކުރަން ސަރުކާރުން މަސައްކަތްކުރަނީ ނުފޫޒު ފޯރުވަން: ޑިމޮކްރެޓްސް

ސަރުކާރުގެ ފަރާތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ބިލެއް ހުށަހެޅީ، އެ ކޯޓަށާއި ޖުޑިޝަރީއަށް ނުފޫޒު ފޯރުވުމުގެ އަމަލެއްކަމަށް ދަ ޑިމޮކްރެޓްސް އިން ބުނެފި އެވެ.

ދަ ޑިމޮކްރެޓްސް ޕާޓީން ނެރުނު ނޫސްބަޔާނެއްގައި މިހެން ބުނެފައިވަނީ، ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދުކުރުމަށް ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މަޖިލީހަށް ބިލެއް ހުށަހެޅުމާއި ގުޅިގެންނެވެ. 

 މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދެވެ.

ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައި ވަނީ ސުޕްރީމް ކޯޓް ބަދަލުކުރާނެކަމުގެ ތުހުމަތު ސަރުކާރުގެ މައްޗަށް މީގެ ކުރިން ކުރަމުންދިޔަ ނަމަވެސް، ސަރުކާރުން އެކަމަށް އިންކާރުކުރުމަށް ފަހުގައި، ކުއްލިގޮތަކަށް ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވުމުން، މިއީ އެ ކޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއްކަމަށް ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ.

ޑިމޮކްރެޓްސް އިން ބުނެފައިވަނީ "ކޯޓް ޕެކިން" ގެ ޓެކްޓިކަކީ މަތީ ކޯޓްގެ ކޮންޓްރޯލް ނެގުމަށް ގައުމުތަކުގައި އާންމުކޮށް ސަރުކާރުތަކުގެ ސިޔާސީ ބާރުވެރިކަމުގެ ތެރެއިން ކޮށްއުޅޭ ކަމެއް ކަމަށެވެ .ދައުލަތުގެ އެއްވެސް ބާރަކަށް ލިބިގެންވާ ބާރުތަކުގެ މައްޗަށް އަނެއް ބާރަކުން އަރައިނުގަނެ، ނުވަތަ ނާޖާއިޒު ނުފޫޒު ނުފޯރުވައި، ދައުލަތް އޮމާންކަމާއެކު ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިނގުމަށް ޖާގަދީގެން މެނުވީ ރާއްޖޭގެ ޑިމޮކްރެސީއަށާއި ރައްޔިތުންނަށް ފައިދާއެއްނުކުރާނެ ކަމަށްވެސް ޑިމޮކްރެޓްސް އިން ވަނީ ބުނެފަ އެވެ.ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން މިވަގުތު ހުށަހަޅާފައިވާ ހުށަހެޅުމަކީ އެ ކޯޓަށް ނުފޫޒުހިންގުމުގެ އަމަލެއްކަމަށް ބެލެވޭތީ، އެކަން ވަގުތުން ހުއްޓާލުމަށްވެސް ޑިމޮކްރެޓްސް އިން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.  

ސްޕްރީމްކޯޓުގެ ބެންޗު އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. ސްޕްރީމްކޯޓުގެ ބެންޗް ބަދަލުކުރަން ސަރުކާރުން ހުށަހެޅި މި ބިލް ހުށަހެޅީ މީގެ ކުރިން ސްޕްރީމް ކޯޓުގެ ބެންޗު އޮތްގޮތަށް ބޭއްވުމެވެ. ސްޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަށް ޤާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު 2014 ވަނަ އަހަރު ވަނީ އެ ކޯޓްގެ ބެންޗު ފަހަކަށް ބަދަލުކޮށްފައެވެ. އޭގެފަހުން ސްޕްރީމްކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދު އިތުރުކޮށްފައިވަނީ ރައްޔިތުން މަޖިލީހުގެ މިދިޔަ ދައުރުގެ ތެރޭގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.