ދިރާސީ އައު އަހަރުގެ ކިޔެވުން އޭޕްރީލް 7 ގައި--ފޮޓޯ: ވޮއިސް
ހަބަރު
24 Feb 2025 | 15:41
ދިރާސީ އައު އަހަރު ފެށޭނީ އޭޕްރިލްމަހުގެ 7 ވަނަ ދުވަހު: އެޑިއުކޭޝަން

މިއަހަރުގެ ދިރާސީ އައު އަހަރު ފަށާ ދުވަހެއްގެ ގޮތުގައި އޭޕްރީލް 7، އެޑިއުކޭޝަން މިނިސްޓްރީން ހަމަޖައްސައިފިއެވެ.

މިއަދު އެޑިއުކޭޝަން މިނިސްޓްރީން އާންމުކުރި ތައުލީމީ ކަލަންޑަރުގައިވާ ގޮތުން ފުރަތަމަ ޓާމްގެ ޗުއްޓީ ޖުލައިމަހުގެ 24 ވަނަދުވަހަށް ހަމަޖައްސާފައިވާއިރު، ދެވަނަ ޓާމް ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ.

ދިރާސީ އަހަރު ނިމޭނީ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

މީގެ ކުރިން ރާއްޖޭގައި ތައުލީމީ އަހަރުތައް އަބަދުވެސް ފެށުނީ ޖެނުއަރީ މަހުގައެވެ. ނަމަވެސް، ކޯވިޑް 19 ގެ ދުވަސްވަރު އައި ލޮކްޑައުން މުއްދަތަށްފަހު ދިރާސީ އަހަރު ފެށުން ބަދަލު ކުރި އެވެ. ދިރާސީ އަހަރު ފެށޭ ތާރީހަށް ބަދަލު ގެނެސްފައިވަނީ ރައީސް ސޯލިހު ވެރިކަމުގައެވެ. އޭރު ސަރުކާރުން އެކަން ކޮށްފައިވަނީ،  ޓޫރިޒަމް ދާއިރާގެ ދިވެހި މުވައްޒިފުން އެދޭތީ ކަމަށް ބުނެ އެވެ.

މި ބަދަލާއެކު އަހަރީ ސްކޫލް ބަންދު ދުވަސްތައް ޖޫން/ޖުލައި މަހުގެ ތެރޭގައި ފެށޭގޮތަށް އޭރުގެ އެޑިއުކޭޝަން މިނިސްޓްރީން ހަމަޖެއް ސިއެވެ. މިކަމުގެ ސަބަބުން ބައެއް ބެލެނިވެރިން ވަނީ އުނދަގޫތެއް މެދުވެރިވާ ކަމަށް ޝަކުވާކޮށްފައެވެ. އެ ދުވަސްވަރަކީ އެންމެ ވިއްސާރަ ދުވަސްވަރަށްވާތީ ދަތުރުފަތުރު ކުރުމުގައި ދަތި ދިމާވެ ޗުއްޓީއަށް ބުރޫ އަރަ އެވެ.

މި ކަންބޮޑުވުންތަކަށް އަލިއަޅުވާލައްވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2026 ވަނަ އަހަރުން ފެށިގެން ދިރާސީ އަހަރު އަލުން ޖެނުއަރީ މަހު ފެށޭ ގޮތަށް ބަދަލު ކުރައްވާނެކަން އިއުލާން ކުރައްވާފައެވެ.

މިއަހަރުގެ ސްކޫލް ޗުއްޓީ ޑިސެމްބަރު މަހުގެ 28 އިން ޖެނުއަރީ 27 އަށް ކުރިއަށް ގެންދާއިރު، އަންނަ އަހަރުގެ އަހަރީ ޗުއްޓީ ޑިސެމްބަރު މަހުގެ ތެރޭގައި ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މީގެކުރިން ވަނީ އިއުލާންކޮށްފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.