އެމްޑަބްލިޔުއެސްސީ އެމްޑީ ޢަބްދުﷲ މަޠީން ލޭ ހަދިޔާ ކުރައްވަނީ---ފޮޓޯ: އެމްޑަބްލިޔުއެެސްސީ
ހަބަރު
24 Feb 2025 | 17:32
އެމްޑަބްލިޔުއެސްސީން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފި

 އެމްޑަބްލިޔުއެސްސީ މުވައްޒަފުންނާއި މޯލްޑިވްސް ބްލަޑް ސާވިސަސް ގުޅިގެން ލޭ ހަދިޔާ ކުރުމުގެ ހަރަކާތެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

އެމްޑަބްލިޔުއެސްސީ ކަސްޓަމަރ ސާރވިސް އިމާރާތުގައި ކުރިއަށް ގެންދިޔަ މި ލޭދިނުމުގެ ޙަރަކާތް ފައްޓަވައި ދެއްވީ އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓާ ޢަބްދުލްމަތީން މުޙައްމަދު އާއި އެކުންފުނީގެ ޗެއާޕާރސަން ޝަމްހޫޒާ އަޙުމަދެވެ. މިހަރަކާތުގައި އެކުންފުނީގެ ސީނިއާ މެނޭޖްމަންޓާއި ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރުން، މާލޭ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް އަދި ކައުންސިލުގެ މުވައްޒަފުންވެސް ވަނީ ބައިވެރިވެފައެވެ.

އެމްޑަބްލިޔުއެސްސީން ބުނީ މި ލޭ ހަދިޔާކުރުމުގެ މިޙަރަކާތަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދަވާ ޤައުމީ ލޭ ހަދިޔާކުރުމުގެ ކެމްޕޭނުގެ ދަށުން ހިންގުނު ޙަރަކާތެއް ކަމަށެވެ.  މިނިސްޓްރީ އޮފް ހެލްތުގެ އިސްނެގުމާއެކު އެކުންފުނީގެ އިޖްތިމާޢީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ ލޭ ހަދިޔާ ކުރުމުގެ މިޙަރަކާތުގެ އެންމެ މުހިންމު މަޤްސަދަކީ މޯލްޑިވްސް ބްލަޑް ސަރވިސް އަށް ރޯދަމަހާ ދިމާކޮށް ލޭ ލިބުމުގައި ކުރިމަތިވާ ދަތިކަމަށް އެހީތެރިކަން ފޯރުވައި ބޭނުންވާ ލޭގެ އެހީ، އެމްޑަބްލިޔުއެސްސީގެ ފަރާތުން ފޯރުކޮށްދިނުން ކަމަށް އެކުންފުނިން ބުންޏެވެ.  އަދި ކުންފުނީގެ މުވައްޒަފުން ބުރަކޮށް އުޅެމުންވެސް ފަސޭހަ މާހައުލެއްގައި މިފަދަ އިޖުތިމާޢީ އަދި ބޭނުންތެރި ހަރަކާތެއްގައި ބައިވެރިވެ، ލޭ ހަދިޔާ ކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމުގެ ގޮތުން މި ހަރަކާތުގައި ބައިވެރިވާން ނިންމިކަމަށްވެސް އެމްޑަބްލިޔުއެސްސީ އިން ބުނެފައި ވެއެވެ. 

މުޖުތަމައުގެ ލާބައާއި މަންފާއަށް ކުރެވޭ މިފަދަ ކަންކަމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުންފުނީގެ މުވައްޒަފުން އިސްނަގައި އަބަދުވެސް ދެމުން އަންނަ އެއްބާރުލުން ފާހަގަކޮށް، އެމްޑަބްލިޔުއެސްސީ އިން ވަނީ މުވައްޒަންނަށް އެކަމަށްޓަަކައި ޝުކުރު އަދާކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.