ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދ. ހުޅުދެލީގައި ވާހަކަދައްކަވަނީ---ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Feb 2025 | 15:29
ބުރާސްފަތި ދުވަހު ފްލެޓް ލިސްޓް އިއުލާންކުރާނަން: ރައީސް ޑރ.މުއިއްޒު

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ބިނާކުރި ފުރަތަމަ 4000 ފްލެޓްތަކުގެ ދާއިމީ ލިސްޓް ބުރާސްފަތި ދުވަހު އިއުލާންކުރައްވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެެއެވެ.

ރައީސްް މުޢިއްޒު މިފަދައިން ވިދާޅުވީ މިއަދު ދ. ހުޅުދެލީ ރައްޔިތުންނާއިއެކު ބޭއްވި ބައްދަލުވުމުގައެވެ. 

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ އެމަނިކުފާނު މީގެ ކުރިންވެސް ވިދާޅުވިފަދައިން ރޯދަމަހުގެ ކުރިން ފްލެޓް ލިސްޓް އިއުލާންކުރައްވާނެ ވާހަކަ ތަކުރާރުކުރައްވާފައެވެ. މާލެ ރައްޔިތުންނަށް މިވަގުތު އެންމެ މުހިންމު އެއް ކަމަކީ ބޯހިޔާވަހިކަން ކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެމަނިކުފާނު ރޯދަމަހުގެ ކުރިން ފްލެޓް ލިސްޓް އިއުލާންކުރައްވާނެ ކަމާއި ދޭތެރޭ ބައެއް ފަރާތްތަކުން ޝައްކު އުފައްދަވާ ކަމަށް ވިދާޅުވެފައެވެ. 

ނަމަވެސް، ބުރާސްފަތި ދުވަހު ފްލެޓް ލިސްޓު އިއުލާންކުރައްވާނީ ކޮންސްޓްރަކްޝަން މިނިސްޓްރީން ބާއްވާ ޕްރެސް ކޮންފަރެންސަކާއިއެކު ކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ. މި ފްލެޓް ލިސްޓު އާންމުކުރައްވާނީ ފްލެޓް ލިބޭ ފަރާތްތަކާއި ނުލިބޭ ފަރާތްތައް އެނގޭ ފަދައިން ކަމަށާއި ފްލެޓް ނުލިބޭ ފަރާތްތަކަށް ފްލެޓް ނުލިބޭ ސަބަބު ފަދަ ތަފްސީލުތައް ދެފުށްފެންނަހެން ހާމަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ފްލެޓް ނުލިބޭ ފަރާތްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 

އެމްޑީޕީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ސަރުކާރު ނިމެން ގާތްވެފައިވަނިކޮށް އެކުލަވާލި 4000 ފްލެޓް ލިސްޓާއި ގުޅިގެން ވަރަށް ބައިވަރު އާންމުން ވަނީ ޝަކުވާ ހުށަހަޅާފައެވެ. އެގޮތުން ޝަރުތު ހަމަނުވާ އެތައް ފަރާތްތަކަށް ފްލެޓް ބަހާފައިވާކަންވެސް އޭސީސީ އިން ވެސް ވަނީ ފާހަގަކޮށްފައެވެ. އޭސީސީ އިން މި ލިސްޓުގެ މައްސަލަ ތަހުގީގުކުރަމުންދާއިރު މި ސަރުކާރުން ވަނީ ފްލެޓް ލިސްޓު ރިވިއުކުރުމުގެ ގޮތުން ފްލެޓް ލިސްޓުގެ މަސައްކަތް މަޑުޖައްސާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.