އެމްޑީޕީ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް---ފޮޓޯ: ވޮއިސް
ހަބަރު
25 Feb 2025 | 16:00
ވަޒީރު އިހުސާން ދެއްކެވި ފަޒްނާގެ ފޮޓޯގެ ހަގީގަތް ފައްޔާޒް ހާމަކުރައްވައިފި

ދާހިލީ ވަޒީރު ޢަލީ އިހުސާން މިއަދު ދެއްކެވި ކުރީގެ ފަސްޓް ލޭޑީ ފަޒްނާ އަޙްމަދުގެ ފޮޓޯއަކީ އެމްޑީޕީ ހަރުގެ ތެރޭގައި ނަގާފައިވާ ފޮޓޯއެއް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ. 

އެމްޑީޕީ ގައުމީ މަޖިލީހުގައި ވާހަކަދައްކަވަމުން ފައްޔާޒް މިފަދައިން ވިދާޅުވީ, މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ދާހިލީ ވަޒީރު ޢަލީ އިހުސާން ދެއްކެވި ވާހަކައިގެ ރައްދުގައެެވެ.

ދާދި ފަހުން ވަޒީރު އިހުސާން ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރް) ތެރޭގައި ފޯމްތަކެއް ކަމަށް ބެލެވޭ ކަރުދާހެއްގެ ފޮޓޯ އެއީ ޕާޓީ ރަޖިސްޓްރޭޝަން ފޯމްތަކެއް ކަމަށް ޝައްކުކުރެވޭ ކަމުގެ ތުހުމަތުގައި މިއަދު އިހުސާން މަޖިލީހަށް ހާޒިރުކުރައްވާފައި ވެއެވެ. އިދިކޮޅުން ދަނީ އިހުސާން، ޑީއެންއާރްގެ ޑޭޓާބޭސްއިން ރައްޔިތުންގެ ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް މެންބަރުން ވަގަށް ވައްދަން މަސައްކަތް ކުރި ކަމަށް ތުހުމަތުކުރައްވާފައެވެ. އެކަމާއި ގުޅިގެން އިހުސާންއަށް ޖަވާބުދާރީވުމަށް ފުރުސަތު ދެއްވުމަށްފަހު، އޭނާގެ އިތުބާރު ނެތްކަމާއި ގުޅިގެން ވޯޓެއްވެސް ނަގާފައި ވެއެވެ. 

ނިމިދިޔަ ރިޔާސީ އިންތިޚާބު ދުވަސްވަރުގައި، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު، ޑީއެންއާރުގެ ޑާޓާ ބޭނުންކުރައްވައިގެން އެމްޑީޕީއަށް މެންބަރުން ވެއްދުމުގެ މަސައްކަތް ކުރެއްވި ކަމަށް އިހުސާން ތުހުމަތުކުރެއްވިއެވެ. 

ވަޒީރު އެ ދެއްކެވި ފޮޓޯއަކީ 2023 ވަނަ އަހަރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމެރީއާއި ގުޅިގެން އެމްޑީޕީ ހަރުގެއެއްގެ ތެރޭގައި ފަޒްނާ މަސައްކަތް ކުރައްވަމުންދިޔައިރު ނަގާފައިވާ ފޮޓޯއެއް ކަމަށް ފައްޔާޒް ހާމަކުރެއްވިއެވެ. މެމްބާޝިޕް ފޯމް ފުރާއިރުގައި އެމްޑީޕީ އިން ކޮންމެ މެންބަރެއްގެ ފޮޓޯއެއް ނަގާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ ޑޭޓާބޭސް ރައްކާކުރެވޭނެ ޓެކްނޮލޮޖީ އެމްޑީޕީގައި އެބަހުރި ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އޭގެއިން ހެކި ފެންނާނެ ކަމަށް އިޝާރާތްކުރައްވާފައި ވެއެވެ. 

 މިނިސްޓަރ އިހުސާންއަށް މިކަން އޮޅިވަޑައިގަތް ކަމަށް ވިދާޅުވެ، ފައްޔާޒް ވަނީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. 

އެކަން އަޅުގަނޑުމެން ދިވެހި ރައްޔިތުންނަށް ސާފުކޮށްދޭން ބޭނުން. އެމްޑީޕީގެ މެންބަރުންގެ ފޮޓޯޖެހި ލިސްޓެއް އަޅުގަނޑުމެންގެ ޕްރައިމެރީގައި މެޑަމް ފަޒްނާ މަސައްކަތްކުރައްވަމުން ގެންދެވީކަމަށް އަޅުގަނޑަށް ގަބޫލުކުރެވެނީ. އޭރުގެ ޕްރައިމެރީގައި ވާދަކުރައްވަމުން ގެންދެވީ މެޑަމް ފަޒްނާގެ ފިރިކަލުން، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު

އެމްޑީޕީ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ރައީސްގެ ޕޮލިސީ ސެކްރެޓަރީ ނާޒިމް އިސްތިއުފާ ދެއްވައިފި
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް ދެންމެ ވޮއިސްއަށް ވިދާޅުވީ ނާޒިމް، މިއަދު ހެނދުނު އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
14 Sep 2026
ޓީޓީ ހެއްދުމުގައި ބައެއް ވިޔަފާރިތަކުން މަކަރުހަދާ މައްސަލަތަކެއް
އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފައިސާ ދައްކާތާ އަހަރު ދުވަސް ވާއިރުވެސް ބައެއް މުދާ ރާއްޖެ ނާންނަކަން ފާހަގަކުރެވޭ
14 Sep 2026
މި ސަރުކާރު ވެރިކަަމަށް އައިއިރު ހުރި ރޭޓަށްވުރެ، ޑޮލަރު ރޭޓް ދަށްވެއްޖެ: ސަޢީދު
މި ސަރުކާރު ވެރިކަމަށް އައި އިރު ޑޮލަރު އެކްސްޗޭންޖް ރޭޓް ހުރި ވަރަށްވުރެ ދަށަށް ގޮސްފައިވާ ކަމަށް އިކޮނަމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
14 Sep 2026
ނިދީގައި ދަތްގޭނުން: ޒުވާނުންގެ މެދުގައި އިތުރުވަމުން އަންނަ ނުރައްކަލެއް
ހެނދުނު ހޭލާއިރު ކަތުރުކަށިގަނޑުގައި ރިއްސައި، ބޮލަށް ބަރުވެފައި ހުންނަކަން ފާހަގަކުރެވޭ ހެއްޔެވެ؟ ނުވަތަ ދަތްތައް ގިރި، ބައްޓަން ބަދަލުވާހެން ހީވޭ ހެއްޔެވެ؟ މިއީ އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ޒުވާނުންނަށް ނޭނގި ނަމަވެސް ކުރިމަތިވަމުން އަންނަ އާންމު ކަމެކެވެ. ދަތުގެ ޑޮކްޓަރުން ފާހަގަކުރާ ގޮތުގައި، ޚާއްޞަކޮށް ޒުވާނުންގެ މެދުގައި ނިދީގައްޔާއި ހޭލައި ހުންނައިރު ދަތް ގޭނުމުގެ މައްސަލަ މިހާރު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
14 Sep 2026
ޕީޖީ ޗައިނާއަށް ވަޑައިގެން އެއްބަސްވުމެއްގައި ސޮއިކުރައްވަނީ
ޗައިނާގެ ސުޕްރީމް ޕީޕަލްސް ޕްރޮކިއުރެޓޮރިއެޓްގެ ދައުވަތަކަށް ޕީޖީ ޢައްބާސް ޝަރީފް ބެއިޖިންގަށް ވަޑައިގެން، ދެ އިދާރާ ދެމެދު އެއްބާރުލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
14 Sep 2026
ބްރިކްސް ސަމިޓް؛ ގައުމުތަކުގެ ވެރިންނާއެކު މޯދީ މުހިންމު ބައްދަލުވުންތަކެއް
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއެކު ބޭއްވެވި ބައްދަލުވުމުގައި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި
14 Sep 2026
ސަޤާފީ ވާދަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
މުބާރާތުގެ ވަނަތަކަށް ފައިސާގެ އިނާމުތައް ދިނުމަށް ވަނީ ކަނޑައަޅާފައި
14 Sep 2026
ނުރައްކަތެރި އެކްސިޑެންޓެއް ހިނގައި 3 މީހަކަށް ފަރުވާދެނީ
އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިގެން، ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށާ އެއީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުންޏެވެ.