މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ މެންބަރުން އަޑުގަދަ ކުރަނީ
ހަބަރު
26 Feb 2025 | 09:32
ފިލްޒާގެ ލަފަޔަށް ބެލުމެއް ނެތި ފަނޑިޔާރުން މަދުކުރާ ބިލް ތަޅުމަށް ފޮނުވުމުން މަޖިލިސް ހޫނުވެއްޖެ!

މަޖިލީހުގެ ކައުންސެލް ޖެނެރަލް ފިލްޒާ، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ދެއްވި ލަފަޔަށް ގޮތެއް ނުނިންމަވައި ސްޕްރީމް ކޯޓުގެ ފަނޑިޔާރުން މަދުކުރާ ބިލް މަޖިލީހުގެ ތަޅުމަށް ފޮނުވުމުން އިދިކޮޅު އެމްޑީޕީ މެންބަރުން ނުރުހުން ފާޅުކޮށްފިއެވެ. 

ފަނޑިޔާރުން މަދުކުރާ ބިލް، މަޖިލީހުން ބަލައިގަނެ، އިއްޔެ ހަވީރު ޖުޑިޝަރީ ކޮމިޓީން އެ ބިލް ފާސްކޮށްފައި ވަނިކޮށް ފިލްޒާ ވަނީ، އެ ބިލާމެދު ކަންބޮޑުވުން ފާޅުކުރައްވައި، ބިލަށް ލަފާ އަރުވާފައެވެ. 

އެގޮތުން، ގާނޫނުގައިވާ ގޮތް ސާފުކޮށް ބަޔާންކޮށް ދެއްވަމުން ފިލްޒާ ވިދާޅުވީ ފަނޑިޔާރަކު މަގާމުން ވަކިކުރުމުގެ މަރުހަލާ ފެށެނީ ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެެއް ޖޭއެސްސީއަށް ހުށަހެޅިގެން ނުވަތަ އެފަދަ ޝަކުވާއެއް ނުވަތަ ތުހުމަތެއް ޖޭއެސްސީއަށް ހިސާބަށް އައުމުން ކަމަށެވެ. މިވަގުތު އެފަދަ ހާލަތެއް ނެތް ކަން ވެސް ފާހަގަ ކުރެއްވި އެވެ.

އެ ލަފާއަށް ފަހު އަލުން ރޭ 10:15 ކަންހާއިރު ބޭއްވި ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ކޮމެޓީން ނިންމީ ވޯޓަށް އަހާށެވެ. ފުރަތަމަ ވޯޓަށް އެހީ ބިލް އޮތްގޮތަށް ފާސްކުރަން ފެނޭތޯ އެވެ. ކޮމެޓީ މެންބަރުންގެ އިއްތިފާގުވީ ދެވަަނަ ފަހަރަށް ވެސް ބިލް ފާސްކުރުމަށެވެ.

މި ބައްދަލްވުމުގައި ބިލް ފާސްކުރަން ޕީއެންސީގެ ހުރާ ދާއިރާގެ މެންބަރު އަނާރާ ނައީމްއާ އެމްޑީޕީގެ ދެ މެންބަރުން ވޯޓް ނުދެއްވި ނަމަވެސް ބިލް އޮތް ގޮތަށް ފާސްކުރީ ދެން ތިއްބެވި ޕީއެންސީގެ ހުރިހާ މެންބަރުންގެ ވޯޓާ އެކު އެވެ.

އެއަށްފަހު، މިއަދުގެ މަޖިލީހުގައި ބިލަށް ބަހުސް ކުރުން ކުރިއަށް ގެންދިޔުމަށް ހުޅުވާލުމުން، އިދިކޮޅު އެމްޑީޕީ މެންބަރުން ވަނީ އެކަމާ ނުރުހުން ފާޅު ކުރައްވާފައެވެ. 

އެގޮތުން، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ، ރޭގެ ކޮމިޓީގެ ބައްދަލުވުމުގައި، ކައުންސެލް ޖެނެރަލްގެ ލަފާފުޅާއި ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ގޮތެއް ނިންމަން ނިންމާފައިވާ ކަމަށާ، އެނިންމުން ނުނިންމައި ބިލަށް ބަހުސް ކުރުން ނުވަތަ އިސްލާހު ހުށަހެޅުންވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީ އެހެން މެންބަރުންވެސް ކައުންސެލް ޖެނެރަލްގެ ލަފަޔަށް ބެއްލެވުމަށް ގޮވާލައި މަޖިލީހުގެ ތަޅުމުގައި ވަނީ އަޑުގަދަ ކޮށްފައެވެ. އެއާއެކު އެ މެންބަރުންގެ ނަން އިއްވައި ވަނީ މަޖިލީހުން ބޭރުކޮށްފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ