މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
26 Feb 2025 | 10:15
ސްޕްރީމް ކޯޓުގެ ފަނޑިޔާރުން މަދު ކުރާ ބިލް މަޖިލީހުން ފާސްކޮށްފި!

ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ވަކިކޮށް ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ވެރިކަން ކުރާ ޕީއެންސީން ހުށަހަޅައިފައިވާ ބިލު މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ.

މި ބިލު އިއްޔެ މަޖިލީހަށް ހުށަަހަޅުއްވައި، ބަލައިގަނެ، ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައި، ކޮމިޓީން ފާސްކޮށް، މިއަދުވަނީ ގޮތެއް ނިންމަން ތަޅުމަށް ފޮނުވައި ވޯޓަށް 9:45 އެޖެންޑާ ކޮށްފައެވެ.

އެއާއެކު އެމްޑީޕީ މެންބަރުން ވަނީ ކައުންސެލް ޖެނެރަލް ބިލާމެދު ކަންބޮޑުވުން ފާޅުކުރައްވައި ލަފާއަރުއްވާފައި ވަނިކޮށް އެއާމެދު ގޮތެއް ނުނިންމައި ބިލް ފާސްނުކުރެވޭނެ ކަމަށް ވިދާޅުވެ މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކޮށފައެވެ. އަދި، މަޖިލީހުގެ ރިޔާސަތުގެ ކުރިމައްޗަށް މެންބަރުން އެއްވެ ވަނީ އަޑު ގަދަ ކުރައްވާފައެވެ.

މެންބަރުން އެފަދައިން ކަންކުރައްވަން ފެއްޓެވުމުން، ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް އަބްދުالله ވަނީ މެންބަރުންނަށް ނަސޭހަތްތެރިވެ، ގޮނޑިކޮޅުގައި ތިއްބެވުމަށް އެދިވަޑައިގެންފައެެވެ. ނަމަވެސް، މަޖިލީހުގެ ރައީސްގެ އެންގެވުމާ އެއްގޮތަށް އަމަލުނުކުރެއްވުމުން، ރިޔާސަތުން ވަނީ ގަލޮޅު ދެކުނު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމާއި، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދާއި، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރުގެ ނަން އިއްވައި އެ މެންބަރުން ތަޅުމުން ނެރެފައެެވެ.

އެފަހުން، ގާތްގަނޑަކަށް 10:00 ކަންހާއިރު ބިލަށް ވޯޓަށް އަހާފައިވާއިރު، މަޖިލީހުގެ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމަށް މައްސަލައެއް ދިމާވެގެން، ވޯޓަށް އެހީ، ކޮންމެ މެންބަރެއްގެ ނަން ވަކިން އިއްވުމަށް ފަހު، ފެންނަ ނުފެންނަ ކަމަށް ވަކިވަކިން މެންބަރުން އަރިހުން އައްސަވައިގެންނެވެ.

އެއާއެކު ޕީއެންސީގެ މެޖޯރިޓީ މެންބަރުންގެ ތާއިދާއެކު ބިލްވަނީ މަޖިލީހުން ފާސްކޮށްފައެވެ. 

އެގޮތުން، ވޯޓުގައި ބައިވެރިވި 77 މެންބަރުންގެބތެރެއިން ބިލް ފާސްކުރަން ފެންނަ ކަމަށް 68 މެންބަރުން ވޯޓުދެއްވިއިރު، ބިލް ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 9 މެންބަރުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.