މަސައްކަތްތެރިންގެ ދުވަހު ޚާއްސަ ހިނގާލުމެއް ބާއްވަނީ

28 Apr 2019 | 18:53

މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ގޮވާލާ ހިނގާލުމެއް ބޭއްވުމަށް ޓޫރިޒަމް އެމްޕްލޯއީޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ނިންމައިފި އެވެ.

ޓީމްގެ ފަރާތުން އިންތިޒާމް ކުރާ މި ހިނގާލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 1 ވަނަ ދުވަހުގެ ހަވީރު 4:30 ގައެވެ.

ޓީމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ބޭފުޅަކު އޮންލައިން ނޫހެއް ކަމަށްވާ "ސީއެންއެމް" އަށް ދިން އިންޓަވިއު އެއްގައި ވިދާޅުވި ގޮތުގައި އެ ހިނގާލުމުގައި ޓީޗާޒް އެސޯސިއޭޝަން ފަދަ މަސައްކަތްތެރިންގެ އެހެން ބައެއް ޖަމްއިއްޔާތަކުން ވެސް ބައިވެރިވާނެ ކަމަށެވެ.

ޓީމުގެ ފަރާތުން ބުނެފައިވާ ގޮތުގައި ބުދަ ދުވަހު ބާއްވާ ހިނގާލުމަކީ މަސައްކަތްތެރިންގެ ހައްގުތައް ރައްކާތެރި ކުރުމަށް ގޮވާލުމަށާއި މަސައްކަތްތެރިންގެ ހައްގުގައި އަޑު އުފުލުމަށް ސުލްހަވެރި ހިނގާލުމެއް ކަމަށެެވެ.

ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 1 ވަނަ ދުވަހު ފާހަކުރާ ބައިނަލްއަޤްވާމީ މަސައްކަތްތެރިން ދުވަސް ރާއްޖޭގައި މަގުމަތީ ހަރަކާތެއް ބޭއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގެ ދުވަސް ވަރުއެވެ. 

Advertisement

ކޮމެންޓް