ކަރަންޓް ކުންފުނީގެ މައި އިދާރާ
ހަބަރު
26 Feb 2025 | 15:59
ރޯދައަށް ޑިސްކައުންޓް ބިލެެއް، ރީޑިން ނަގަން ސްޓެލްކޯގެ 350 މުވައްޒަފުން މާދަމާ ނިކުންނަނީ

ކުރިއަށް އޮތް ރޯދަ މަހު ކަރަންޓުން ޑިސްކައުންޓް ދިނުމަށް ވަކި ބިލެއް ތައްޔާރު ކުރަން ނިންމާ މާލެ ސަރަހައްދުގެ ހުރިހާ ގޭބީސީތަކަކުން ރީޑިން ނެގުމަށް ސްޓެލްކޯގެ 350 އަށްވުރެ ގިނަ މުވައްޒަފުން މާދަމާ ނިކުންނަން ނިންމައިފި އެވެ.

ސަރުކާރުން ވަނީ މި ރޯދަ މަހު ވެސް ކަރަންތް ބިލްތަކުން ރައްޔިތުންނަށް ޑިސްކައުންޓް ދޭން ނިންމާފަ އެވެ. 

ސްޓެލްކޯ އިން މިއަދު ބުނި ގޮތުގައި އާއްމު ގޮތެއްގައި ރީޑިން ނެގުމުގައި ގްރޭޓާ މާލެ ސަރަހައްދުގައި ހަރަކާތްތެރިވާ 29 މުވައްޒަފުންގެ ބަދަލުގައި މާދަމާ ސްޓެލްކޯގެ 350 އަށްވުރެ ގިނަ މުވައްޒަފުން ރީޑިން ނެގުމަށް ނިކުންނާނެ އެވެ. އޭގެ ތެރޭގައި ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހްްމީއާ އިސްވެރީން ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ހާއްސަ ޓާސްކު ފޯހެއް ހަދައިގެން ރީޑިން ނަގަން ނިންމީ ކުރީ އަހަރު ކުރިމަތިވި މައްސަލަ ތަކުރާރުވިޔަ ނުދިނުމަށެވެ. ސްޓެލްކޯ އިން ކޮންމެ މަހެއްގައި ވެސް ރީޑިން ނަގަން 15-12 ދުވަހުގެ މުއްދަތެއް ނަގަ އެވެ. މިދިޔަ ރޯދަ މަހު ވެސް އަމަލު ކުރީ ގޮތަކަށެވެ. އެހެންވެ ޑިސްކައުންޓް ދިން ގޮތާމެދު އޮޅުން އަރާ އާންމުންގެ ޝަކުވާ ބޮޑުވި އެވެ.

އެހެން ކަމުން މި ރޯދަ މަހު އާންމުން ބޭނުންކުރާ ކަރަންޓާއި ފެނަށް ބެލުމަށް ފަހު މުޅި މަހަށް ހާއްސަ ޑިސްކައުންޓް ބިލެއް ތައާރަފު ކުރުމަށް ސްޓެލްކޯ އިން ވަނީ ނިންމާފަ އެވެ. 

ސްޓެލްކޯ އިން ވަނީ މާދަމާ ރީޑިން ނަގަން ގެތަކަށް އެ ކުންފުނީގެ މުވައްޒިފުންދާއިރު ގޭގައި އުޅޭ ވަގުތަކާ ދިމާނުވާ ނަމަ އެކަން އަންގައި ދިނުމަށް އެދިފަ އެވެ. އަދި ހުރިހާ ކަސްޓަމަރުންގެ ފުރިހަމަ އެއްބާރުލުމަށް އެދިފައިވެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.