ސަލަފުގެ އިވެންޓެއްގައި އެ ޖަމިއްޔާގެ އިސް ބޭފުޅުން
ހަބަރު
27 Feb 2025 | 15:10
ކޮބާ ތައްޔާރުތަ! 101 އިނާމާއެކު ސަލަފުގެ ރޯދަ ހަދިޔާ އިވެންޓް މިރޭ

ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ކުރިއަށް ގެންދާ "ސަލަފު ރޯދަ ހަދިޔާ" ހަރަކާތް މިރޭ ބޭއްވުމަށް ނިންމައިފި އެވެ.

މި ޙަރަކާތަކީ ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން، އެ މަހާގުޅޭ ތަފާތު މަޢުލޫމާތުތައް ފޯރުކޮށްދިނުމަށްޓަކައި ހިންގޭ ސިލްސިލާ ޕްރަގްރާމްތަކުގެ ތެރޭގައި ހިމެނޭ އިވެންޓެކެވެ. ސަލަފުގެ ފަރާތުން ބާއްވާ މި އިވެންޓް އޮންނާނީ މިރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި އިވެންޓް ގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް 101 އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އިނާމުތަކަށް ކޫޕަން ދޫކުރުން ހަމަޖެހިފައިވަނީ މިރޭ 8:15 އިން 9:15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މިރޭގެ އިވެންޓް ގައި ދެވޭ 101 އިނާމުގެ ތެރޭގައި އަގުހުރި ތަފާތު އެތައް އިނާމެއް ވެއެވެ. އެލިއާއިން ހަދިޔާކޮށްފައިވާ ސައިކަލަކާއި، އެސްޓީއޯ އިންހަދިޔާކޮށްފައިވާ ފުރިޖަކާއި އަވަނަކާއި ބްލެންޑަރއަކާއި، އެލްވަން ހާޑްވެއާ އިން ހަދިޔާކޮށްފައިވާ ދޮންނަ މެޝިނަކަށާއި، ޢުމުރާ ދަތުރަކާއި، އިސާހުއަޙްމަދުޑޮޓްކޮމް އިން ހަދިޔާކޮށްފައިވާ ލެޕްޓޮޕަކާއި، މެރިން އިކުއިޕްމަންޓްސް އިންހަދިޔާކޮށްފައިވާ 12 ހާސް ބީޓީޔޫގެ އެއާކޯން އަކާއި، ރެޑްވޭވުން ހަދިޔާކޮށްފައިވާސޯފާއަކާއި، ފަރުމާ ފަރުނީޗަރސް އިން ހަދިޔާކޮށްފައިވާ އެނދެއް ހިމެނެއެވެ.

މި ހަރަކާތަށް ހާޒިރުވާ މީހުންނަށް ދެވޭ 101 އިނާމުގެ އިތުރުން، އޮންލައިންކޮށް މި ހަރަކާތް ބަލާ މީހުންނަށް ހާއްސަ އިނާމުތަކެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން، ވީހާވެސް ގިނަ ބަޔަކު މި ޙަރަކާތުގައި ބައިވެރިވެ، ރޯދަމަހާގުޅޭ ދީނީ މަޢުލޫމާތުތައް މުއްސަނދިކޮށްލުމަކީ ޖަމްޢިއްޔަތުއްސަލަފުގެ އެދުމެއް ކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.

މި ހަރަކާތުގެ އިތުރުން، ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރަމަޟާންމަހަށް އިސްތިގު ބާލުކުރުމުގެ ގޮތުން، ދީނީ ތަފާތު އެކިޙަރަކާތްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި އަންނަނީ ކުރިއަށް ގެންދަމުންނެވެ. އޭގެ ތެރޭގައި ރަމަޟާންމަހަށް ތައްޔާރުވުމާގުޅޭ ދަރުސްތަކާއި، ވޯކްޝޮޕްތަކާއި، ޓީވީޕްރޮގްރާމްތައް ހިމެނެއެވެ. އަދި ރޯދަމަހުގެ ކޮންމެ ދުވަހެއްގައި ކުރިއަށް ގެންދާ މިސްކިތު ދަރުސް ޕްރޮގްރާމްތަކާއި، ހޮސްޕިޓަލްތަކުގައި ތިބޭ ބަލިމީހުންނަށާއި އެހީތެރިންނަށާއި ހޮސްޕިޓަލްތަކުގެ ސްޓާފުންނަށް ރޯދަ ވިއްލުމަށްދޭ ހަދިޔާ ދިނުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.