ހުޅުމާލެ ރަޝީދު މިސްކިތުގައި އިމާމުވެ ތަރާވީހާ ދަމު ނަމާދު ކުރައްވާ ޝަހީމްގެ ދެބަފައިން
މި ރޯދަ މަހު ހުޅުމާލެ ރަޝީދު މިސްކިތުގައި އިމާމުވެ ތަރާވީހު ނަމާދާއި ދަމު ނަމާދު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ދަރިކަލުން އިލްޔަސައު މުހައްމަދު ޝަހީމް އެވެ.
މިދިޔަ އަހަރުވެސް ރަޝީދު މިސްކިތުގައި ދަމުނަމާދު ކުރެއްވީ މިނިސްޓަރު ޝަހީމެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލެ ރަޝީދު މިސްކިތުގައި އިމާމުވެ ތަރާވީހު ނަމާދާއި ދަމު ނަމާދު ކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އާއި ދަރިކަލުން އިލްޔަސައު މުހައްމަދު ޝަހީމް ކަމަށެވެ.
މިނިސްޓަރު ޝަހީމަކީ ވަރަށް ރީތިކޮށް ކީރިތި ގުރުއާން ކިޔަވާ ބޭފުޅެކެވެ. ދިވެހީންގެ މެދުގައި އެންމެ މަގުބޫލު އެއް ބޭފުޅަކީ އެއީ އެވެ. އިލްޔަސައު އަކީ ވެސް ވަރަށް ރީތިކޮށް ގުރުއާން ކިޔަވާ ދަރިވަރެކެވެ. ގުރުއާން މުބާރާތްތަކުން ރަން ވަނަތަކެއް ހޯދާފައިވެ އެވެ.
ހުޅުމާލޭގައި ހުންނަ ރަޝީދު މިސްކިތަކީ ރާއްޖޭގައި ހުރި އެންމެ ރީތި އެއް މިސްކިތެވެ. ޖާގަ ތަނަވަސް އަދި ވަރަށް ހިތްގައިމު ޑިޒައިނަކަށް ބިނާކޮށްފައިވާ މި މިސްކިތަކީ އާރުސީސީގެ ޗެއާމަން މަރުހޫމް އަބްދުއްރަޝީދުގެ ހަނދާނުގައި ބިނާކޮށްފައިވާ މިސްކިތެކެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists