ދެ ތަށި ފެން
ދީން
02 Mar 2025 | 14:40
ޝެއިހަށް ސުވާލެެއް: ރޯދައަށް ހުއްޓާ ހަނދާން ނެތިގެން ދެތަށި ފެން ބޮވިއްޖެ، ރޯދަ ގެއްލޭނެތަ!

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާއި މި ވަނީ ބައްދަލު ކޮށްފަ އެވެ. ރޯދައިގެ މި މޫސުން އަޅުގަނޑުމެންނާއި ބައްދަލު ކުރަނީ އަހަރަކު އެއް ފަހަރު އެވެ.

ރޯދައަށް ހުންނަ ހުރުމުގައި ބައެއް ފަހަރު ހަނދާން ނެތިގެން އެއްޗެއް ކެވޭ ގޮތް ވެ އެވެ. ނުވަތަ އެއްޗެއް ބޮވޭ ގޮތް ވެދާނެ އެވެ. އެ ހާލަތުގައި ދެން ހަދާނީ ކިހިނަކުން ހެއްޔެވެ. ރޯދަ ފުރިހަމަ ކުރާނީ ހެއްޔެވެ. ނުވަތަ ރޯދަ ދޫކޮށްލާނީ ހެއްޔެވެ. ފަހުން އެ ރޯދަ ގަލާ ކުރާނީ ހެއްޔެވެ.

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރާ އިލްމު ޖަމިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓް ފޯމުން އިއްޔެ ގެނެސް ދިން ވީޑިއޯއެއްގައި އެ މައްސަލައަށް ވަނީ އަލިއަޅުވާލާފަ އެވެ. ސުވާލަކީ ރޯދައަށް ހުއްޓާ ހަނދާން ނެތިގެން މީހަކަށް ދެ ތަށި ފެން ބޮވުނީ އެވެ. ރޯދައަށް ހުރިކަން ހަނދާން ވީ ދެ ތަށި ފެން ބޮއެ ނިންމި ފަހުންނެވެ.

ޝެއިހް އާޒިމް ޚާލިދު ވިދާޅުވި ގޮތުގައި އެ ހާލަތުގައި ރޯދައަށް އެއްވެސް އަސަރެއް ނުުކުރާނެ އެވެ. އެކަން ނަބިއްޔާގެ ބަސްފުޅުތަކުން އެނގޭ ކަމަށް ވިދާޅުވި އެވެ.

"އެއީ ކީރިތި ރަސޫލާ ހަދީސް ކުރައްވަނީ ރޯދައަށް މީހަކު ހުންނަ ދުވަހެއްގައި އޭނައަށް ހަނދާން ނެތިގެން ކެއުނީ ނުވަތަ ބޮވުނީ އެހެން ވެއްޖިއްޔާ .. އެ މީހަކަށް މާތްﷲ ކާންދެއްވިއްޔޭ ނުވަތަ ބޯން ދެއްވިއްޔޭ. އެހެންވީމަ ހަނދާން ނެތިގެން އެއްޗެއް ކެވުނީ ނުވަތަ ބޮވުނީ އެހެން ވިޔަސް އެ ދުވަހުގެ ރޯދަ އެ މީހަކު ފުރިހަަމަ ކުރާނީ,"

އެހެން ކަމުން ހަނދާން ނެތި އެއްޗެއް ކެވުނު ނަމަވެސް އަދި ބޮވުނު ނަމަވެސް ރޯދައަށް އަސަރެއް ނުކުރާނެ އެވެ. ހަނދާންވުމުން އަަވަހަށް ހުއްޓާލާނީ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ހުޅުމާލެ ފޭސް 2 ގެ އުދަރެސް ޓަވަރުން މީހަކު ވެއްޓިއްޖެ
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ އުދަރެސް 8 ޓަވަރުން މީހަކު ވެއްޓިގެން އުޅޭކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
06 Oct 2026
މާލޭ އުތުރު ފަރާތު ބަނދަރުގައި ހަ ފިންގަރ ޖެޓީ ހެދުމުގެ އަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫއުގެ ޖުމްލަ އަގަކީ 18.98 މިލިޔަން ރުފިޔާއެވެ. މަޝްރޫއުގެ ތެރެއިން 25 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީއާއި 15 މީޓަރު ދިގު ހަ މީޓަރު ފުޅާ ތިން ޖެޓީ ހެދުމަށް ވަނީ ހަމަޖެހިފައެވެ.
06 Oct 2026
ހޫޘީންގެ ހަމަލާތަކެއް ސައުދީގެ ދެ އެއާޕޯޓަކަށް އަމާޒުވެ ތިން މީހަކު ޒަޚަމްވެއްޖެ
ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ސައުދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ހޯމަ ދުވަހުގެ އިރުއޮއްސުނު ވަގުތު ދިން ހަމަލާތަކެއްގައި ތިން މީހަކު ޒަޚަމްވެ، އެތަންތަނަށް ގެއްލުންތަކެއް ލިބިއްޖެއެވެ.
06 Oct 2026
ޖިންސީ ފުރައްސާރައިގެ ތުހުމަތު ކުރެވޭ ފުލުހަކު ސަސްޕެންޑް ކުރުމުގެ ބަދަލުގައި ޕްރޮމޯޓްކޮށްފި
ދިއްލީ ފުލުހުންގެ އެސިސްޓެންޓް ކޮމިޝަނާ ވިވެކް ބާގަތް ޖަންތަރު މަންތަރުގައި އޮކްޓޫބަރު 3 ގައި ބޭއްވި މުޒާހަރާ ތެރެއިން އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކޮށްފައިވެއެވެ. ނަމަވެސް، ހޯމަ ދުވަހު ނެރުނު އަމުރެއްގެ ދަށުން ބާގަތް ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ކަމުގެ ވަގުތީ ޒިންމާތައް ހަވާލުކުރި 12 ޑެނިޕްސް އޮފިސަރުންގެ ތެރޭގައި ހިމެނިފައެވެ.
06 Oct 2026
އަންނަ ހަފުތާގައި ޕާސްޕޯޓު ދޫކުރުން އާންމު ހާލަތަށް ގެންނާނެ ކަމަށް އިމިގްރޭޝަނުން ބުނެފި
ޖަރުމަންވިލާތުގެ ކުންފުނީގެ ޕްރިންޓިން މެޝިންތަކަށް ދިމާވި މައްސަލައެއްގެ ސަބަބުން ޕާސްޕޯޓު ބުކްލެޓް ސްޓޮކް ލިބުން ލަސްވެ މިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދިވެހި ޕާސްޕޯޓު ދޫކުރުމުގެ އުސޫލަށް އިމިގްރޭޝަނުން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.
06 Oct 2026
އައިޖީއެމްއެޗުން 50 އަށް ވުރެ ގިނަ ސިއްހީ މާހިރުން ކާރިސާ މެނޭޖްމަންޓަށް ތަމްރީނުކޮށްފި
މި ޕްރޮގްރާމުގައި ބައިވެރިން ވަނީ، ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ އަނިޔާވާ ހާލަތްތަކުގައި (މާސް ކެޝުއެލްޓީ އިންސިޑެންޓް - އެމްސީއައި) ބޭނުންކުރާ މުޅިން އައު ޓްރައެޖް ނިޒާމެއް ތަޖުރިބާކޮށްފައެވެ.
06 Oct 2026
ފްލައިދުބާއީގެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި: ރިޕޯޓް
ދުބާއީން ފުރައިގެން އިސްރާއީލުގެ ތެލް އަވީވަށް ދަތުރުކުރި ފްލައިދުބާއީގެ މަތިންދާބޯޓެއްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ހަމަލާދިނުމާ ގުޅިގެން، 150 އަށް ވުރެ ގިނަ އިސްރާއީލުގެ މީހުން ދަތުރުކުރި އެ ބޯޓު ވައްޓާލަން އިސްރާއީލުން ތައްޔާރުވި ކަމަށް ސީބީއެސް ނިއުސް އިން ހޯމަ ދުވަހު ރިޕޯޓްކޮށްފިއެވެ.
06 Oct 2026
މޮޅަދޫ ކައުންސިލްގެ ސެޕްޓެމްބަރު މަހުގެ އާމްދަނީގެ 91 އިންސައްތަ ލިބިފައިވަނީ ހިލޭ އެހީން
އެ ކައުންސިލުން މިއަދު އާންމުކުރި އާމްދަނީ ރިޕޯޓުން ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 91 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާއެވެ.