ކުރީގެ ރައީސް މައުމޫން ރޭގެ ފޯރަމްގައި ތަގުރީރު ކުރައްވަނީ
ހަބަރު
05 Mar 2025 | 16:08
ހިޔާލުފާޅުކުރުމަށް އެންމެ ބޮޑު ޖާގައެއް ހޯދާދިނީ އިސްލާމްދީން، އެކަމަކު ބައިބައިވެގެން ނުވާނެ: މައުމޫން

ހިޔާލުފާޅުކުރުމުގެ ހައްގު އެންމެ ތަނަވަސްކޮށް އޮތީ މަތިވެރި އިސްލާމްދީނުގައި ކަމަށާ ނަމަވެސް ހިޔާޅުފާޅުކުރުން ކިތަންމެ މިނިވަންކަމާއެކު އޮތަސް ބައިބައިވުން އުފެދި ދެކޮޅުވެރިވުމަކީ މާތްﷲ އެންގެވިގޮތާ ހިލާފުވުން ކަމަށް ދީނީ އިލްމުވެރިޔާ / ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރަމަޟާން މަހުގެ ރޭތައް އިހްޔާކޮށް ދިރުވުމުގެ މަގުސަދުގައި މައުމޫން ފައުންޑޭޝަނުން މި ރޯދަ މަހު ކުރިއަށް ގެންދާ އިހްޔާ ފޯރަމްތަކުގެ ތެރެއިން ފުރަތަމަ ޕްރަގްރާމްގައި ރޭ ތަގުރީރު ކުރައްވަމުންނެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އޮތް ޖަލްސާ ގައި މައުމޫން ވިދާޅުވީ ބަޔަކަށް އޮޅިފައި އޮތް ނަމަވެސް ހިޔާލުފާޅު ކުުރުމުގެ އެންމެ ތަނަވަސް ޖާގައެއް އޮތީ އިސްލާމް ދީނުގައި ކަމަށެވެ. މުސްލިމުންގެ ތެރޭގައި އެކި މަޒްހަބުތަކަށް އުޅޭ މީހުން ތިބިކަން ފާހަގަކުރައްވާ މައުމޫން ވިދާޅުވީ އެކަމުން ވެސް ހިޔާލުފާޅުކުރުމުގެ ހައްގު ދީނުގައި އޮތް މިންވަރު އެނގިގެންދާ ކަމަށެވެ.

"މަޒުހަބުތައް އުފެއްދުމަކީ ބައިބައިވުން އުފެއްދުމެއް ނޫން. އެއީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން އޮތްލެއް ބޮޑު ކަމުން އެ ހުރިހާ ކަމެއް އިސްލާމްދީނުގެ ތެރޭގައި ހިމެނިގެން ދަނީ. އެކަމަކު ހިޔާލުފާޅުކުރުމުގައި ތަފާތު ވިޔަސް ބައިބައިވުން އުފެދިގެން ނުވާނެ,"

މައުމޫން ވިދާޅުވީ ބައިބައިވުން އުފައްދާ އަރައިރުންވެ ތަޅާފޮޅާ ބަޔަކަށް ނުވުމަށް މުސްލިމުންނަށް މާތްﷲ އަންގަވާފައިވާ ކަމަށެވެ. އަދި އެފަދަ ބަޔަކަށް ވެއްޖެނަމަ އެ ބަޔަކު ނާކާމިޔާބުވެ އެ ބައެއްގެ ބާރުފިލައިގެންދާނެ ކަމަށް އަންގަވާފައިވާ ކަމަށެވެ. މުސްލިމުން ވާންވާނީ ކޮންމެ ހާލަތެއްގައި ވެސް އިލާހީ ބަސްފުޅުގައި ހިފާ އެގޮތުގައި ދެމި ތިބޭ ބަޔަކަށް ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

އަދި ވިދާޅުވީ ހިޔާޅުފާޅުކުރުން ކިތަންމެ މިނިވަންކަމާއެކު އޮތަސް ބައިބައިވުން އުފެދި ދެކޮޅުވެރި ވެގެން ނުވާނެ ކަމަށެވެ.މުސްލިމުންނަކީ އެއް އާއިލާއެއްގެ ބައެއް ކަމަށާ އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އަޚެއް ނުވަތަ އުޚުތެއްް ކަމަށް ނަބިއްޔާގެ ބަސްފުޅުތަކުން އެނގޭ ކަމުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.