އިމްރާން ހާން.. ފޮޓޯ: ރޮއިޓާސް
ދުނިޔެ
06 Mar 2025 | 10:08
އިމްރާން ޚާންގެ ޙާލު ގޯސްވެ، ޑޮކްޓަރުން އޭނާ އަރިހަށް ގޮސްފި

ޖަލުގައި ބަންދުކޮށްފައި ހުރި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންގެ ޙާލަތު ގޯސްވެ، އޭނާގެ ޙާލަތު ބެލުމަށް ޑޮކްޓަރުންގެ ޓީމެއް ގޮސްފިއެވެ.

އިމްރާން ޚާންގެ ޙާލަތު ގޯސްކަމަށް ބުނެ އަޑުފަތުރަން ފެށީ އޭނާ ނިސްބަތްވާ ތެހެރިކޭ އިންސާފް ޕާޓީ އިންނެވެ. އިމްރާން ޚާންގެ ހާލު ބަލައި، މެޑިކަލް ޗެކަޕެއް ހެދުމަށް ދިޔައީ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގެ 4 ޑޮކްޓަރުންގެ ޓީމަކުންނެވެ. އެ ޓީމުން އިމްރާންއާއެކު ބައިގަޑިއިރު ހޭދިވިކަމަށް ޕާކިސްތާނުގެ ޑޯން ނިއުސް އިން ރިޕޯޓްކޮށްފައިވެއެވެ.

ތެހެރިކޭ އިންސާފުން ތުހުމަތުކުރާ ގޮތުގައި އިމްރާން ޚާން ހުންނެވީ އެކަހެރިކޮށް ބަންދުކޮށްފައެވެ. އަދި ޖަލުން އޭނާއަށް ލިބެންޖެހޭ ފަރުވާ ނުލިބޭކަމަށާއި، އާއިލާއާ ބައްދަލުކުރުމަށްވެސް ހުރަސް އަޅާކަމަށް އެޕާޓީއިން ތުހުމަތުކުރެއެވެ. އަދި އާއިލީ ޑޮކްޓަރަށްވެސް އިމްރާން ޚާނަށް ޒިޔާރަތްކުރަން ފުރުސަތު ނުދިންކަމަށް ޕާޓީއިން ތުހުމަތުކުރެއެވެ.

2023 ވަނަ އަހަރު އޮގަސްޓް މަހުން ފެށިގެން އިމްރާން ޚާން ބަންދުކޮށްފައި ހުންނަވަނީ އަދިއާލާ ޖަލުގައެވެ. އެހެން ޖަލަކަށް އޭނާ ބަދަލުކުރާ ވާހަކައިގެ އަޑުތަކެއް ދޭތެރެދޭތެރެއިން އިވުނުނަމަވެސް، އަދި ބަދަލުކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ
10 Sep 2026
އެމްޑަބްލިއުއެސްސީގެ ޑްރައިވަރުންނަށް ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ހިންގައިފި
ސެޕްޓެމްބަރު 8 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އަލިއަޅުވައިލާފައިވަނީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އާންމު ގަވާއިދުތަކަށް ޑްރައިވަރުން އަހުލުވެރިކުރުމަށެވެ.
10 Sep 2026
ޔުއެފާ ޗެމްޕިއަންސްލީގް؛ ނަޕޯލީ އަތުން އާސެނަލަށް މޮޅެއް
އާސެނަލް އިން މި މެޗުގައި ޖުމްލަ 26 ހަމަލާ އަމާޒުކުރިއިރު، ޗެމްޕިއަންސް ލީގުގެ މެޗެއްގައި އާސެނަލުން މިހާތަނަށް އެންމެ ގިނަ ހަމަލާ އުފެއްދި ފަހަރެވެ
10 Sep 2026
ފަހަތުން އަރައި ފިއްލަދޫ އަތުން ކުޅުދުއްފުށި މޮޅުވެއްޖެ
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ ހަވީރު ކުޅޭ މެޗްގައި ބައްދަލުކުރާނީ ފިނޭ އާއި ކެލާ އެވެ. މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ ހަނިމާދޫ އާއި ވަށަފަރެވެ
10 Sep 2026
ވައިގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ހުދު ސަމާލު ނެރެފި
މެޓުން ހުދު ސމަާލު ނެރުނީ ނ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.