ޕެންޓޮޕް އިންޖެކްޝަންގެ ބެޗެއްގައި ކޮލިޓީ މައްސަލަތަކެއް؛ ރާއްޖޭގައި ވިއްކައި ބޭނުންކުރުން މަނާކޮށްފި
ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ގޭސްޓްރިކަށް ދޭ އިންޖެކްޝަނެއް ކަމަށްވާ ޕެންޓޮޕްގައި ކޮލިޓީ މައްސަލަތަކެއް ހުރުމުން އެ އިންޖެކްޝަން ރާައްޖެ އެތެރެކޮށް، ވިއްކުން އަދި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މަނާކޮށްފިއެވެ.
އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ، މިއީ އެރިސްޓޯ ޕެންޓޮޕް ނަމަކަށް ކިޔާ 40 އެމްޖީގެ އިންޖެކްޝަނުގެ ބެޗް EMPH243030 ގައި ކޮލިޓީ މައްސަލަތަކެއް ހުރުމުން އެތެރެކުރުމާއި ވިއްކުން މަނާކޮށްފައިވާ ކަމަށެވެ.
ވީމާ އެއްވެސް ބޭސް ފިހާރައެއް އަދި ސިއްހީ ޚިދުމަތްދޭ ތަނެއްގައި މި އިންޖެކްޝަން ހުރިނަމަ، އެމްއެފްޑީއޭއާ ހިއްސާކޮށް، ބޭސް ނައްތާލުމުގެ އުސޫލާ އެއްގޮތަށް ބޭސް ނައްތާލުމަށް އެ އޮތޯރިޓީން ވަނީ އެދިފައެވެ.
އެ އޮތޯރިޓީން އިތުރަށް ބުނީ، ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބޭސް އެއްތަނުން އަނެއްތަނަށް އުފުލުމާއި ގުދަންކުރުމުގައި ބަހައްޓަންޖެހޭ މިންގަނޑުތައް، ބޭސް އިމްޕޯޓުކޮށް ވިއްކާ ފަރާތްތަކަށް އަންގާފައި ވާނެކަމަށެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists