މަޖިލީހުގެ އާއްމު ކޮމިޓީ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
07 Mar 2025 | 12:06
މެންބަރުންނަށް ބޭރުން ހިލޭ ބޭސްފަރުވާކުރަން ފަހިވާ ކާޑެއް ތައާރަފުކުރަން އެދެނީ

ރައްޔިތުންގެ މަޖިލީސް މެންބަރުން ރާއްޖޭން ބޭރުން ބޭސްފަރުވާ ކުރުމަށް ޚާއްސަ ކާޑެއް ތައާރަފުކުރަން އެލައިޑް އިންޝުއަރެންސްގައި އެދުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

މަޖިލީހުން މީގެ ކުރިން ބޭއްވި އާއްމު ކޮމިޓީ ބައްދަލުވުމުގައި މެންބަރުން ވަނީ ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް އަމިއްލަ ޖީބުން ފައިސާ ދައްކަން ޖެހި ޖުމްލަ އެ އަދަދު އެލައިޑުން ނުލިބޭކަމަށް ބުނެ ޝަކުވާ ކޮށްފައެވެ. 

އެހެންކަމުން އެ މައްސަލަ ހައްލުކޮށް ރީއިބްމާސް ކުރަން ނުޖެހޭ ނިޒާމެއްގެ ތެރެއިން، އިންޝުއަރެންސް ކާޑެއް މެމްބަރުންނަށް ހާއްސަކޮށް ތައާރަފު ކުރުމަށް އެލައިޑްގައި އެދެން، މިދިޔަ ހޯމަ ދުވަހު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީ ވަނީ ހުށަހަޅުއްވާފައެވެ.

އެ ކާޑު ފަރުމާ ކުރުމަށް ނިންމާފައި ވަނީ، ވަކި ލިމިޓެއް ކަނޑައަޅައި އެ ކާޑުން ރާއްޖެއިން ބޭރުގައި ކުރާ ބޭސްފަރުވާއަށް ފައިސާ ދެއްކޭ ގޮތަށެވެ.

އެ ހުށަހެޅުމަށް ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އަބްދުއްސައްތާރު މުހައްމަދު ތާއީދުކުރެއްވިއިރު، ހުށަހެޅުން ފާސްވީ ކޮމިޓީއަށް ހާޒިރުވެވަޑައިގެންނެވި އަށް މެންބަރުންގެ ތާއިދާއެކުގައެވެ.

މީގެ އިތުރުން ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެންބަރު އިބްރާހީމް ދީދީ ވަނީ، ހެލްތު އިންޝުއަރެންސް އެލައިޑަށް އިތުރު މުއްދަތަކަށް ދޭން ހުށަހެޅުއްވުމަށް ތާއީދު ކުރައްވާފައެވެ. އަދި ދައުލަތުގެ ބަޖެޓަށް އިތުރު 'ބާރެއް' ނާރާނެ ގޮތަށް މެންބަރުންނަށް މިހާރު ވެސް ލިބެމުންދާ އިންޝުއަރެންސް ހަރުދަނާކުރަންޖެހޭ ކަމަށް ވިދާޅުވިއެވެ.


ކޮމެންޓް
އަހުމަދު
މެންބަރުންނަކީ ރައްޔިތުންގެ ޓެކްސް ފައިސާެއިން އެމީހުންގެ ހުރިހާކަމެއް ފުރިހަމަކުރާން ތިބޭ ބަޔަކަށް ވެގެން ނުވާނެ. ރައްޔަތުން ޓެކްސް ދައްކަނީ ވަކިބަޔަކު ހިތްހަމަޖައްސާކަށްނޫން.
07 Mar 2025
ގުޅޭ ލިޔުންތައް
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.
06 Aug 2026
ފީފާގެ ރައީސް އިންފަންޓީނާ ވަގުތުން އިސްތިއުފާ ދޭންޖެހޭ: ލުއިސް ފީގޯ
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މަގާމުން އިސްތިއުފާ ދެއްވުމަށް ފުޓުބޯޅަ ލެޖެންޑް ލުއިސް ފީގޯ ގޮވާލައިފިއެވެ. ޕޯޗުގަލްގެ ކުރީގެ ތަރި މިކަމަށް ގޮވާލާފައިވަނީ ފީފާގެ ރައީސްގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ ނެރުނު ބަޔާނެއްގައެވެ.
06 Aug 2026
ހަމަލާދީފިނަމަ ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަމުގެ އިންޒާރު އިރާނުން ދީފި
އެމެރިކާއިން އިރާނުގެ ބިމަށް އަމާޒުކޮށް އާ ހަމަލާތަކެއް ދީފިނަމަ، މުޅި ގަލްފު ސަރަހައްދުގެ ހަކަތައާ ބެހޭ މުހިންމު ވަސީލަތްތަކަށް ރައްދު ހަމަލާދޭނެ ކަމުގެ ހަރުކަށި އިންޒާރު އިރާނުން ދީފިއެވެ.
06 Aug 2026
ބެޓިސް އާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވެއްޖެ
މިމެޗުން އާސެނަލްގެ އެންމެ މުހިންމު ތަރިންކަމަށްވާ ޑެކްލަން ރައިސް އާއި މާޓިން އޮޑެގާޑް ފަދަ ކުޅުންތެރިން ފެނިގެން ގޮސްފައެއް ނުވެއެވެ.
06 Aug 2026
މައިވަންތަކަމާ ގުޅިގެން ސިކުނޑިއަށް އަންނަ ބަދަލުތައް
މައިވަންތަކަމަކީ އިންސާނާގެ ދިރިއުޅުމަށް އަންނަ އެންމެ ބޮޑު އެއް ބަދަލެވެ. ދަރިއަކު ލިބުމާއެކު، މަންމަގެ އިހުސާސްތަކާއި، އިސްކަންދޭ ކަންތައްތަކަށް ބޮޑެތި ބަދަލުތަކެއް އާދެއެވެ. ނިދާފައި އޮންނަ ތުއްތު ދަރިފުޅު ރަނގަޅަށް އޮތްތޯ ބެލުމާއި، ދަރިފުޅު ރޮއިގަންނަ އަޑަށް ހޭލެވުމާއި، އަބަދުވެސް ދަރިފުޅާ ގާތުގައި ހުންނަން ބޭނުންވުމަކީ އެއްވެސް ވިސްނުމަކާ ނުލައި އިޚުތިޔާރުން ބޭރުގައި މަންމައެއްގެ ކިބައިގައި އުފެދޭ ވަރުގަދަ އިހްސާސްތަކެކެވެ.
06 Aug 2026
ދޯންޏެއް އަޑިއަށް: ފުލުހަކާ، ސިފައިންގެ މީހަކާ، ދޯނީގެ ކައްޕި ގެއްލިއްޖެ
އަތޮޅުން ފުރައިގެން ހުވަދު އަތޮޅަށް ހިލަޔާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި ސަޕްލައި ދޯންޏެއް ކަނޑުގަދަވެ އަޑިއަށްދިޔަ ހާދިސާގައި، މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕި ގެއްލިއްޖެއެވެ.
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ