ރާއްޖެ އެތެރެކުރަން އުޅެނިކޮށް ހިފެހެއްޓި މަސްތުވާތަކެތި
ހަބަރު
09 Mar 2025 | 11:20
އިންޑިޔާއިން ރާއްޖެ އެތެރެކުރަން އުޅުނު 3.7 މިލިއަން ޑޮލަރުގެ މަސްތުވާތަކެތި އަތުލައިގެންފި

އިންޑިއާއިން ދިވެހިރާއްޖެއަށް ގެންނަން އުޅުނު 3.7 މިލިއަން ޑޮލަރު (58 މިލިއަން ރުފިޔާ) މަސްތުވާތަކެތި އިންޑިއާ ކޯސްޓް ގާޑާއި ޑައިރެކްޓަރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހިފަހައްޓައިފިއެވެ.

އިންޑިޔާގެ ދަ ހިންދޫ ޓައިމްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ޑީއާރްއައިން ދިން މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް، ތޫތުކުޑީން މާލެއަށް ދަތުރުކުރަމުންދިޔަ ކުޑަ އުޅަނދެއްގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން އިންޑިއާ ކޯސްޓް ގާޑުގެ ދެ އުޅަނދެއް ފޮނުވައި، މާރޗް 5 ވަނަ ދުވަހުގެ ރޭ 8:00 ހާއިރު ގަލްފް އޮފް މަންނާރުގެ ދެކުނުން އެ އުޅަނދު ހުއްޓުވާފައިވާ ކަމަށެވެ. 

އަދި ކޯސްޓް ގާޑުގެ އޮފިޝަލުން އެ އުޅަނދަށް އަރައި، އުޅަނދުގައި ތިބި ފަޅުވެރިން ހައްޔަރުކުރި ކަމަށާ އިތުރަށް ބަލައި ފާސްކުރުމަށްޓަކައި އެ އުޅަނދު ތޫތުކުޑީ ބަނދަރަށް ގެންދެވުނު ކަމަށެވެ. 

އެ އުޅަނދު ބަލައި ފާސްކޮށް ފެނުނު މަސްތުވާތަކެތި ޓެސްޓުކުރިއިރު، އެ  ހަޝިޝް އޮއިލްކަން ކަށަވަރުވެފައުވާ ކަމަށާ، އޭގެ ބަރުދަނުގައި 30 ކިލޯ ހުރިކަމަށް ރިޕޯޓްކޮށްފައިވެއެވެ. މީގެ އަގު ބައިނަލްއަޤްވާމީ މާކެޓުގައި 3.7 މިލިއަން ޑޮލަރަށް އަރާ ކަމަށް ލަފާކޮށްފައިވެއެވެ.

އެ ނޫހުން ރިޕޯޓް ކުރި ގޮތުގައި، އެ އުޅަނދުން 9 ފަޅުވެރިން ހައްޔަރު ކުރެވުނު ކަމަށާ، އެމީހުން ޑީއާރްއައިގެ ހަވާލުގައި ވަނީ ދޫކޮށްލާފައެވެ. 

މި މައްސަލައާ ގުޅޭ އިތުރު ތަޙްޤީޤުތައް ކުރިއަށްދާ ކަމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Aug 2026
ލިއޮނެލް މެސީގެ ބައްޕަ، ޖޯޖް މެސީ މަރުވެއްޖެ
އުމުރުން 68 އަހަރުގައި ޖޯޖް ނިޔާވީ އޭނާ އުފަން ރަށް ކަމަށްވާ އާޖެންޓީނާގެ ރޮސާރިއޯގެ ހޮސްޕިޓަލެއްގައެވެ
08 Aug 2026
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް ފަށައިފި
ގައްދޫގައި ޕާސްޕޯޓްގެ ހިދުމަތް މިއަދު ފެށުމާއެކު އެ އަތޮޅުގެ ދެ ރަށަކުން މިހާރު ޕާސްޕޯޓްގެ ހިދުމަތް ލިބޭނެއެވެ. މީގެ ކުރިން ވެރިކަންކުރާރަށް ތިނަދޫގައި ވަނީ ޕާސްޕޯޓްގެ ހިދުމަތް ދޭން ފަށާފައެވެ.
08 Aug 2026
އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު ސާފްކުރުމުގެ މަސައްކަތް ފަށައިފި
"މަދިރިން ރައްކާ" ކެމްޕޭނުގެ ތެރެއިން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ އަމާން އުދަރެސްގެ ގޮނޑުވެފައޮތް ސަރަހައްދު މިއަދު ވަނީ ސާފްކުރުމުގެ މަސައްކަތް ފަށާފައި
08 Aug 2026
ބީއެމްއެލް ވީރަން ކޯޕަރޭޓްސް ކާމިޔާބުކަމާއެކު ނިންމާލައިފި
މި ރޭހަކީ ރާއްޖޭގައި ހިންގާ ކުންފުނިތަކާއި އިދާރާތަކާއި ޖަމްޢިއްޔާތަކަށް ހުޅުވައިލައިގެން ބޭއްވި ހަރަކާތެކެވެ
08 Aug 2026
ނޯވޭގެ ފުޓްބޯޅަ ފެޑަރޭޝަނުން ފީފާގެ ރައީސް އިންފަންޓީނޯގެ އިސްތިއުފާއަށް ގޮވާލައިފި
ދަ ގާޑިއަން އާ ވާހަކަދައްކަވަމުން ކްލެވެނެސް ވިދާޅުވީ، އިންފެންޓީނޯއާ މެދު އެ ފެޑެރޭޝަނުގެ އިތުބާރު މިހާރު މުޅިން ގެއްލިފައިވާ ކަމަށެވެ
08 Aug 2026
ފަހިދިރިއުޅުން ޓަވަރުތަކުގައި ކެމެރާ ހަރުކުރުމުގެ މަސައްކަތް ނިމެނީ
އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް އެންމެ ދަތިވާ އެއްކަމަކީ ޕާކްކުރުމުގެ މައްސަލައާއި، އެތަންތަނުގައި ދިރިއުޅޭ ކުޑަކުދިން ހިތްފަސޭހަކޮށްލާ، ކުޅެލާ ހަދާނެ ޕާކެއް ނެތުން
08 Aug 2026
ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާގެ އަރައޫހޯ ލިވަޕޫލަށް
މިފަހަރު ލިވަޕޫލާ ގުޅެނީ މި ސީޒަން ނިމެންދެން ލޯނު އުސޫލުންނެވެ.
08 Aug 2026
އަހަރުގެ މިހާތަނަށް 1.28 ފަތުރުވެރިން ރާއްޖެ އަތުވެއްޖެ
ޓޫރިޒަމް މިނިސްޓްރީން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހޯމަދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 1,281,360 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދަށް އަދަދެއް ނަމަވެސް އޭގެ ކުރީއަހަރާ އަޅާބަލާއިރު އިތުރުވުމެކެވެ