ބްރޯޑްކޮމްގެ ނާއިބު ރައީސް ފަޒީން
ހަބަރު
10 Mar 2025 | 13:08
ޖިންސީ ފުރައްސާރައިގެ ތުހުމަތުވާ ފަޒީން، ބްރޯޑްކޮމް މެންބަރު ކަމުން ވަކި ކުރަން ކޮމިޓީން ފާސްކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް, މުޙައްމަދު ފަޒީން އެ ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން މިނިވަން މުވައްސަސާތަކުގެ ކޮމިޓީން މަޖިލީހަށް ފޮނުއްވި ސިޓީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ. 

އެސިޓީގައި ބުނެފައިވާގޮތުން، ފަޒީން އެ ކޮމިޝަންގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރިމަތިވަމުންދާކަން ފާހަގަކޮށް، އެކަން މަޖިލީހުގެ ސަމާލުކަމަށް ގެނައުމަށް އެ ކޮމިޝަނުންނާއި ޖިންސީ ފުރައްސާރަ ކުރިމަތިވަމުންދާ މުވައްޒަފު މި އަހަރުގެ ޖަނަވަރީ މަހުގެ 9 ވަނަ ދުވަހު މަޖިލީހަށް ވަނީ ސިޓީއެއް ފޮނުއްވާފައެވެ. 

އެސިޓީއާއި ގުޅިގެން މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް އެ ކޮމިޝަންގެ ބައެއް މުވައްޒަފުންނާއި، މެންބަރުން ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ. 

އެގޮތުން ފުރައްސާރަކުރެވުނު މުވައްޒަފާއި އެހެން މުވައްޒަފުން ފާހަގަކުރި ކަންކަމުގެ ތަފްސީލް ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެއީ؛

1) ފުރައްސާރަ ކުރެވުނު މުވައްޒަފު ކޮމިޓީގައި ބުނެފައިވާގޮތުން ފަޒީން ވަނީ އެކިފަހަރު މަތީން އެ މުވައްޒަފުގެ ގައިގައި ނުރުހުމުގައި އަތްލާފައެވެ. އަދި ބޭއަދަބީ ބަހުން ވާހަކަދައްކާފައެވެ.

އަދި ކޮމިޝަންގެ އެހެން އަންހެން މުވައްޒަފަކާވެސް ބޭއަދަބީ ބަހުން ވާހަކަދައްކާ ކަމަށް އެ މުވައްޒަފު ކޮމިޓީއަށް މައުލޫމާތު ދީފައިވެއެވެ. 

2) މި މައްސަލަ ބްރޯޑްކޮމް ގައި އުފައްދާފައިވާ  ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ކޮމިޓީއަށް ހުށަހަޅާފައިވާނެ ކަން މަޖިލީހުގެ ކޮމިޓީއަށް ހާޒިރުވި މުވައްޒަފުން ބުނެފައިވެއެވެ.

3) ކޮމިޝަންގެ އެހެން މުވައްޒަފުންވެސް ވަނީ ފަޒީން އެ ކޮމިޝަންގެ ދެ އަންހެން މުވައްޒަފަކާ ބޭއަދަބީ ބަހުން ވާހަކަ ދައްކަވާފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

4) މީގެ އިތުރުން ކޮމިޝަނުގެ މަސައްކަތުގެ ބޭރުން އެ އަންހެން މުވައްޒަފަށް ގުޅައި، އާއްމު އަޚްލާގީ މިންގަނޑާއި ޚިލާފަށް ވަނީ މުޚާތަބު ކޮށްފައިވެއެވެ.

އެހެންކަމުން ފަޒީން މަގާމުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވާއިރު އެކަން މިއަދު އިއުލާން ކުރުމަށްފަހު، މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ވަނީ ކޮމިޓީއަށް އަނބުރާ ފޮނުވާފައެވެ. 

އަދި މިއަދުގެ ޖަލްސާ ނިމުމާއެކު މިނިވަން މުވައްސަސާތަކުގެ ކޮމިޓީ ބައްދަލުވުން ބާއްވައި ފަޒީން ވަކިކުރުމާމެދު ވަނީ ވޯޓަށް އަހާފައެވެ. އިދިކޮޅު އެމްޑީޕީގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ފިޔަވައި، ދެން ތިބި ސަރުކާރު މެންބަރުންގެ ވޯޓު ދިނީ ފަޒީން މަގާމުން ވަކިކުރާ ގޮތަށެވެ.

ފަޒީން ބްރޯޑްކޮމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަނުކުރީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ވިލުންތެރި ދައުލަތެއް ބިނާކުރެވޭނީ ނަޒާހަތްތެރިކަން އިތުރުކޮށްގެން
މުސްތަގުބަލުގެ ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީތަކާއި ދުޅަހެޔޮ އިޤުތިޞާދުތައް ކަށަވަރުކޮށްދެވޭނީ ނަޒާހަތްތެރިކަމާއި ޖަވާބުދާރީވުމާއި ދެފުށް ފެންނަ ގޮތްތަކާއި އީޖާދީ ވުނަކުރުންމަތީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ