ޝާހް އިސްމާއީލް އޭޑީކޭގައި ފަރުވާ ހޯދަނީ..
10 Mar 2025 | 20:47
ލެޖެންޑަރީ ފޯވަޑް ސާޔާގެ އަތްބިންދައިގެން ހިނގައްޖެ!

މިއަދު ކުޅުނު ސޮކަ ވެޓަރަންސް މެޗްގައި ފުޓްބޯޅަ ލެޖެންޑް ޝާހް އިސްމާއީލް (ސާޔާ)ގެ އަތް ބިންދައިގެން ހިނގައްޖެއެވެ.

ސާޔާގެ ކަނާއަތް ބިންދައިގެން ދިޔައީ މިއަދު ހަވީރު ހެންވޭރު ދަނޑުގައި ކްލަބް ވެލެންސިއާ ކުޅުނު މެޗެއްގައެވެ. ވޮއިސްއާ މައުލޫމާތު ހިއްސާކުރަމުން އެވަގުތު ދަނޑުގައި ހުރި ކުރީގެ އެއްވަނަ ފޯވަޑް އަލީ ޝިހާމް ބުނީ، ސާޔާގެ އަތްބިންދައިގެން ދިޔައީ އިދިކޮޅު ޓީމްގެ ކުޅުންތެރިއަކު ކުރި ޓެކްލަކާ ގުޅިގެން ކަމަށެވެ. 

"ބޮޑަށް ލަފާކުރެވެނީ ބިންމައްޗަށް ވެއްޓި އަތްޖެހުނު ގޮތަކުންކަމަށް އެގޮތަށް ބިންދައިގެން ދިޔައީ. މިއީ ވަރަށް ދެރަކޮށްވީކަމެއް" ހުރާ އައްޔަ ބުންޏެވެ. 

ސާޔާގެ އަތް އަނިޔާވުމާއެކު އޭނާ ވަނީ އޭޑީކޭއަށް ގެންގޮސް ފަރުވާދީފައެވެ. ހުރާ އައްޔަ ވަނީ ސާޔާގެ އަތުގެ އެކްސްރޭގެ ފޮޓޯއެއް އޭނާގެ ފޭސްބުކް އެކައުންޓުގައި ހިއްސާކޮށްފައެވެ. 

ސާޔާ އަތުގެ އެކްސްރޭ

ކްލަބް ވެލެންސިއާ އަކީ ޝާހް އިސްމާއީލްގެ ފުޓްބޯޅަ ކެރިއަރުފެށި ކްލަބެވެ. ނަމަވެސް ސާޔާގެ ކެރިއަރުގެ ބޮޑުބައެއް ހޭދަކުރީ ވެލެންސިއާ އާ ވާދަވެރި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއެކުގައެވެ. ސާޔާ ވަނީ ރާއްޖޭގެ ޤައުމީ ޓީމުގެ ކެޕްޓަނެއްގެ ގޮތުގައިވެސް ފެނިގެންގޮސްފައެވެ. އޭނާގެ ކެޕްޓަންކަމުގެ ދަށުން ސާފް ޗެމްޕިއަންޝިޕް 2003ގެ ފައިނަލަށް ދިވެހިރާއްޖެ ދަތުރުކުރިއެވެ. ސާޔާ އަކީ ގޯލާ ވަރަށް ރައްޓެހި ކުޅުންތެރިއެކެވެ. 

ރާއްޖޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދި ސާޔާ ފުޓްބޯޅަދަނޑުން ރިޓާޔާ ކުރުމަށްފަހު ފެނިގެންގޮސްފައިވަނީ ފުޓްބޯޅައިގެ އިދާރީ މަސައްކަތްތަކުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.