ޝެއިޚް އާދަމް ނިޝާން
ހަބަރު
11 Mar 2025 | 11:52
ޙޫރުލް ޢީނުންގެ ވާހަކައަކީ ޙަޤީޤަތެއް ނެތް ބޭކާރު ވާހަކައެއް ކަމަށް ބުނާ މީހާ ތައުބާވާންޖެހޭނެ: ޝެއިޚް ނިޝާން

"ޙޫރުލް ޢީނުންގެ ވާހަކަ އަކީ" އަކީ އެއްވެސް ޙަޤީޤަތެއް ނެތް ބޭކާރު ވާހަކައެއް ކަމަށް ބުނެ އެގޮތަށް ވާހަކަ ދައްކާ މީހަކު އެވަނީ، الله އާއި އެއިލާހުގެ ރަސޫލާ މުޙައްމަދު ﷺއަށް އަދި ކީރިތި ޤުރްއާނަށްވެސް ކާފަރުވެފައި ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން ވިދާޅުވެއްޖެއެވެ. 

ޝެއިހް ނިޝާން މިހެން ވިދާޅުވެފައިމިވަނީ، ރާއްޖޭގެ ފަތުވާ ކޮމެޓީން ދައްކަނީ “ހޫރައްލީނުން” ގެ ވާހަކަ ކަހަލަ ބޭކާރު ވާހަކަ ކަމަށް ވިދާޅުވެ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ރޮޒައިނާ އާދަމް ކުފުރުގެ ވާހަކަތަކެއް ދެއްކުމާއި ގުޅިގެންނެވެ.

އެގޮތުން، ރާއްޖެޓީވީގެ ޕްރަގްރާމެއްގައި ވާހަކަ ދައްކަމުން ރޮޒައިނާ ކަންބޮޑުވުން ފާޅުކުރީ ސުޕްރީމް ކޯޓްގެ ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލާގައި ފަތުވާ ކޮމެޓީން ވާހަކަ ނުދައްކާ ކަމަށް ބުނެ އެވެ. އަދި ވިދާޅުވީ ފަތުވާ ކޮމެޓީން ރައްޔިތުންނަށް މުހިންމު ކަންކަމުގައި ވާހަކަ ނުދައްކާ ކަމަަށެވެ. އަދި މުޅީން ވެސް ފެންނަނީ ބޭކާރު ކަންކަމުގައި ފަތުވާ ނެރޭ ތަން ކަމަށެވެ.

މިސާލެއްގެ ގޮތުން ވިދާޅުވީ ހޫރައްލީނުން ފަދަ ވާހަކަތަކެވެ. އަދި އެއީ ބޭކާރު ވާހަކަތަކެއް ގޮތުގައި ސިފަ ކޮށްފައިވެ އެވެ.

“ހޫރައްލީނުންގެ ވާހަކަތަކާއާ މިކަހަލަ ކޮންމެވެސް ބޭކާރު ވާހަކަތަކެއްގެ ތެރޭގައި އަބަދު ތިބެގެން އެންމެ ރައްޔިތުންނަށް ހޯދައިދޭން ޖެހޭ ހައްގުތައް ހޯދައިނުދެވި ދިޔައީމަކާ އަޅުގަނޑަކަށް ހިއެއް ނުވޭ އެބޭފުޅުންގެ ވެސް ޒިންމާ އަދާކުރެވޭ ހެނެއް،”

ރޮޒައިނާ އާދަމް

ރޮޒައިނާއަށް ރައްދު ދެއްވައި ޝެއިޚް ނިޝާން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤުރްއާނާއި ސުންނަތުގެ އެތައް ދަލީލުތަކުން ހޫރުލްޢީނުންނަކީ ހަގީގަތެއްކަން އެނގި ކަށަވަރުވާ ކަމަށެވެ.

”ކީރިތި ޤުރްއާނަށް އެކަނި ބަލާލި ނަމަވެސް އެތައް ތަނެއްގައި ޙޫރުލް ޢީނުންގެ ވާހަކަ ބަޔާންވެފައިވެއެވެ. (ބައްލަވާ: سورة الدخان: 54، الطور: 20، الرحمن: 72، الواقعة: 23)“ ޝެއިޚް ވިދާޅުވިއެވެ. 

އެހެންކަމުން އެ ވާހަކަތަކަކީ ހަގީގަތެއްނެތް ބޭކާރު ވާހަކަ ކަމަށްބުނާ މީހަކު ޖެހޭނީ އަލުން އިސްލާމްވެ ތައުބާ އިޢުލާނު ކުރާން ކަމަށް ޝެއިޚް ވިދާޅުވިއެވެ.

”އެހެން ނޫންނަމަ އެމީހަކު ވާނީ ރަތްލާ ޖެހި މުރުތައްދު ކާފަރަކަށެވެ. އެއީ ރޮޒެއިނާ ކަމަށްވިޔަސް ޖެނިފަރ ކަމަށް ވިޔަސްއެވެ.“ ޝެއިޚް ވިދާޅުވުއެވެ. 

ހޫރައްލީނުންގެ ވާހަކަ މުސްލިމުންގެ މުޤައްދަސް ފޮތް ކީރިތި ގުރުއާނުގެ އެތައް އާޔަތެއްގައި ބަޔާންވެގެން ވެ އެވެ. އެކަނބަލުންގެ ރީތި ކަމާއި ބިކުރުވެރި ކަމާއި އެއީ ސޯލިހް އަޅުން ކުޅަ އަމަލުތަކުގެ ހެޔޮ ޖަޒާއެއްގެ ގޮތުގައި ލައްވާފައިވާ ކަނބަލުންތަކެއްކަން ބަޔާންވެގެން ވެ އެވެ. ޤުރުއާންގައި ހޫރައްލީނުން ސިފަ ކުރައްވާފައި ވަނީ ރައްކާތެރި ކުރައްވާފައިވާ ރަންމުތްތަކުގެ ގޮތުގަ އެވެ.

ފެމިނިސްޓުންނާއި އިސްލާމްދީނުގެ އަދުއްވުން އެންމެ ދީނަަށް ފުރައްސާރަ ކުރަން އެންމެ ބޮޑަށް ދައްކާ އެއް ވާހަކަ އަކީ ހޫރައްލީނުންގެ ވާހަކަ އެވެ. 

ކޮމެންޓް
ދަންޑަހެލު
ރ.ޓީވީގެހުށަހެޅުންތައްގެނެސްދޭ މީހުންގެ ޢިލްމީޤާބިލުކަންނެތީމަ ކަންހިނގާނެގޮތްމިފެންނަނި އަބަދުވެސް މިބަލަނިމަގުމަށްޗަށް ފަށްކާވެފަތިބޭމީހުންގެނެސްގެން އެއްޗެހި ހުށަހަޅައިދެވޭތޯ،ތިއީއަލަށްހިނގާކަމެއްނޫން.
11 Mar 2025
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.