20 Apr 2025
އަހަރެއްހާ ދުވަހަށްފަހު، ދެ ޝެއިޚުންގެ މައްސަލައިގެ އަޑުއެހުމެއް މިއަދު!
21 ޖޫން 2022ގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ހުއްޓުވުމުގެ ތެރެއިން ހިނގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ދީނީ ދެ ޢިލްމުވެރިން ކަމުގައިވާ ޝެއިޚް ފަޟުލޫން ބިން މުހައްމަދު އާއި ޝެއިޚް އާދަމް ނިޝާން އަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ބޭއްވުމަށް ތާވަލްކޮށްފިއެވެ.