ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ޑިރެކްޓަރު ޖެނެރަލް ޒަކަރިއްޔާ މަންސޫރު--
ހަބަރު
07 Nov 2023 | 11:07
އެންސީޓީސީ އަކީ ލާދީނީ ފިކުރު ފެތުރުމަށް މަސައްކަތް ކުރާ ބައެއް: ޝެއިޚް ނިޝާން

ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، އެންސީޓީސީ އަކީ ލާދީނީ ފިކުރު ފަތުރަން މަސައްކަތް ކުރާ ތަނެއް ކަމަށް ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އާދަމް ނިޝާން ވިދާޅުވެއްޖެއެވެ. 

ނިޝާން މިފަދައިން ވިދާޅުވެފައި ވަނީ ނިރުބަވެރި ޔަހޫދީންނާއި ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް ޖަމާޢަތާ ދެމެދު، އޮކްޓޫބަރު މަހުގެ 7 ން ފެށިގެން ކުރަމުން އަންނަ ހަނގުރާމައިގައި ބައިވެރި ވާން ދިވެހީންތަކެއް ދިޔަ ކަމަށް ބުނާ ވާހަކައިގެ ޙަޤީޤަތް ބަލަން ފަށާފައިވާ ކަމަށް އެންސީޓީސީގެ ޑައިރެކްޓަ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވުމާއި ގުޅިގެން ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގައެވެ. 

އެގޮތުން ނިޝާން ވިދާޅުވީ، ދިވެހި ރައްޔިތުން ފުރަތަމަ ކުރަންވީ ކަމަކީ މިޤައުމުގައި ތިބަ ދިވެހި ޔަހޫދީ ޒަޔަނިސްޓު ބައިގަނޑު "މައިތިރި" ކުރުން ކަމަށެވެ. އެހެނީ އިސްލާމްދީނުގައި ޝަރުޢުވެފައިވާ މަތިވެރި ޖިހާދަކީ ޓެރަރިޒަމްކަމަށް އެ ބުނަމުން ކަމަށް ނިޝާން ވިދާޅުވިއެވެ. 

މިއާއެކު ނިޝާން ވަނީ އެންސީޓީސީ އަކީ ހުޅަނގާއި ޔަހޫދީން ބޭނުންވާ ގޮތަށް، އެމީހުން އިސްލާމްދީނާއި މުސްލިމުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތައް ޒީނަތްތެރިކޮށް، އިސްލާމީ ޝަރީޢަތާއި އިސްލާމީ ޖިހާދަކީ ޓެރަރިޒަމް ކަމަށް ކަނޑައަޅައި، އެމްޑީއެންގެ ލާދީނީ ފިކުރު ފެތުރުމަށް މަސައްކަތްކުރާ ބައިގަނޑެއްގެ ގޮތަށް ސިފަ ކުރައްވާފައެވެ. 

ނިޝާން ވިދާޅުވީ، ފާއިތުވެ ދިޔަ ތަނުގައި އެންސީޓީސީން "ޓެރަރިޒަމް އޭ ކިޔައިގެން ހުޅަނގުން ޖެހިހާ ބެރަކަށް ނަށަމުން، މުސްލިމުން ވާ ވައްދަން ކުރި މަސައްކަތް ދެން ކާމިޔާބެއް" ނުވާނެ ކަމަށެވެ. އަދި ހުޅަނގުން ޓެރަރިޒަމް މާނަ ކުރާ ގޮތަކީ ކޮބައިކަން މިއަދު މުޅި ދުނިޔެއަށްވެސް ހާމަވެ އެނގިފާޅުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ނިޝާން އިތުރަށް ވިދާޅުވީ ލާދީނީ މީހުން ރުޅިއައި ކަމުގައި ވީނަމަވެސް، ކީރިތި ޤުރްއާން މިބިންމަތީގައި އޮތްހައި ހިނދަކު، މާތް اللهގެ މަގުގައި ކުރާ ޖިހާދުގެ އަޑު ކަނޑުވައެއް ނުލެވޭނެ ކަމަށެވެ.

"الله ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

{فَقَٰتِلۡ فِي سَبِيلِ ٱللَّهِ لَا تُكَلَّفُ إِلَّا نَفۡسَكَۚ وَحَرِّضِ ٱلۡمُؤۡمِنِينَۖ عَسَى ٱللَّهُ أَن يَكُفَّ بَأۡسَ ٱلَّذِينَ كَفَرُواْۚ وَٱللَّهُ أَشَدُّ بَأۡسٗا وَأَشَدُّ تَنكِيلٗا} [سُورَةُ النِّسَاءِ: ٨٤]

"ފަހެ، اللهގެ މަގުގައި ކަލޭގެފާނު ހަނގުރާމަ ކުރައްވާށެވެ! ކަލޭގެފާނުންގެ އަމިއްލަ ނަފްސަށް މެނުވީ ކަލޭގެފާނަކަށް ތަކްލީފެއް ނުޖައްސަވާހުށްޓެވެ. އަދި ހަނގުރާމަކުރުމަށް މުއުމިނުންނަށް ކަލޭގެފާނު ހިތްވަރު ދެއްވާށެވެ! ކާފަރުވި މީހުންގެ ބާރު، الله ނެތިކުރެއްވުން ގާތެވެ. އަދި، ބާރުވެރިކަމުގެ ގޮތުން الله ގަދަފަދަ ވަންތަކަން ބޮޑެވެ. އަދި، ޢަޛާބު ދެއްވުމުގައިވެސް ގަދަފަދަވަންތަކަން ބޮޑުމެއެވެ."" ނިޝާންގެ ޕޯސްޓުގައި ވިދާޅުވި އެވެ. 

އޮކްޓޫބަރު 7 ވަނަ ދުވަހު ހަމާސްގެ މުޖާހިދުން ދިން ހަމަލާތަކިގެ ރައްދެއްގެ ގޮތުގައި ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ދޭން ފެށި ހަމަލާތައް އަދިވެސް އެމީހުން ހުއްޓައިނުލައެވެ. މިހަމަލާތަކުގައި 10،000 ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރެއިން 4،104 ޝަހީދުންނަކީ ކުޑަކުދިންނެވެ. 2641 ޝަހީދުންނަކީ އަންހެނުންނެވެ.

ކޮމެންޓް
ޢަލީ ބިން ޔޫސުފް
އިސްލާމް ދީނުގައި ޝަރުޢުވެފައިވާ ޖިހާދަކީ ހަމަ ތިބެފައި ޖިހާދުކުރަން ދާން ޖެހިއްޖޭ ކިޔާފައި ދެވޭނެ އެއްޗެއް ނޫނެވެ. ދީނުގެ ކޮންމެ އަޅުކަމެއްގައި ވާޖިބު ތަކަކާއި ރުކުންތަކެއް ވާކަން އެގޭ ހެއްޔެވެ؟ ދީންނޭގެ ތިބެ އަގަނުތަޅާށެވެ.
07 Nov 2023
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.