މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބުދުﷲ--
ހަބަރު
14 Jul 2023 | 16:44
އަޅުގަނޑުމެން ދަސްކުރަން ޖެހެނީ ބޮޑެތި ޢިލްމުވެރިންގެ ފޮތްތަކާ ދަރުސްތަކުން: ޢިމްރާން

ދީނީ ޢިލްމު ދަސްކުރަން ޖެހޭނީ ބޮޑެތި ޢިލްމުވެރިންގެ ފޮތްތަކާ ދަރުސްތަކުން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު ޢިމްރާން އަބްދުالله ވިދާޅުވެއްޖެ އެވެ. 

ރިޔާސީ އިންތިޚާބުގެ ވޯޓާއި ޖެހެންދެން ނުނިދާ ހޭލާ ތިބެގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ކެމްޕޭނުގައި މަސައްކަތްކުރުމަށް ހިތްވަރުދެއްވާ އިމްރާނު، ކީރިތި ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމަގެ ހަދީސް ބަސްފުޅެއްކަމަށް ވިދާޅުވެ ބޭނުންކުރެއްވީ އެކަލޭގެފާނުގެ ސައްހަ ހަދީސެއް ނޫންކަމަށް ޝެއިޚް ނިޝާން ވަނީ ދާދިފަހުން ހާމަކޮށްދެއްވާފައެވެ. 

އެކަމާއި ގުޅިގެން ޢިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ އަކީ ރަސޫލާ صلى الله عليه وسلم ގެ ޙަދީސްފުޅުތަކުގެ ދަރަޖަ ކަނޑައަޅަން އެނގޭވަރުގެ ޢިލްމުވެރިއެއް ނޫން ކަމަށެވެ. އަދި ޝައިޚް އާދަމް ނިޝާނަކީ ވެސް އެވަރުގެ ބޮޑު އިލްމުވެރިއެއް ހެން ހީނުވާކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދަސްކުރަން ޖެހެނީ ބޮޑެތި ޢިލްމުވެރިންގެ ފޮތްތަކާ ދަރުސްތަކުން." އިމްރާން ވިދާޅުވި އެވެ. 

އިމްރާން އިތުރަށް ވިދާޅުވީ ޝައިޚް ނިޝާންގެ ކުށްތަކާއި،  ހައްދަވާ ގޯސްތަކަށް ރައްދު ދިނުމަކީ އިމްރާނަށް ކުރެވޭ މާ މޮޅުކަމަކާ، ހެޔޮ ކަމެއް ކަމަކަށް ދެކި އެކަން ކުރާކަށް ނެތިން ކަމަށެވެ. 

"މާތް الله އަޅުގަނޑުމެން އެންމެނަށް އެ އިލާހު ރުހިވޮޑިގަންނަވާ މަގަށް މަގު ދައްކަވާ ހެޔޮ ރަހުމަތް ލައްވާށި." ޢިމްރާން ގެ ޓުވީޓުގައި އޭނާ ދުޢާކުރައްވާފައިވެއެވެ. 

ރައީސް ޞާލިހުގެ ރިޔާސީ ކެމްޕޭނަށް ށ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ ފޯކައިދޫގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އިމްރާނު ވިދާޅުވީ ރަސޫލާ ޞައްލަالله ޢަލައިހި ވަސައްލަމައަށް ފާޅުގައި އިސްލާމްދީނަށް ދައުވަތު ދެއްވަން މާތް الله ސުބްޙާނަހޫ ވަތަޢާލާ އެންގެވުމުން އެކަލޭގެފާނުގެ އަނބިކަނބަލުން، މާތް الله އެކަމަނާއަށް ރުއްސުންލެއްވި ޚަދީޖަތުގެފާނުގެ އަރިހަށް ވަޑައިގެން، ނިދުމާއި އަރާމުކުރުމުގެ ޒަމާން ފާއިތުވެއްޖެކަމަށް ހަދީސްކުރެއްވި ކަމަށެވެ. 

އިމްރާނު އެ މިސާލު ނެންގެވީ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަންވެފައިވާއިރު، ރައީސް ޞާލިހަށް ދެވަނަ ދައުރެއް ހޯއްދަވާދެއްވުމަށް ކެމްޕޭނު ޓީމުތަކުން ނިދުމާއި އަރާމާއި ދޫކޮށް މަސައްކަތްޕުޅު ކުރެއްވުމަށް ހިތްވެރުދެއްވުމަށެވެ. އަދި އޭނާ ވަނީ އިންތިޚާބާއި ޖެހެންދެން މި އޮތް ދުވަސްތަކުގައި ހުއްޓުމެއްނެތި އެ މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ. 

އެހެން ނަމަވެސް ރަސޫލާ ޞައްލައްالله ޢަލައިހި ވަސައްލަމް ގެ ހަދީސް ބަސްފުޅެއްކަމަށް އިމްރާނު ވިދާޅުވި އިބާރާތަކީ އެކަލޭގެފާނުގެ ހަދީސް ބަސްފުޅުތައް ލިޔުއްވާފައިވާ އެއްވެސް ހަދީސް ފޮތެއްގައި އޮތް އިބާރާތެއް ނޫން ކަމަށް ނިޝާން ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
އާދަމް
އިމްރާނު އެފަދަ ބަހެއް ބުނުމުގެ ކުރިން ބޮޑެތި ޢިލްމުވެރިންގެ ފޮތްތައް ބައްލަވައި ޔަގީން ނުކުރެއްވީ ކީއްވެތޯއެވެ
14 Jul 2023
ސައްލޭ
އިލްޔާސް ބުނީ ރަސޫލާ ދުޢާ ދެއްވި ފަދަ ވެރިއެއް ކަމަށް.
14 Jul 2023
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.