ސިފައިންގެ ސެކިއުރިޓީއާއެކު މީހަކު ހުޅުމާލޭގައި ޔޯގާގެ އަޅުކަމެއް ކުރަނީ
ހަބަރު
13 Nov 2022 | 10:30
ސިފައިން ސެކިއުރިޓީ ދީގެން ޔޯގާހަދަން ފުރުސަތު ދިން ކަމުގެ ތުހުމަތު!

އެމްއެންޑީއެފުން ސެކިއުރިޓީއާއި ހިމާޔަތް ދީގެން ހުޅުމާލޭގައި ހިންދީ ދީނުގެ ޔޯގާ ހަރަކާތެއް ހިންގާފައިވާ ކަމުގެ ތުހުމަތުކުރައްވައިފިއެވެ. 

މި ތުހުމަތު ކުރައްވައި، އެކަން ކުރަމުންދާ މަންޒަރު ވެސް ފެންނަ ވީޑިއޯ އެއް މީސްމީޑިއާގައި އާއްމު ކުރެއްވީ ދީނީ އިލްމުވެރިޔާ ޝައިޚް އާދަމް ނިޝާން އެވެ.

ޝެއިޚް ޢާއްމު ކުރެއްވި އެ ވީޑިއޯ ގައި ހުޅުމާލޭ ތޮށިގަނޑު މަތީގައި މީހަކު މޫދާ ވީ ފަރާތަށް ކުރިމަތިލައިގެން ޔޯގާގެ ހަރަކާތްތަކެއް ކުރާ މަންޒަރު ފެނެ އެވެ. އަދި ސެކިއުރިޓީ ގާޑުން ތަންކޮޅެއް ދުރުގައި މަޑުކޮށްގެން ތިބި ތަންވެސް ފެނެ އެވެ.

އެ ވީޑިއޯ އާއި އެކު ޝެއިޚް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއީ މިއަދު ހެނދުނު އެމްއެންޑީއެފް އިން ސެކިއުރިޓީއާއި ޙިމާޔަތް ދީގެން ހުޅުމާލޭގައި، ހިންދީ ދީނުގެ ޔޯގާ ޙަރަކާތުގެ އެންމެ ބޮޑު ޝިރުކު ހިމެނޭ "ސޫރިޔާ ނަމަސްކާރު - ސަން ސެލިއުޓޭޝަން" ހެދުމަށް، މި ފަސްގަނޑުގައި ފުރުޞަތު ދީފައިވާ ތަން ފެންނަ މަންޒަރު ކަމަށެވެ. 

އަދި ދީނީ ގޮތުން މިއީ އެއްގޮތަކަށްވެސް ހުއްދަވާނެކަމެއް ކަމަށް ނުވާއިރު، މިފަދަ ޝިރުކުގެ ޢަމަލުތައް ކުރުމަށް ފުރުޞަތު ދިނުމަކީ ޤާނޫނީ ގޮތުންވެސް މަނާކުރެވިފައިވާ ކަމެއް ކަން ޝެއިޚް ވަނީ ފާހަގަކުރައްވާފައެވެ. އަދި ދިވެހި ސިފައިންނާއި ފުލުހުންގެ މައްޗަށް ދީނީގޮތުންނާއި ޤާނޫނީ ގޮތުން ވާޖިބުވެ ލާޒިމްވެގެންވަނީ މިފަދަ ކަންކަން ހުއްޓުވުން ކަމަށް ވިދާޅުވެ އެ ފަރާތްތަކަށް ޝެއިޚް ވަނީ ސުވާލުތަކެއް ކުރައްވާފައެވެ. 

"މިފަދަ ޝިރުކާއި ކުފުރުގެ ކަންކަން ކުރުމަށް ފުރުޞަތުދީ، އެތަންތަނުގެ ސެކިއުރިޓީ ބަލަހައްޓައި ޙިމާޔަތްދީ ހަދާ މީސްތަކުން މާދަމާ، އެމުޝްރިކުންނާއި ޝިރުކުގެ ޢަމަލުތަކާއި އެކު މަޙްޝަރު ވާން ބޭނުންވަނީތޯ؟ އަދި ތިމަންމެން އެކަން ކުރީ ތިމަންމެންގެ ވެރީންނާއި ބޮޑުން އަންގައިގެނޭ ބުނެ ސަލާމަތްވާނޭ ކަމަށް ހީކުރަނީ ހެއްޔެވެ؟" ޝެއިޚް ނިޝާން ސުވާލު ކުރައްވާފައިވެއެވެ. 

މި ފަހަކަށް އައިސް ރާއްޖޭގައި ޣައިރު ދީން ތަކުގެ އަޅުކަންކުރާ މައްސަލަތައް އަންނަނީ ވަރަށް ބޮޑަށް އާއްމު ވަމުންނެއެވެ. ނަމަވެސް އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ ގިނަ އަދަދެއްގެ އާއްމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ކޮމެންޓް
ދިވެއްސެއް
ފިތުނަ އުފެއްދުމަކީ ޔޯގާ ކަސްރަތުކުރުމަށްވުރެ މާ ގޯސް ކަމެއް ، ސިފައިން ސެކިއުރިޓީ ބަލަމުންދިޔައީ މެޑަމް ފަޒްނާގެ އިވެންޓެއް ކުރިއަށްދާތީ
13 Nov 2022
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.