ކުށްތައް ހުރި ގުރުއާނުގެ ތަރުޖަމާ-- ފޮޓޯ: ޝެއިޚް ނިޝާން
20 Oct 2022 | 11:35
އީސާގެފާނާއި ގުޅޭ ދޮގު ވާހަކަތައް ހުރި ތަރުޖަމާތައް އަދިވެސް މިސްކިތްތަކުގައި!

ކީރިތި ޤުރުއާނުގެ ކުރީގެ ދިވެހި ތަރުޖަމާގައި ސަލާމްލެއްވި އީސާގެފާނާއި ގުޅޭ ގޮތުން ދޮގު ވާހަކަތަކެއް ލިޔެފައި ވީނަމަވެސް އަދިވެސް އެތަރުޖަމާތައް މިސްކިތްތަކު ގަޔާއި މާފުށީ ޖަލުގައިވެސް ބަހައްޓާފައި ހުންނާތީ ދީނީއިލްމުވެރިޔާ އައްޝައިހް އާދަމް ނިޝާން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މި މައްސަލަ އާއްމުންގެ ސަމާލުކަމަށް ގެނައުމަށް ޝައިހް ނިޝާން ޓްވިޓާގައި އާއްމުކުރެއްވި ވީޑިއޯ އަކާއި ފޮޓޯތަކެއްގައި ވަނީ ކުރީގެ ޤުރުއާނުގެ ދިވެހި ތަރުޖަމާގައި އީސާގެފާނާއި ގުޅޭ ގޮތުން ހުރި ދޮގު ވާހަކަތައް ފާހަގަކުރައްވާފައެވެ. 

އެގޮތުން ޝައިހް ނިޝާން ހިއްސާކުރައްވާފައިވާ ތަރުޖަމާގެ 514 ވަނަ ޞަފްޙާ ގައި "ފަހުގެ އިލްމުވެރިންނަށް" އިޝާރާތް ކުރައްވާ ޕާކިސްތާންގެ އިލްމުވެރިންތަކެއްގެ ނަން ލިޔުއްވުމަށްފަހު، ލިޔެފައި އޮންނަނީ އީސާއަލައިހިއްސަލާމް ސޮލީބަށް ނޭރުވޭ ކަމަށާއި ޔަހޫދީންގެ ކިބައިން އެކަލޭގެފާނު ސަލާމަތް ކުރެއްވި ކަމަށެވެ. ނަމަވެސް އޭގެފަހުން 150 އަހަރު ދުނިޔޭގައި އުޅުއްވުމަށްފަހު އެކަލޭގެފާނު ވަނީ ތޮބީއީ އަވަހާރަވުމަކުން އަވަހާރަވެ ސުވަރުގެ ވަޑައިގެންފައި ކަމަށް އެތަރުޖަމާގައި ލިޔެފައި އޮވެއެވެ.

ޢީސާ ޢަލައިހިއްސަލާމްއާއި ގުޅޭ ގޮތުން ދޮގު ވާހަކަތައް ލިޔެފައިވާ ޞަފްޙާ 

ޝައިހް ނިޝާން ވިދާޅުވީ އެއީ ކީރިތި ޤުރުއާނާއި އިމާމް މުސްލިމް ރިވާ ކުރައްވާފައިވާ ރަސޫލާ ޞޢވ ހަދީޘް ކުރައްވާފައިވާ ހަދީޘް ބަސްފުޅުތަކާއި ވެސް ހިލާފު ވާހަކަތަކެއްކަމަށެވެ. 

މިކަންކަން ފާހަގަކުރައްވައި ޝެއިޚް ނިޝާން އިތުރަށް ވިދާޅުވީ، މިފަދަ ބޮޑެތި މައްސަލަތައް ތަރުޖަމާގައި ހުރި އިރު އަދިވެސް އެ ތަރުޖަމާ މިސްކިތްތަކުގައި ހުންނަ ކަމަށެވެ. އަދި އެކަން އިސްލާމިކް މިނިސްޓަރ އަހްމަދު ޒާހިރާއި ހޯމް މިނިސްޓަރ އިމްރާންގެ ސަމާލުކަމަށް އެކި ގޮތްގޮތުން ސަމާލުކަމަށް ގެނެސްފައިވާ ކަންވެސް ޝެއިޚް ނިޝާން ފާހަގަކުރެއްވިއެވެ.

އަދި ޔޯގާ މައްސަލައިގައި ހައްޔަރު ކުރުމުން ދޫނިދޫގައި ތިބި ފުލުހުންގެ އެންމެ އިސްވެރިންނާއި ވެސް މިކަން އެތައް ފަހަރަކު ހިއްސާކޮށްފައި ވާނެކަމަށާ އެހެންނަމަވެސް ޖަލުން ނެރުނު އިރުވެސް އެތަނުގައިވެސް އެ ތަރުޖަމާތައް ހުރި ކަމަށް ޝައިހް ނިޝާން ވިދާޅުވިއެވެ.

އެހެންކަމުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ޢީސާ ޢަލައިހިއްސަލާމް ފާސްދާނު ލެއްވިފައިވާ ކަމަށް އޮޅިގެން ވިދާޅުވުމުން އެ  ވާހަކަފުޅަށް ރައްދުދެއްވާ ހޯމް މިނިސްޓަރ އިމްރާން ދެއްކެވި ވާހަކަފުޅުތަކަކީ ތެދުވެރި އިހްލާސްތެރިކަމާއިއެކު ދެއްކެވި ވާހަކައެއްނަމަ މިއަދު އާރާއި ބާރު ލިބިފައިވާއިރު މިގޮތައް ލިޔެވިފައި ހުރި ކުރީގެ ޤުރުއާން ތަރުޖަމާތައް ރާއްޖޭގެ މިސްކިތްތަކުންނާއި ޖަލުތަކުން އަދިވެސް ނުނަގާ ބަހައްޓާފައި އެހެރީ ކީއްވެތޯ ޝައިހް ނިޝާން ވަނީ ސުވާލު ކުުރައްވާފައެވެ.

ގުރުއާނުގެ ކުރީގެ ތަރުޖަމާގައި އެފަދަ އެތައް ކުށެއް ހުރުމުގެ ސަބަބުން އެ ތަރުޖަމާގައިވާ އެފަދަ ކުށްތައް އިސްލާހު ކޮށް އައު ތަރުޖަމާތައް ނެރެފައިވީ ނަމަވެސް، އަދިވެސް ކުރީގެ ތަރުޖަމާތައް ގިނަ މިސްކިތް ތަކުގައި ހުންނަކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.
07 Oct 2026
ސްރީލަންކާގެ ކުރީގެ ފަސްޓްލޭޑީ ޝިރާންތީގެ ބަންދަށް 6 ދުވަސް ޖަހައިފި
ބްރައިބަރީ ކޮމިޝަނުން ބުނެފައިވަނީ ޝިރާންތީ ހައްޔަރުކުރީ ދައުލަތުގެ ބޭންކަކުން 10 މިލިއަން ރުޕީސް ހޯދައި، އެ ފައިސާއަށް ޚިޔާނާތްތެރިވެ، ދައުލަތުގެ މުދަލާ ބެހޭ ގާނޫނާއި ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގާފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ފަށާފައިވާ ތަހްގީގަށް ކަމަށެވެ.
07 Oct 2026
ފަތުރުވެރިކަމާއި މަސްވެރިކަމުގައި ރާއްޖެ އާއި ބަންގްލަދޭޝް ގުޅިގެން މަސައްކަތްކުރަންޖެހޭ
މިނިސްޓަރު ވިދާޅުވީ، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ
07 Oct 2026
ސައިކަލު ޖެހި ސީރިއަސް އަނިޔާވީ އެއް އާއިލާއެއްގެ ދެ މީހުންނަށް
ހުޅުމާލެ ފޭސް 2 ގައި ރޭ ދަންވަރު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، ސީރިއަސް އަނިޔާތަކެއް ލިބުނު މީހުންގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ ދެބެންގެދެދަރި ދެ ޒުވާނުން ހިމެނޭކަން ހާމަވެއްޖެއެވެ.
07 Oct 2026
ހުޅުމާލޭ ފްލެޓްތަކުގެ ދެބައިކުޅަ އެއްބައި މީހުން ކުލި ނުދައްކާ: ޒުހައިރު
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޒުހައިރު ވިދާޅުވީ، އެ ކުންފުނިން ބެލެހެއްޓުމާ ހަވާލުވެފައިވާ ފްލެޓުތަކުގެ ތެރެއިން 50 އިންސައްތަ ފްލެޓުގެ ކުލި ނުލިބޭ ކަމަށެވެ. ކުލި ނުދެއްކެނީ ތަފާތު ސަބަބުތަކާ ހެދި މާލީ ދަތިކަން ދިމާވެގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
07 Oct 2026
ލޭބަލްކުރުމުގެ ގަވާއިދަށް ވިޔަފާރިތައް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި
އެޗްޑީސީއާއި އެމްއެފްޑީއޭ ގުޅިގެން ހުޅުމާލޭ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ އާ ގަވާއިދާ ބެހޭ މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
07 Oct 2026
ތަރައްގީގެ މަޝްރޫއުތައް ހަލުވިކުރުމަށް ކުންފުނިތަކުގެ ވެރިންނާ އެކު ކެބިނެޓުން މަޝްވަރާކޮށްފި
ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ރައީސްގެ ރިޔާސީ ވައުދުތަކާ ގުޅިގެން ހުރިހާ ރަށެއްގައި ކުރިއަށް ގެންދާ މަޝްރޫއުތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށް، ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކޮށްފައިވާ ކަމަށެވެ.
07 Oct 2026
ރަޝިޔާއިން ރޭ ޔޫކްރެއިނަށް ދިން ވައިގެ ހަމަލާތަކެއްގައި އެތައް ބަޔަކު މަރުވެއްޖެ
ޒެލެންސްކީ އެކްސްގައި ޝާއިއުކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، ޗެރްނީހީވް ސަރަހައްދުގެ ޕްރައިލޫކީ ސިޓީގައި ފަސް ބުރީގެ އާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތެއް ބިމާ ހަމަކޮށްލި ހަމަލާގައި ފަސް މީހުން މަރުވެ، 26 މީހަކަށް އަނިޔާ ލިބިފައިވެއެވެ. އަނިޔާވި މީހުންގެ ތެރޭގައި ފަސް ކުޑަކުއްޖަކު ހިމެނެއެވެ.