ޑެޕިއުޓީ ގަވަރުނަރު އިމާދު
ހަބަރު
11 Mar 2025 | 13:49
މަރުކަޒީ ބޭންކުގެ ޑެޕިއުޓީ ގަވަރުނަރު އިމާދު ވަކިކުރަން ހުށަހަޅައިފި

މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އަދުމަދު އިމާދު މަޤާމުން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް މާލިއްޔަތު ކޮމިޓީއަށް ހުށަހަށައިފިއެވެ.

އިމާދު ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުއްވީ މިއަދު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައި ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއް ލަތީފް މުހައްމަދެވެ. މި މައްސަލަ ކޮމިޓީއަށް ހުށަހެޅުމުން ބައެއް މެމްބަރުން ވަނީ މި މައްސަލަ މަޖިލީހުގެ ތަޅުމަށް ފޮނުވާލުމަށް ފެންނަކަމަށް ވިދާޅުވެފައެވެ. މަޖިލީހުގެ ތަޅުމަށް ފޮނުވަން ނިންމާފައިވަނީ ކޮމިޓީން އެ މައްސަލަ ބަލާގޮތަށެވެ. 

ޑެޕިއުޓީ ގަވަރުނަރު އިމާދު ވަކިކުރެއްވުމަށް ނިންމި މައިގަނޑު ސަބަބެއްކަމަށް ކޮމިޓީއަށް ހުށަހެޅި ސިޓީގައި ބަޔާންކޮށްފައިވަނީ، ނިމިގެންދިޔަ ސަރުކާރުގައި ގަވަރުނަރަކަށް ހުންނެވި ބޭފުޅާ ނިންމެވި ނިންމެވުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެގެންދިޔައިރު، ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ޒިއްމާތަށް އަދާކޮށްފައި ނުވުމެވެ. 

މިއަދުގެ ކޮމިޓީ ބައްދަލުވުުގައި ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނެވާ ބައެއް މެމްބަރުން ވަނީ ޑެޕިއުޓީ ގަވަރުނަރުގެ މަޤާމުން އިމާދު ވަކިކުރަންޖެހޭ ކަމަށް ވިދާޅުވެ ވާހަކަދައްކަވާފައެވެ. އެގޮތުން މިދިޔަ ސަރުކާރުގައި އެމްއެމްއޭއިން އިގްތިސޯދާ ގުޅޭގޮތުން ދޯހަޅި އެތައް ނިންމުންތަކެއް ނިންމިއިރު، އެކަމުގައި ޑެޕިއުޓީ ގަވަރުނަރުގެ ހައިސިއްޔަތުން ޒިންމާ އަދާކޮށްފައިނުވާކަމަށް އެ މެމްބަރުން ފާހަގަކުރެއްވިއެވެ. އެހެންކަމުން ކުރީގެ ގަވަރުނަރު އަލީ ހާޝިމެކޭ އެއްހަމަޔަކުން ޑެޕިއުޓީ ގަވަރުނަުވެސް މިކަމުގެ ޒިންމާ ނަގަންޖެހޭނޭކަމަށް ޕީއެންސީއަށް ނިސްބަތްވެ ވަޑައިގަންނަވާ މެމްބަރުން ވިދާޅުވިއެވެ.

ނަމަވެސް ކޮމިޓީގައި އެމްޑީޕީ ތަމްސީލްކުރައްވަމުން ގެންދަވާ ޑރ.އަހުމަދު ޝަމްހީދު ވަނީ ޕީއެންސީގެ ހުށަހެޅުމަށް ވަރަށްބޮޑަށް ފާޑު ވިދާޅުވެ ވާހަކަދައްކަވާފައެވެ. މިގޮތުން ޑެޕިއުޓީ ގަވަރުނަރު މަޤާމުން ވަކިކުރަން އުޅެނީ މި ސަރުކާރުން މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލުމަށްކަމަށް ޝަމްހީދު ވަނީ ސިފަކުރައްވައި ވާހަކަދައްކަވާފައެވެ.

ކޮމިޓީގައި އިންނަވާ އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ހަނިމާދޫ ދައިރާގެމެމްބަރު ޢަބްދުލްޢަފޫރު މޫސާ (ގަޕޯ) ވިދާޅުވީ މިއީ ދިއްދޫ ދައިރާގެ މެމްބަރު ހުށަހެޅުއްވި މައްސަލައެއް ނޫންކަމަށާއި މިއީ ސީދާ ސަރުކާރުން ބުނެގެން ހުށަހެޅި މައްސަލައެއް ކަމަށެވެ. ބޭނުމަކީ ހުޅުމާލެއިން ބިން ގަންނަން ދެކޮޅުހަދާ މެމްބަރުން ނިޒާމުގެ ތެރެއިން ބޭރުކުރުންކަމަށް ގަޕޯ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް