ރޭގެ އޮޕަރޭޝަންގައި ފުލުހުން ގަރާޖެއް ފާސްކުރަނީ
ހަބަރު
11 Mar 2025 | 17:18
ފުލުސް އޮޕަރޭޝަނާ ގުޅިގެން ކަންބޮޑުވުމެއް ނެތް، ރައްކާތެރިކަން ކަށަވަރު ކޮށްދޭނެ: ހާރިޖީ ވުޒާރާ

ދިވެހި ފުލުހުންގެ ހިދުމަތާއި ދިފާއީ ބާރު ގުޅިގެން ފަށާފައިވާ ގައުމީ ސަލާމަތާ ގުޅުންހުރި ހާއްސަ އޮޕަރޭޝަނާއި ގުޅިގެން އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ދިވެހި ހާރިޖިއްޔާ އިން ބުނެފި އެވެ.

ހާރިޖިއްޔާ އިން މިކަން ހާމަކުރީ އިނގިރޭސި ބަހުން މިއަދު ނެރުނު ބަޔާނެއްގަ އެވެ. މިފަދަ ބަޔާނެއް ނެރެފައި މިވަނީ ވަރަށް ކުއްލި ގޮތަކަށް ރޭ ފެށި ގައުމީ ސަލާމަތާ ގުޅުންހުރި ހާއްސަ އޮޕަރޭޝަންގެ ވާހަކަތައް ބައިނަލްއަގްވާމީ މީޑިއާތަކުގައި ޝާއިއު ކޮށްފައި ވަނިކޮށެވެ.

ހާރިޖީ ވުޒާރާއިން ބުނީ މިފަދަ އޮޕަރޭޝަންތަކަކީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ހިންގާ އޮޕަރޭޝަންތަކެއް ކަމަށެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބޭ ތަފާތު މައުލޫމާތުތަކާއި ގުޅިގެން މިފަދަ އޮޕަރޭޝަންތައް އަބަދުވެސް ހިންގާ ކަމަށް ބުނެފައިވެ އެވެ.

އެ ވުޒާރާ އިން ބުނީ ފުލުހުންނާއި ސިފައިން ބައިވެރިވާ އޮޕަރޭޝަން ކުރިއަށްދާ ކަމަށާ އެކަމާއި ގުޅިގެން ކަންބޮޑުވުމެއް ނެތް ކަމަށެވެ. އަދި ދިވެހީންނާއި ދިވެހި ގައުމާއި ރާއްޖޭގައި ދިރިއުޅޭ އެންމެހާ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުަސް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް ސަރުކާރުން އަޅާނެ ކަމަށެވެ.

ފުލުހުންގެ އިދާރާ އިން ރޭ ނެރުނު ބަޔާނެއްގައި ބުނީ ގައުމީ ސަލާމަތާ ގުޅުންހުރި ހާއްސަ އޮޕަރޭޝަން ގައި ތިން މީހަކު ހައްޔަރުކޮށް އެ މީހުންނާއި ގުޅުންހުރި ތަންތަން ބަލާ ފާސްކުރަމުންދާ ކަމަށެވެ.

އޮޕަރޭޝަން ކުރިއަށް ދިޔަ ވަރަކުން އިތުރު މައުލޫމާތު ހާމަ ކުރާނެ ކަމަށް ވެސް ބުންޏެވެ.

ގައުމީ ސަލާމަތާ ގުޅުންހުރި އޮޕަރޭޝަނެއް ހިންގާ ކަމަށް ބުނެ ފުލުހުން ރޭ ފުރަތަމަ ނެރުނު ބަޔާން ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޑިލީޓް ކުރި އެވެ. އެކަމާ ސުވާލުކުރުމުން ބުނީ މިވަގުތަށް ބަޔާން ނެގީ ކަމަށެވެ.

ރޭ ނެރުނު ކުރު ބަޔާނަށް ފަހު މި އޮޕަރޭޝަނާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ނުދެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.