އެމްޑީޕީ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ޕްރެސް.... ފޮޓޯ: މަޖިލީހުގެ އިދާރާ
ހަބަރު
12 Mar 2025 | 14:14
މަޖިލީހުގެ ތަޅުމުގައި އެމްޑީޕީ މެމްބަރުންނަށް ބަސް ބުނާނެ ފުރުސަތެއްނެތް: ނާޒިލް

ރައްޔިތުން މަޖިލީހުގެ ތަޅުމުގައި މިހާރު އިދިކޮޅު އެމްޑީޕީ މެމްބަރުންނަށް ބަސްބުނާނެ އެއްވެސް ފުރުސަތެއް ނެތްކަމަށާއި، މަޖިލީސް ހިނގަމުންދަނީ ވަކިބައެއްގެ މަސްލަހަތުހިމެނޭގޮތަށްކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ޕީޖީ ގްރޫޕުގެ ފަރާތުން މިއަދު މަޖިލީހުގެ އިދާރާގައި ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ މެމްބަރުން ވަނީ މަޖިލީހގެ ތަޅުމުގައި މިހާރު އެމްޑީޕީގެ މެމްބަރުންނަށް އެއްވެސް ފުރުސަތެއް ނެތްކަން ފާހަގަކުރައްވައި ވާހަކަދައްކަވާފައެވެ.

ނޫސްވެރިންނާ ވާަކަދައްކަވަމުން ނާޒިލް ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރިޔާސަތުން މިހާރު އަމަލުކުރައްވަމުން އެދާގޮތަކީ މީގެކުރިން ރައްޔިތުން މަޖލީހުގައި ރިޔާސަތުން އަމަލުކުރެއްވިގޮތެއް ނޫންކަމަށާއި، ރިޔާސަތުން އަމަލުކުރައްވަމުންދަނީ އުސޫލްތަކާ ހިލާފަށްކަމަށެވެ. ނާޒިމް ވިދާޅުވީ އެމްޑީޕީ މެމްބަރުން ކުއްލި މައްސަލައެއް ހުށަހެޅި ނަމަވެސް، ރިޔާސަތުން އެކަން ބަލައި ނުގަންނަ ކަމަށާއި، މައްސަލައެއްގައި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވާހަކައެއް ދެއްކެވިނަމަވެސް އެކަމަށްވެސް ހުރަސް އަޅުއްވަމުން ގެންދަވާކަމަށެވެ.

މިއީ ޑިމޮކްރަސިއެއްގައި ކަންކަން ހިނގައިގެންވާނޭ ގޮތް ނޫންކަން ފާހަގަކުރައްވަމުން ނާޒިލް ވިދާޅުވީ، މަޖިލީސް މިއަދު އޮތީ ޕެރަލައިޒް ވެފައި ކަމަށާއި، އެތަނުގައި މަސައްކަތްތައް ކުރިއަށްގެންދަނީ ވަކި ބަޔަކަށް މަންފާވާ ގޮތަށްކަމަށެވެ.

ނާޒިލް ވިދާޅުވީ މިހާރު ފެނިގެން މިދަނީ އެކެއްގެ މުށުތެރެއަށް ދައުލަތުގެ ބާރުތައް ޖަމާކުރުމުގެ މަސައްކަތްކުރަމުންދާ ކަމަށާއި، ޖުޑިޝަރިއާއި، މިނިވަން މުއައްސަސާތަކުގެ އިތުރުން ރައްރިތުންގެ މަޖިލީހުގެ ބާރެއް މިއަދު ނެތްކަމަށާއި، މަޖިލީހުގައި ދެން ވާންވީގޮތްވެސް މިހާރު ނޭނގޭ ހިސާބަށް ގޮސްފައިވާކަމަށެވެ.

ދައްކަންޖެހޭ ވަރަށްގިނަ ވާހަކަތަކެއް އެބަހުރި. ރަމަޟާންމަހުގެ މެންދުރުފަހުވެސް ޕްރެސްތައް ބައްވަން މިޖެހެނީ މަޖިލީހުގެ ފްލޯގައި ތަފްސީލްކޮސް ވާހަކަދެއްކުމުގެ ފުރުސަތު އަޅުގަނޑުމެނަށް ލިބިގެން ނުދާތީ. ބިލަކަށް ވާހަކަދައްކަމުންގޮސް ރިޔާސަތުން ހިތްހަމަ ނުޖެހޭ ވާހަކައެއް ދެއްކޭއިރަށް އެމްޑީޕީ މެމްބަރުންނަށް އިތުރު ވާހަކައެއް ދެއްކުމުގެ ފުރުސަތު ނުދީ އަޅުގަނޑުމެން އެބަ ބޭރުކޮށްލާ

ނާޒިލް ވިދާޅުވިއެވެ

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް (ކުދޫ) ވިދާޅުވީ، މަޖިލީހުގެ ކަންކަން ހުރިގޮތުން މިހާރު ވަޒީރަކު ގެނެސް ސުވާލުކުރުމުގެ ފުރުސަތުވެސް އެމްޑީޕީގެ މެމްބަރުންނަށް މިހާރު ނޯންނަކަމަށެވެ. މެމްބަރުން މަޖިލީހުގައި ތިބެނީ ރައްޔިތުން އެދިގެން ރައްޔިތުން ބުނާ މަސައްކަތެއް ކުރުމަށް ކަމަށާއި، ނަމަވެސް މިހާރު އެ މަސައްކަތް ކުރެވެން ނެތްކަމަށެވެ. މަޖިލީހުެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުމުގެ ފުރުސަތު ނުލިބޭއިރު އިދިކޮޅުގެ ބައިވެރިވުމާއެކު ޤާނޫނެއް ނުހެދޭ ތަނުގައި އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދާކަމަށް ކުޑޫ ފާހަގަކުރެއްވިއެވެ.

ކުޑޫ ވިދާޅުވީ މަޖިލީހުގެ ބޭނުން މިހާރު ކެނޑިފައިވާކަމަށާއި، މިހުންނަނީ ވަރަށް ކަންބޮޑުވާ ކަންކަން ކަަމަށެވެ. 

ކޮމެންޓް
ބައިޑަން
ވަރައް އުފާވެރިހަބަރެއް
12 Mar 2025
ޓްރަންޕު
ވަރައްރަގަލު ޑރމުއިޒް ނިންމުން
12 Mar 2025
ޔާމިން
ދުވަހަކުވެސްދޭނެކަމެއްނެއް
12 Mar 2025
އަހުދުނާމާ
އެމްޑީޕީ ވެރިކަމުގަ މިހާރު ލިބޭ ވަރައް ވެސް ބަސްބުނަން ނުލިބޭ
12 Mar 2025
ގުޅޭ ލިޔުންތައް
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.