ހެންވޭރު ޓާމިނަލް
ހަބަރު
13 Mar 2025 | 11:33
އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ލޯންޗުތަކަށް ހެންވޭރު ފެރީ ޓަރމިނަލް ހުޅުވާލައިފި

އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ލޯންޗުތަކަށް ހެންވޭރު ފެރީ ޓަރމިނަލް މިއަދު ހުޅުވާލައިފިއެވެ.

އެމްޓީސީސީން ވަނީ މިމަހުގެ 6 ވަނަ ދުވަހު، އަތޮޅުތަކުން މާލެއަށް ލޯންޗު ދަތުރުތައް ބާއްވާ ފަރާތްތަކަށް ހުޅުމާލެ ފެރީ ޓާމިނަލާއި ހެންވޭރު ޓާމިނަލް ބޭނުންކުރުމުގެ ފުރުސަތު ދިނުމަށް ތައްޔާރުވަމުންދާކަމަށް ބުނެފައެވެ. އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.

އެފަހުން ލޯންޗުތަކަށް ރަސްމީކޮށް ހެންވޭރު ޓާމިނަލް ހުޅުވާލަން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ ވިދާޅުވީ، މީގެ ކުރީން ރާއްޖެތެރެއަށް ދަތުރުކުރާ މީހުން ލޯންޗުތަކަށް އަރައިފޭބުން އޮތީ ވަރަށް ދަތި ގޮތަކަށް ކަމަށެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ހުޅުމާލެއާއި ހެންވޭރު ޓާމިނަލް ބޭނުން ކުރުމުގެ ފުރުސަތު ލޯންޗުތަކަށް ދޭން ނިންމީ ރައީސް މުޢިއްޒުގެ އެދިލެއްވުމަށް ކަމަށެވެ. 

މިއާއެކު އޭނާ ވިދާޅުވީ، ހުޅުމާލޭ ފެރީ ޓާމިނަލް ބޭނުންކުރަން މިހާތަނަށް އެއްވެސް ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިނުވާ ކަމަށެވެ. ނަމަވެސް، އެ ކަމަށް އެދި ޝައުގުވެރިކަން ފާޅުކުރާނަމަ އެ ޓާމިނަލް ވެސް ދޫކުރާނެ ކަމަށް ވިދާޅުވިއެވެ.

އެމްޓީސީސީން މީގެ ކުރިން ބުނީ ލޯންޗުތައް އޮޕަރޭޓްކުރާ 7 ފަރާތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަމަށެވެ. އޭގެ ތެރޭގައި އދ އަތޮޅުން ފެންފުށި، މާމިގިލި އަދި ދިއްދޫ ހިމެނެއެވެ. ކ އަތޮޅުން، މާފުށި، ގުޅި، ގާފަރު، އަދި ކާށިދޫ ހިމެނެއެވެ. ބ އަތޮޅުން ތުޅާދޫ، ހިތާދޫ، ގޮއިދޫ، ފެހެންދޫ، އަދި ފުޅަދޫ ހިމެނެއެވެ.

އެމްޓީސީސީން ބުނީ މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު މި ހިދުމަތް ފެށުމުން ދުވާލަކަށް ޖުމްލަ 15 ފެރީއަށް ޓާމިނަލްތަކުން ހިދުމަތް ދެވޭނެ ކަމަށެވެ. އެއީ ގާތްގަނޑަކަށް 2000 ފަސެންޖަރުންނެވެ. އެމްޓީސީސީން ބުނީ ހެންވޭރު ފެރީ ޓާމިނަލުން މިހާރުވެސް އެއްފަހަރަކާ 5 ލޯންޗް އަދި ހުޅުމާލެ ފެރީޓާމިނަލުން އެއްފަހަރާ 3 ލޯންޗަށް ކައިރިކުރެވޭނޭ ކަމަށެވެ. އެގޮތަށް ކައިރިކުރާ ލޯންޗުތަކަށް ދިނުމަށް ހަމަޖެހިފައިވަނީ 30 މިނެޓެވެ. 

އެމްޓީސީސީން ބުނީ ދަތުރުވެރިން ޓާމިނަލަށް އައި ފުރުމާ ދޭތެރޭ މަޑުކޮށްލުމަށް ޓާމިނަލް އެތެރެ ވަކިބައެއް ހާއްސަކުރެވިފައިވާއިރު، ދަތުރުވެރިންގެ ފަސޭހަޔަކަށް ފާހާނާ އާއި ބޯފެން ލިބޭނޭ އިންތިޒާމު ހަމަޖެހިފައި ހުންނާނޭ ކަމަށެވެ. މީގެ އިތުރުން ޓާމިނަލް ބޭނުންކުރާ ފަރާތްތައް ބޭނުންވާނޭ ގޮތަށް ހިދުމަތްތައް ތަރައްޤީކުރުމަށްވެސް އިސްކަންދޭނޭކަމަށް އެމްޓީސީސީން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.