އަލްވަރޭޒް ޕެނަލްޓީ ކުރިއަށް ފޮނުވާލަނީ...
ކުޅިވަރު
13 Mar 2025 | 15:34
ރެފްރީގެ ނިންމުން ރަނގަޅު، ރެއާލް މެޑްރިޑަށް އެހީތެރިވީ ނަސީބު!

ޔުއެފާ ޗެންޕިއަންސް ލީގު ރައުންޑް އޮފް 16 ގައި ޕެނަލްޓީ ޖަހައިގެން 4-2 ގެ ނަތީޖާއަކުން ވާދަވެރި އެތުލެޓިކޯ މެޑްރިޑް ކަޓިވާލުމަށްފަހު، އެންމެ ފަހުގެ ޗެންޕިއަން ރެއާލް މެޑްރިޑް، މުބާރާތުގެ ކުއާޓާ ފައިނަލަށް ޖާގަހޯދައިފި އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު 2-1 ގެ ނަތީޖާއަކުން ރެއާލް ކާމިޔާބުކޮށްފައިވާއިރު، ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 28 ވަނަ ސިކުންތުގައި އެތްލެޓިކޯ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް އެގްރިގޭޓް ނަތީޖާ 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށްފަ އެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަންގައި ޗެލްސީ އިން އެޓީމަށް ގެނައި މިޑްފީލްޑަރު ކޯނޯ ގަލަގާ އެވެ. މިއީ އިނގިރޭސި ކުޅުންތެރިއަކު މިހާތަނަށް ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި އެންމެ އަވަސް ލަނޑެވެ. އަދި މީގެ އިތުރުން މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ކާމިޔާބު ކުރި ފުރަތަމަ ގޯލެވެ.

މެޗުގެ އެގްރިގޭޓް ނަތީޖާ ރެއާލް ކޮޅަށް އަނބުރާލަން ދެވަނަ ހާފުގައި އެޓީމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ނަމަވެސް އެތްލެޓިކޯގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ކުޅުންތެރިއަކު ކިލިއަން އެމްބާޕޭއަށް ކުރި ފައުލަކާއި ގުޅިގެން ފަހުހާފުގެ 70 ވަނަ މިނެޓުގައި  ރެއާއަށް ލިބުނު ޕެނަލްޓީ، ވިނީޝިއުސް ޖޫނިއާ ފޮނުވާލުމުން ދިޔައީ ގޯލާއި އަމާޒުނުވެ މާ މަތިން ބޭރަށެވެ.

މިއާއެކުު މެޗުގެ 90 މިނެޓާއެކު އިތުރު ވަގުތުގެ 15 މިނެޓުގެ ކުޅުމަށް ފަހު ވެސް ނަތީޖާއަށް ބަދަލެއް ނައުމުން، ނަތީޖާ ނެރުނު ޖެހި ޕެނަލްޓީ ޝޫޓައުޓްގައި އެތުލެޓިކޯ ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން އެލެކްސެންޑާ ސޯލޮތާއި ހޫލިއަން އަލްވަރޭޒް އަދި އަންހެލް ކޮރެއާގެ ޕެނަލްޓީ ގޯލަށް ވައްދާލި އެވެ.

ނަމަވެސް، އަލްވަރޭޒްގެ ޕެނަލްޓީ ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ ބޯޅަ ގޯލަށް ފޮނުވާލުގެ ތެރެގައި އަލްވަރޭޒްގެ ދެ ފައިގައި ބޯޅަ ޖެހިފައިވާތީ އެއީ ގޯލެއް ނޫންކަމަށެވެ. އަދި އެޓީމުގެ ހަތަރުވަނަ ޕެނަލްޓީ މާކޮސް ލޮރެންޓޭ ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސް  ދަނޑިއަށެވެ.

ރެއާލް މެޑްރިޑުގެ އެމްބާޕޭ އާއި ޖޫޑެ ބެލިންހަމް އަދި ފެޑެރިކޯ ވެލްވާޑޭ އެޓީމުގެ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބު ކުރި ނަމަވެސް، ލޫކަސް ވަސްކޭޒްގެ ޕެނަލްޓީ އެތުލެޓިކޯގެ ގޯލްކީޕަރު ޔާން އޮބްލަކް ވަނީ ދިފާއު ކޮށްފަ އެވެ. ނަމަވެސް އެންޓޮނީ ރުޑިގާ ކުރިއަށް ފޮބުވާލި ފަސްވަނަ ޕެނަލްޓީގައި އޮބްލަކްގެ އަތުގައި ޖެހިފައި ގޯލަށް ވަނުމުން ރެއާލް މެޑްރިޑަށް ކުއާޓާ ފައިނަލް ޔަގީންވިއެވެ. 

އަލްވަރޭޒްގެ ޕެނަލްޓީ ކުރިއަށް ފޮނުވާލުމުގެ ތެރޭގައި އޭނާގެ ދެފައިގައި ބޭޅަ ޖެހިފައިވޭ

މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެތްލެޓިކޯގެ ކޯޗު ޑިއެގޯ ސިމިއޯނީ ވަނީ އަލްވަރޭޒްގެ ދެފައިގައި ބޯޅަ ޖެހުނުތަން އެއްވެސް ނޫސްވެރިއަކަށް ފެނުނުތޯ ސުވާލުކޮށްފައެވެ. ނަމަވެސް ވިޑިއޯ ރިޕްލޭއިން ފެންނަގޮތުގައި އެއްވެސް ސުވާލެއް ނުއުފެދޭ މިންވަރަށް ސާފުކޮށް އަލްވަރޭޒްގެ ދެފައިގައި ބޯޅަ ޖެހޭ މަންޒަރު ވަރަށް ސާފުކޮށް ފެނެއެވެ.

މިއާ އެކު މުބާރާތުގެ ކުއާޓާގައި ރެއާލް މެޑްރިޑުން ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ. އާސެނަލް އިން ރޭ އަމިއްލަ ދަނޑުގައި ޕީއެސްވީއާ ދެކޮޅަށް ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި އެޓީމު ކުއާޓާ ފައިނަލުން ޖާގަހޯދީ 9-3 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

ލަވަޕޫލް ކަޓުވާލި ޕީއެސްޖީ އިން ކުއާޓާގައި ވާދަކުރާނީ ޕްރެމިއާ ލީގުގެ އެސްޓަން ވިލާއާ ދެކޮޅަށެވެ. ވިލާ ވަނީ ރޭ 3-0 ގެ ނަތީޖާއަކުން ބެލްޖިއަމްގެ ކްލަބް ބުރޫޖް ބަލިކޮށް، 6-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިހޯދާފައެވެ.

ކުއާޓާ ފައިނަލުގައި ސްޕެއިންގެ ބާސެލޯނާ އާއި އެންމެ ފަހުގެ ރަނަރަޕް ބޮރޫޝިއާ ޑޯޓްމަންޑް ވާދަ ކުރާއިރު، ޖަރުމަނުގެ ބެޔާން މިއުނިކް ނުކުންނާނީ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.